16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ދިވެހިން

ތަފާތު ފިކުރަކަށް ތާއީދު ކުރި ނަމަވެސް އަޅުގަނޑުމެންނަކީ ދިވެހިން!

  • ސިޔާސީ ފޯރި މިވަނީ މުޅި ގައުމުގައި ހިއްޕާލާފައި
  • ސިޔާސީ ފިކުރު އެއްފަރާތުގައި ބޭއްވުމަށް ފަހު ޒަމާންވީ ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓަން ޖެހޭ
އަމްނާ އިމާދު | @amnabinthimad

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 21:07 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މުހައްމަދު ޖުނައިދު އެމްޑީޕީ ހަރުގޭގައި -- ޓްވިޓަރ

ދިވެހިންނަކީ އެއްދީނަކަށް އުޅެމުން އަންނަ އެއްބައިވަންތަ ބައެކެވެ. ޒަމާނުއްސުރެ އެއްބަޔަކު އަނެއް ބަޔަކަށް މެހެމާންދާރީ އަދާކުރާ ބައެކެވެ. އެބައެއްގެ ތެރޭގައި އެއްބައިވަންތަކަމާއި އެއްބަނޑުއެއްބަފައިކަން ދެމިއޮތް ބައެކެވެ. ނަމަވެސް ހިތާމައަކީ މި ރިވެތި އަހުލާގުތަކުގެ ތެރެއިން ބައެއް ކަންތައްތައް ބަދަލުވެ އުވެމުންދާކަމެވެ. ރާއްޖެ އަށް އައި ޑިމޮކްރަސީ އާއި މަލްޓި ޕާޓީ ސިސްޓަމްގެ އޮއިވަރުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އިޖުތިމާއީ ފޭރާމަށެވެ. އިޖތުމާއީ ފޭރާން ވަނީ ވީދި ކުދިކުދިވެފައެވެ. 

ރާއްޖޭގައި އުފެދިގެން ދިޔަ ޕާޓީ ސިސްޓަމަކީ އެއް ބަޔަކު އަނެއްބަޔަކާއި މޫނު ކެނޑިގެން ދިޔަ އެއް ސަބަބު ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. އެ މީހަކު ތާއީދުކުރާ ފިކުރަށް އަނެކާ ތާއީދު ނުކުރުމަކީ މައްސަލައަކަށްވެ ޒުވާބު ކުރާތަން މި މުޖުތަމައުއިން ފެނުމަކީ އާންމު ކަމެކެވެ. ފިރިމީހާ އާއި އަނބިމީހާއެވެ. ކޮއްކޮ އާއި ދައްތައެވެ. ބޭބެ އާއި، ދޮންބެއެވެ. އާއިލާއިން ފެށިގެން މުޅި މުޖުތަމައުގައި ވެސް ސިޔާސީ ފިކުރުގެ ސަބަބުން ޒުވާބު ނުކުރާ ބަޔަކު ވަރަށް މަދެއެވެ. އާއިލީ ގުޅުންތައް ކެނޑި ހީނަރުވެފައި ވެއެވެ. ވަކި ބަޔަކާ އެކު ރަށަށް ދިޔުމުން ގެއަށް ނުވަދެވި ނުވަދެވި އާއިލީ ގުޅުން ކަނޑައި ވަރިފަށަށް އަރާ ހިސާބަށް ދާތަން މި އިންތިޚާބުގެ ތެރެއިން ވެސް ދަނީ ފެންނަމުންނެވެ. 

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުންދާއިރު ސިޔާސީ ފޯރި މިވަނީ މުޅި ގައުމުގައި ހިއްޕާލާފައެވެ. އެއް ބަޔަކު ކޯލިޝަނަށް ތާއިދު ކުރާއިރު އެނެއް ބަޔަކު ތާއިދު ކުރަނީ ރައީސުލްޖުމްހޫއްރިއްޔާ އަބްދުﷲ ޔާމިންނަށެވެ. ކޯލިޝަންގެ ދިދަތަކާއި ކުލަތަކުން ރަށްތައް ޖަރީކުރަމުން ދާއިރު އަނެއް ބަޔަކު ފިޔާތޮށި ކުލައިން ދަނީ ޖަރީކުރަމުންނެވެ.

މީގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުންކޮށް، ހަރުގެތަކާއި، ޖަހަތަކަށް ކަޅުތެޔޮ ޖަހާ ގެއްލުންދޭ މައްސަލަ ވެސް މިވަނީ ފެންމަތިވެފައެވެ. މިހުރިހާ ކަމެއް މިހެން ހުރިއިރު އަޅުގަނޑުމެން ހަދާން ކުރަންވީ ކަމަކީ މިއީ ދިވެހިން ކަމެވެ. އެއް ދީނަކަށް އެއްފަސްގަނޑެއްގައި ދިރިއުޅެމުން އަންނަ އެއްބައިވަންތަ ބައެއްކަން ހަދާން ކުރަންޖެހެއެވެ. ކޮންމެ ފިކުރުރަކަށް ތާއީދު ކުރި ނަމަވެސް އެކަކު އަނެކަކަށް އިހުތިރާމް ކުރަން އެބަޖެއެވެ. އެމީހެއް ސިޔާސީ ފިކުރު އެއްފަރާތުގައި ބޭއްވުމަށް ފަހު ޒަމާންވީ ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓަން ޖެހެއެވެ. އާއިލީ ގުޅުންތައް ދަމަހައްޓަންޖެހެއެވެ.

ޖުނައިދު އެމްޑީޕީގެ ހަރުގޭގައި 

އެގޮތުން ރައީސް ޔާމީނުގެ އަރިސް ބޭފުޅަކު އެމްޑީޕީގެ ހަރުގެއަކަށް ވަނުމުން ކޯލިޝަނަށް ތާއީދުކުރާ މީހުންތަކެއް މެހަމާންދާރީ އަދާކުރާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި މިވަނީ އާންމުވެފައެވެ. މިފޮޓޯއިން ފެންނަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު އައްޑޫ ސިޓީ ފޭދޫ އެމްޑީޕީ ޖަގަހައަށް ޒިޔާރަތްކުރެއްވުމުން އެމީހުންނާއި ހީސަމާސާކޮށް ވާހަކަ ދައްކަވާ މަންޒަރެއެވެ. ޖުނައިދަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ނަމަވެސް ކޯލިޝަނަށް ތާއިދުކުރާ މީހުންނާ އެކު ކައިބޮއެ ހަދާ މަންޒަރު ވެސް ފެނެއެވެ.

މިފޮޓޯގެ އެންމެން މޫނުމަތިން އުފާވެރި މަންޒަރު ފެންނައިރު މިފޮޓޯއަކީ ބަލާލަން ހިތްގައިމު ފޮޓޯއެކެވެ. މިފޮޓޯއާ އެކު ޖުނައިދު ކޯލިޝަނާ ގުޅުވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަތަކަށް ރާއްޖެއެމްވީއިން ދެންނެވި ސުވާލަށް ޖުނައިދު ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް މިއީ ދިވެހިން ކަމަށާއި، އެއްބައިވަންތަ ބައެއް ކަމަށެވެ.

"ކޮންމެ ޕާޓީއެއްގައި ތިއްބަސް މިއީ ދިވެހިން ތެދެއްތޯ؟ އަޅުގަނޑު ނެތިން އިތުރު ކޮމެންޓެއް ކުރާކަށް. ރައީސް ޔާމިންގެ އަރިސް ބޭފުޅަކަށް ވިއަސް،" ޖުނައިދު ވިދާޅުވިއެވެ.

މިފޮޓޯއާ ބެހޭ ގޮތުން ޖުނައިދު ދެއްވި ޖަވާބު ކުރުވެފައި ފޮންޏެވެ. ނަމަވެސް އެހާމެ މާނަ ފުނެއެވެ. އަޅުގަނޑުމެންނަކީ ކޮންމެ ޕާޓީއަކަށް އުޅުނަސް ދިވެހިންނެވެ. ޕާޓީ އާއި ފިކުރު ބަދަލު ނަމަވެސް އެބަދަލު ނުވާނެކަން ކަށަވަރެއެވެ. އަދި ތިމާގެ ފިކުރު ޕްރޮމޯޓްކުރަންޖެހެނީ ހަމައެކަނި ތިމާގެ ފިކުރަށް ތަބާވާ މީހުންނަކަށް ނޫނެވެ. ތިމާއާ އިދިކޮޅު އިޔާލުގެ މީހުންނަށް ވެސް ތިމާގެ ފިކުރު ޕްރޮމޯޓްކޮށްގެން ނޫނީ ތާއީދު އިތުރެއް ނުކުރެވޭނެއެވެ. އެހެންކަމުން ތިމާގެ ފިކުރަށް ތާއީދު ނުކުރާ މީހުންނަށް ވެސް ވިސްނައިދެވޭތޯ މަސައްކަތްކުރުމަކީ ރިވެތި އަހްލާގުގެ ތެރެއިން ކުރެވިދާނެ ކަމެއްކަނއް ޖުނައިދު ވަނީ ދައްކުވައިދެއްވާފައެވެ. ހަމަ އެ ފަދަ މި ކެމްޕެއިންގެ ތެރެއިން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގ މޭޓް ފައިސަލް ނަސީމްގެ ފަރާތުން ވެސް މި ކަން ފާހަގަކުރެވެއެވެ. ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކާ ވެސް ބައްދަލުކުރައްވައި ހީސަމާސާކުރައްވައި ޕީޕީއެމްގެ ޖަގަހަތަކަށް ޒިޔާރަތްކުރައްވައި އެ ފަރާތްތަކުގެ ހާލު އަހުވާލު ވެސް ބައްލަވާ މަންޒަރު ތަކުރާރުކޮށް ދަނީ ފެންނަމުންނެވެ. 

އިންތިޚާބުގައި ވާދަކުރައްވާ އަދި ކެމްޕެއިންގެ ކުރީ ސަފުގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން މިފަދަ ރިވެތި އަހްލާގު ފެނިގެން ދިޔަ ނަމަވެސް ހިތާމައަކީ މުޖުތަމައުގެ ހަމަނުޖެހުން ނަގާލައި ކުދިކުދި އާބާދީތަކުގެ މެދުގައި އޮންނަ އަހްވަންތަކަމުގެ ގުޅުންތައް ކެނޑޭ ގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ކަމެކެވެ. ސިޔާސީ ވިސްނުމާއި ފިކުރު ތަފާތުވުމުގެ ސަބަބުން އާއިލީ ގުޅުންތައް ކެނޑޭކަށް ނުޖެހެއެވެ. އެކްޓިވިސްޓުންނާއި އާންމު ފަރުދުން ވެސް މިކަން ދަންނަންޖެހެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް