18 ނޮވެންބަރު 2018 | އާދީއްތަ | 06 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިޚާބު 2018

ޓްރާންސްޕޭރެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ރިޔާސީ ބަހުސަކަށް ދައުވަތު ދީފި

  • ރިޔާސީ ބަހުސް ބާއްވަން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު
  • އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި އެކެންޑިޑޭޓުން ކުރިއަށްއޮތް ފަސް އަހަރު ދުވަހު ގައުމުގެ ކަންކަން ހިންގަން ހަމަޖެހިފައިވާ ގޮތް ރައްޔިތުންނަށް އެނގެންޖެހޭ
އަމްނާ އިމާދު | @amnabinthimad

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 20:02 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ޓްރާންސްޕޭރެންސީން ބޭއްވި ޕެނަލްއެއް -- ފޮޓޯ: ރާއްޖެ އެމްވީ -- ފޮޓޯ: ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބާއްވަން ނިންމާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިދެބޭފުޅުންނަށް ދައުވަތު ފޮނުވައިފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ފޮނުވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

ޓްރާންސްޕޭރަންސީން ބުނީ ރިޔާސީ ބަހުސް ބާއްވަން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ. 

ޓްރާންސްޕޭރަންސީން ބުނީ ރިޔާސީ އިންތިޚާބަކަށް ތައްޔާރުވަމުން އަންނައިރު އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ތަމްސީލްކުރާ ޕާޓީތަކުގެ މެނިފެސްޓޯ ރައްޔިތުންނާއި ހަމައަށް ތިލަވެ، ކުރިއަށްއޮތް ފަސް އަހަރު ދުވަހު ގައުމުގެ ކަންކަން ހިންގަން ހަމަޖެހިފައިވާ ގޮތް އެނގުމަކީ ކޮންމެހެން ބޭނުންކަމެކެވެ.

މިގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި، އެކެނޑިޑޭޓުންނާއި ނިސްބަތްވާ ސިޔާސީ ޕާޓީތަކުން ގައުމުގެ ހިންގުމާއި ތަރައްގީގެ މިސްރާބަށް ބައްޓަން ކުރަން ރާވާފައިވާ ގޮތާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް އެކަށައަޅާފައިވާ ސިޔާސަތުތަކާއި އެކަންކަމާ ގުޅުންހުރި ތަފްސީލް ރައްޔިތުންނަށް ފޯރުކޮށްދީ ރިޔާސީ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުން ރައްޔިތުންނަށް ތައާރަފް ކޮށްދިނުމަށް ކަމަށެވެ.

ރައީސް ޔާމީނާއި އިބޫއާ ދެމެދު ރިޔާސީ ބަހުސެއް ބާއްވަން ޓްރާންސްޕޭރެންސީން ނިންމާފައިވާއިރު ރާއްޖެޓީވީންނާއި، ގައުމީ ޔުނިވަރސިޓީން ވެސް ބަހުސްއެއް ބޭއްވުމަށް ނިންމިއެވެ. ގައުމީ ޔުނިވަރސިޓީގެ ބަހުސްގައި ބައިވެރިވެވަޑައިނުގަތުމަށް އިބޫ ނިންމެވިއިރު، ރާއްޖެ ޓީވީގެ ބަހުސްގައި ރައީސް ޔާމީން ބައިވެރިވެޑައިނުގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް