24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

އަބުރުފުޅު ފަންޑު

ރާއްޖެޓީވީއިން ހުޅުވި އަބުރުފުޅު ފަންޑަށް ހުސެއިން ރަމީޒު އާއި، އެބުފުޅާގެ އާއިލާއިން އެހީވެއްޖެ

  • ރާއްޖެޓީވީއަށް މިއަދު އެހީވުމަކީ ކޮންމެހެން ކުރަން ޖެހޭ މުހިންމު މަސައްކަތެއް
  • މިސަރުކާރުން މީޑިއާ އަށް ކުރިމަތިކުރުވާ ދުށްތުރާތަކަކީ ބަލައި ގަނެވޭނެ ކަމެއް ނޫން
އަމްނާ އިމާދު | @amnabinthimad

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 20:57 | |

މަގުބޫލް

  1. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  6. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  7. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ހުސެއިން ރަމީޒުގެ އާއިލާއިން އަބުރުފުޅު ފަންޑަށް އެހީވަނީ.. ފޮޓޯ: ރާއްޖެއެމްވީ -- ރާއްޖެއެމްވީ

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއި ގުޅިގެން އެޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމަށް ރާއްޖެޓީވީއިން ހުޅުވި އަބުރުފުޅު ފަންޑަށް ހުސެއިން ރަމީޒު އާއި، އެބުފުޅާގެ އާއިލާއިން އެހީވެއްޖެއެވެ.

ހުސެއިން ރަމީޒުއާއި، އެބޭފުޅާގެ އާއިލާ ބޭފުޅުން ރާއްޖެޓީވީއަށް ބުދަ ދުވަހު ހަވީރު އައިސް، ފައިސާ ވަނީ ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ފޮއްޓަށް ލާފައެވެ. އަބުރުފުޅު ފަންޑަށް އެހީވުމަށްފަހު ހުސެއިން ރަމީޒު ބުނީ ރާއްޖެޓީވީއަށް މިއަދު އެހީވުމަކީ ކޮންމެހެން ކުރަން ޖެހޭ މުހިންމު މަސައްކަތެއް ކަމަށާއި، ކުރާ މަސައްކަތުގެ އެއްބައި ގުޅިފައި އޮތީ ރާއްޖެޓީވީއާ ކަމަށެވެ.

ރަމީޒު ބުނީ މިސަރުކާރުން މީޑިއާ އަށް ކުރިމަތިކުރުވާ ދުށްތުރާތަކަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޖޫރިމަނާ ކުރަމުން ކުރަމުން ގޮސް އެންމެ ފަހުން ތިން މިލިއަނުން ހަތަރު މިލިއަނަށް ރައިގެން މިދަނީ. އެވަރުވީމަ މިއީ ތަންކޮޅެއް ބޮޑު ވަރު އެނގޭތޯ .ދެން އަޅުގަނޑުމެން ހިތުގައި ހުރި ހުރިހާ އެއްޗެއް ކިޔަންވެއްޖެ ނަމަ ހުރިހާ އެއްޗެއް ނުވެސް ކިޔޭނެ. އަޑު އަހާ މީހުންގެ ކަންފަތުގައި ވެސް އަތް އަޅަން ޖެހިދާނެ.އެހުރިހާ އެއްޗެއް ކިޔާކަށް ބޭނުމެއް ނޫން." ރަމީޒު ބުންޏެވެ.

ރަމީޒު ބުނީ ހަށިގަނޑުގައި ލޭ ހިނގާ ހުރިހާ ދުވަހު ރާއްޖެޓީވީ ހުއްޓުނަ ނުދޭނެ ކަމަށާއި، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މިސްޓޭޝަން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ރާއްޖެޓީވީއަކީ ދެފުށް ފެންނަ ގޮތަށް ޚަބަރާއި މައުލޫމަތު ގެނެސްދޭ ހަމައެކަނި ސްޓޭޝަންކަން ފާހަގަކޮށް ރަމީޒު ބުނީ ވަކި ބަޔަކު ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ވަކިއަތަކަށް ނުޖެހޭ ޓީވީއަކީ ރާއްޖެޓީވީ އޭ އަޅުގަނޑު ދަންނަވާނީ. މީހުން ކޮންމެ ފަދަ ވާހަކައެއް ކޮންމެ އެއްޗެކޭ ކިޔަސް އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖެޓީވީ ބަލާމީހެއް. އަޅުގަނޑަށް ފެނޭ ރައީސް ޔާމިން ތަނަކަށް ވަޑައިގެންނެވި ނަމަވެސް ދައްކާނެ. އެވަރިހަމަ ރައީސް ޔާމިން ހަދުމަފުޅު ނެތިގެން ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް. އެކަން ރާއްޖެޓީން ދައްކާނެ." ރަމީޒު ބުންޏެވެ.

މީގެ އިތުރުން ރަމީޒު ބުނީ ރާއްޖެޓީވީ އަކީ ރައްޔިތުންގެ އެންމެ މަގުބޫލު ސްޓޭޝަން ކަމަށާއި، ރާއްޖެޓީވީން ދައްކާ އިޝްތިހާރުން ވެސް ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމަށެވެ. ރާއްޖެޓީވީން އެންމެ ފަހަރަކު ދެއްކުމާއި، އެހެން ސްޓޭޝަންއަކުން 10 ފަހަރަށް ދައްކައިގެން އަޅާ ނުކިޔޭނެ ކަމަށް ރަމީޒު ބުންޏެވެ.

ހުސެއިން ރަމީޒުގެ އާއިލާއިން ދިން އެހީތެރިކަން ފާހަގަކުރަމުން ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފިޔާޒު ވިދާޅުވީ ރާއްޖެޓީވީއަށް ކުރިމަތިކުރުވާ ދުށްތުރާތަކުން ސަލާމަތްވެވެނީ ރައްޔިތުން ދިއްކޮށްލާ ދީލަތި އެހީތެރިކަމުން ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތުގައި ދެމިހުރުމަށް ލިބޭ ހިތްވަރަކީ ވެސް ރައްޔިތުން ދެމުންދާ ހިތްވަރު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް