15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސި އިންތިޚާބު 2018

އަށްވަނަ ދުވަހުގެ ރޭ ބާއްވާ ޖަލްސާއާއެކު ޔާމީންގެ ނަން ސިޔާސީ މަސްރަހުން ފޮހެވިގެންދާނެ: ޝިފާޒް

  • ޖަލްސާ ގޮނޑިތަށް ފުރާލަދޭން މުޅި މާލެ ކާނިވާ ސަރަހައްދަށް ޖަމާވާނެ
ހައްވާ މުހައްމަދު | @hawwimd

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 20:04 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި


އެމްދީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް -- ފޮޓޯ: މުހައްމަދު ޝަރުހާން

ގުޅިފައިވާ ސިޔާސީ ޕާރޓީތަކުން މިމަހުގެ އަށް ވަނަ ދުވަހު ބާއްވާ ޖަލްސާ ވެގެންދާނީ ރައީސް ޔާމީން ރާއްޖޭގެ ސިޔާސީ މަސްރަހުން ފޮހެވިގެންދާނެ ޖަލްސާއަކަށް ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "އިލެކްޝަން ރޫމް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ގުޅިފައިވާ ޕާރޓީތަކުން އަށް ވަނަ ދުވަހު ބާއްވާ ޖަލްސާވެގެންދާނީ ޔާމީން މަޑުން މަޑުން ސައިޒުވެ މުޅި މަންޒަރުން ފޮހިވެގެންދާނެ ޖަލްސާއެއް ކަމަށެވެ.

ޝިފާޒް ވިދާޅުވީ ރައީސް ޔާމީން އަށްވަނަ ދުވަހުގެ ރޭ ބާއްވާ ޖަލްސާއިން ބޮޑުތަނުން ބަލިވާނެ ކަމަށާއި، އެހެންކަމުން އެ މަނިކުފާނާއި ޗެލެންޖްކުރަން ރަށްތަކުން މީހުން ގެންނަން މަސައްކަތް ނުކުރައްވާ ކަމަށެވެ. ޝިފާޒް ވިދާޅުވީ މުޅި ފޯކަސް އޮތީ މާލެއަށް ކަމަށާއި، ކާނިވާ ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ މި ޖަލްސާގެ ގޮނޑިތައް ފުރާލަދޭން މުޅި މާލޭގެ ރައްޔިތުން އަށްވަނަ ދުވަހު ކާނިވާ ސަރަހައްދަށް ޖަމާވާނެ ކަމަށެވެ. ޖަލްސާގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ޝިފާޒް ވިދާޅުވީ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ތައްޔާރުވާން ލިބެނީ ކުޑަކުޑަ ވަގުތު ކޮޅެއް. ޖަލްސާ ތައްޔާރުކުރުމަށް އެހެން ނަމަވެސް އެކަންވާނެ. އަޅުގަނޑު އެދެނީ އެ ސަރަހައްދަށް އެދުވަހުގެ ހަމަ ހެދުނު ފެށިގެން މަސައްކަތުގައި އެހީތެރިވުމަށް ވީހާވެސް ގިނަ ބަޔަކު ވަޑައިގެން ދެއްވުން. ޖަލްސާގެ ކަންތަށް ރޭވުމުގައި އެއީ އެދޭ ވަރަށް ބޮޑު އެދުމެއް" ޝިފާޒް ވިދާޅުވިއެވެ.

ތިން އަހަރުފަހުން ގުޅިފައިވާ ޕާރޓީތަކުން ބާއްވާ މި ޖަލްސާވެގެންދާނީ ރައްޔިތުންނަށް އަނެއްކާވެސް ޚިޔާލުފާޅުކުރުގެ މިނިވަންކަން ލިބިގެން ދިއުން ކަމަށާއި، މި ޖަލްސާއަކީ އެތަށް ގޮތަކުން ޚާއްސަވެގެން ދާނެ ޖަލްސާއެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ. ޖަލްސާގައި އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވެފައިވާ ވަރަށް ޚާއްސަ މޫނުތަކެއް ފެނިގެންދާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

 

ގުޅިފައިވާ ޕާރޓީތަކުން ބޮޑު ޖަލްސާއެއް 8 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ބާއްވާއިރު، 7 ވަނަ ދުވަހު ޕީޕީއެމްއިންވެސް ހަމަ އެ ސަރަހައްދުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

beybe

2 މަސް ކުރިން

thikahala bodaa basthah bunaairu thivaruge thaaedheh oynama beyruqaumuthakaai jamiyyaathakugawi aadbeyskoggen ekigoygothun sarulaaraai rayyithinnah birudhakkanee keevvebaa

0
0