17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

ކަރަންޓު ކެނޑުން

24 ގަޑިއިރަށް ކަރަންޓް ޔަގީންކޮށް މާލޭގައި ހަވާ އެރުވިއިރު މަޑަވެލި ކަނު އަނދިރީގައި!

 • ކަރަންޓް ކެނޑުނީ ހެނދުނު، އަދިވެސް މައްސަލައަށް ހައްލެއް ނުލިބޭ
 • މާލޭގައި ބޮޑު ޖަލްސާއެއް ބާއްވައި ހަވާ އަރުވާފައިވަނީ ކަރަންޓް ޔަގީންވުމުގެ އުފަލުގައި
 • މަޑަވެއްޔަށް ހައްލެއް ލިބޭނެ ވަގުތެއް، ދުވަހެއް ބުނަން ނޭނގޭ
އަޒުމޫން އަހުމަދު | azmoon_ahmed

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 21:41 | |

މަގުބޫލް

 1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
 2. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
 3. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
 4. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
 5. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
 6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
 7. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި
 8. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް


މަޑަވެލިން ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ވަނީ ކުރިމަތިވެފައި -- ފޮޓޯ: ރާއްޖެ އެމްވީ

ގދ. މަޑަވެއްޔަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުންދާ އިންޖީނަކަށް މައްސަލަ ޖެހި އެ ރަށް ކަނު އަނދިރީގައި އޮތްވައި، 24 ގަޑިއިރަށް ކަރަންޓް ޔަގީންކޮށް މާލޭގައި ހަވާ އަރުވައިފި އެވެ.

މަޑަވެއްޔަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުން ގޮސްފައިވަނީ 250 ކިލޯވޯލްޓްގެ އިންޖީނަކާއި 180 ކިލޯވޯލްޓްގެ އިންޖީނެކެވެ. އޭގެ ތެރެއިން، 250 ކިލޯވޯލްޓްގެ އިންޖީނަށް މައްސަލައެއް ޖެހި އެ ރަށުން ކަރަންޓް ކެނޑުނީ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

މަޑަވެލީ ކައުންސިލްގެ ރައީސް ހަމީޒް އަހުމަދު ވިދާޅުވީ އިންޖީނަށް މައްސަލަ ޖެހުނު ހިސާބުން ރަށަށް ކަރަންޓް ފޯރުކޮށްދެމުން ދަނީ 180 ކިލޯވޯލްޓްގެ އިންޖީނުންނެވެ. ނަމަވެސް، ރަށުގެ ގެތައް ހަތަރު ލައިނަކަށް ބަހައިގެން ކަރަންޓް ފޯރުކޮށްދެމުން ދަނީ އޭގެ ކޮންމެ ލައިނަކަށް ތިން ގަޑިއިރަކުން އެއް ގަޑިއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމީޒް ވިދާޅުވީ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ ވެރިންނަށް ގުޅިއިރު، އެ ބޭފުޅުން ތިއްބެވީ 24 ގަޑިއިރަށް ކަރަންޓް ޔަގީންކޮށްގެން ސަރުކާރުން ބޭއްވި ޖަލްސާގައި ކަމަށެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރުން ވަނީ، 24 ގަޑިއިރަށް ކަރަންޓް ޔަގީންކޮށްފައިވާ ކަމަށް ބުނެ އެކަން ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ހަވާ އަރުވާފައިވެސް ވެއެވެ.

ހަމީޒް ވިދާޅުވީ ކަރަންޓް ކެނޑިފައިވުމުގެ ސަބަބުން އެރަށު ސިއްހީ މަރުކަޒުގައި ތިބި ބަލިމީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތްއިރު، ބަލި މީހުން ގދ. ތިނަދޫއަށް ދާންޖެހުނީ އަމިއްލަ ޚަރަދުގައި ކަމަށެވެ. ބަލިމީހުން ތިނަދޫއާ ހަމައަށް ގެންދިއުމަށް ސީ އެމްބިއުލާންސް ހަމަޖައްސައިދޭން އެދުމުންވެސް އެކަން ހަމަޖައްސައިދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިގެ މުވައްޒަފުންނާއި ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، އިންޖީނަށް ކުރިމަތިވި މައްސަލަ ހައްލުކުރެވެން އަންނަނީ ސްޕެއަރ ޕާޓްސް ލިބިގެންނެވެ. ނުވަތަ އާ އިންޖީނެއް ގެނެސްގެންނެވެ. އެހެންނަމަވެސް، އެކަން ކުރެވޭނެ ދުވަހެއް، ވަގުތެއް ބުނެދޭން ފެނަކައިގެ މުވައްޒަފުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރަށް ކަރަންޓް ޔަގީންކުރުމަކީ ރައީސް ޔާމީނުގެ 2013 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް