18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މަންދު ކޮލެޖް

މަންދު ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

  • އޯލެވެލް ނިންމާ ދަރިވަރުންނަށް އެއް އަހަރުން ފުރިހަމަ ކުރެވޭ ފައުންޑޭޝަން ކޯހެއް މިއަހަރު ފެށޭ
  • ކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އޮކްޓޯބަރު 15 ވަނަ ދުވަސް
ސިމާހާ ނަސީމް | sim_kamana

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 21:50 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


މަންދު ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކްގެ ކޯސްތައް - ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފި -- ރާއްޖެއެމްވީ

މަންދު ކޮލެޖްގެ ސެޕްޓެމްބަރ 2018 ގެ އިންޓޭކް އަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖްގެ ފަރާތުން ހުޅުވާލައިފިއެވެ.

މިފަހަރުވެސް، ޓީޗިންގ، އެޑިޔުކޭޝަން، އަދި ބިޒްނަސްގެ ދާއިރާތަކުން ސެޓްފިކެޓް 3 އިން ފެށިގެން މާސްޓަރސް އާއި ހަމައަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އޯލެވެލް ނިންމާ ދަރިވަރުންނަށް އެއް އަހަރުން ފުރިހަމަ ކުރެވޭ ފައުންޑޭޝަން ކޯހެއް މިއަހަރު ފެށޭއިރު މި ކޯސް ފުރިހަމަ ކުރުމަށްފަހު، އެ ކުއްޖަކު ބޭނުން ދާއިރާއަކުން ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ މަގު ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ބޭނުންވާ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމާއި މާސްޓަރސްގައި ބައިވެރިވުމަށް ދޮރު ހުޅުވައިދޭ ޕްރީ މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވިފައެވެ.

މި އަހަރަކީ މަންދު ކޮލެޖަށް 20 ފުރުން ފާހަގަ ކުރަމުންދާ އަހަރު ކަމަށް ވުމާއެކު، މި އިންޓޭކްގައި ބައިވެރިވާ ދަރިވަރުންނަށް އެއްމަހުގެ ފީ ޑިސްކައުންޓް ލިބޭ ސްކީމެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. 3 އޮކްޓޯބަރ 2018 ގެ ކުރީން އެންރޯލްމަންޓް ފުރިހަމަ ކުރާ ދަރިވަރުންނަށް މި ސްކީމްގައި ބައިވެރިވެވޭނެއެވެ.

މިފަހަރުވެސް ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް، އެކުއްޖެއްގެ ރަށުގައި ހުރެގެން ކިޔެވޭނޭ ވަރޗުއަލް ކެމްޕަސްގެ ހިދުމަތް ހުޅުވާލާފައިވާއިރު ކޮލެޖްގެ ވަރޗުއަލް ކެމްޕަސް އަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަކަމާއެކު މަތީ ތައުލީމް ހޯދުމަށް މަގުފަހި ކުރުމަށްޓަކައި އެކުލަވާލައިފައިވާ ނިޒާމެކެވެ. އަދި ވަރޗުއަލް ކެމްޕަސްގައި ކިޔަވާ ކުދިންނަށް، ކަނެކްޝަން ފީތައް ކޮލެޖުން ދައްކައިދޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައި ކަމަށް މަންދު ކޮލެޖުން ބުނެއެވެ.

ކޯސްތަކާއި، ކިޔެވުމާއި، ވަރޗުއަލް ކެމްޕަސްއާ ބެހޭ އިތުރު މައުލޫމާތު ކޮލެޖްގެ ވެބްސައިޓުން ނުވަތަ ކޮލެޖްގެ ނަންބަރު 3330055 ގުޅުމުން ލިބޭނެއެވެ.

ކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް