24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ދިރާގު ރޯޑްރޭސް

ދިރާގު ރޯޑް ރޭސް ނޮވެމްބަރު މަހު ބާއްވަނީ

  • ރޯޑްރޭސް ބާއްވަނީ ނޮވެމްބަރު ދެވަނަ ދުވަހު
  • ރޯޑްރޭސް އޮންނާނީ ހުޅުމާލޭގައި
  • ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ 16 އޮކްޓޯބަރާއި ހަމައަށް ހުޅުވާލާފައި
ސިމާހާ ނަސީމް | sim_kamana

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 19:29 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ދިރާގު

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓް ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ނޮވެމްބަރު 2 ވާ ހުކުރު ދުވަހު ބާއްވާނެކަން ދިރާގުން އާންމުކޮށް އިއުލާންކޮށްފިއެވެ.

ރޯޑްރޭސް މިދިޔަ ދެ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

މިއަހަރުގެ ރޯޑް ރޭހުގައި ދުވުންތެރިން އާންމުކޮށް ބައިވެރުވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ 16 ސެޕްޓެމްބަރ 2018 އިން 16 އޮކްޓޯބަރ 2018 ގެ ނިޔަލަށް ހުޅުވާލާފައެވެ. އަދި ރޯޑް ރޭސްއަށް ރަޖިސްޓަރ ކުރެވޭނީ ދިރާގު ރޯޑްރޭސް ވެބްސައިޓް، www.dmrr.mv މެދުވެރިކޮށެވެ.

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފް ކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 12 ވަނަ އަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މިގޮތުން ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރު ކުރާ އެއް އިވެންޓެވެ.

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރު ފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. ދިރާގު ރޯޑް ރޭސް މި ފަހަރު ވެސް އޮންނާނީ ދެ ކެޓަގަރީ އަކަށެވެ. އެއީ ފަސް ކިލޯމީޓަރުގެ ބަޔައި ދިހަ ކިލޯމީޓަރުގެ ބައެވެ. ކޮންމެ ކެޓަގަރީ އަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ 13 އަހަރުން ދަށުގެ ބަޔާއި 13 އަހަރުން މަތީގެ ބައި ހިމެނެއެވެ.

ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާ ވަނީ ކަނޑައަޅާފައެވެ. އެގޮތުން 5 ކޮލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ނޮވެމްބަރ 2018 އަށް 7 އަހަރު ފުރިފައިވާން ޖެހޭނެއެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ނޮވެމްބަރ 2018 އަށް 16 އަހަރު ފުރިފައިވާން ޖެހޭނެއެވެ.

މިއަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މި އިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް ވަނީ 13 ސެޕްޓެމްބަރ 2018 އާއި ހަމައަށް ހުޅުވާލާފައެވެ. އަދި ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާ އެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެއެވެ. އަދި ހުރިހާ ދުވުންތެރިންވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިއްޔާއަކަށްކަން ކަނޑައަޅާނެއެވެ. އެގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެއެވެ.

މި ފަހަރުގެ ރޯޑް ރޭސް އެހެން އަހަރުތަކާއި ހިލާފަށް، މިފަހަރު ރެޖިސްޓްރޭޝަން ކުރައްވާ އިރު ދުވުންތެރިންނަށް ބޭނުންވާ ޓީޝާޓްގެ ސައިޒް ދިރާގު ޕޭ މެދުވެރިކޮށް ޚިޔާރު ކުރެވޭނެއެވެ.

ކުޑަކުދިން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ޤާއިމް ކޮށްދިނުމުގެ ގޮތުންނާއި އެ ޖަމިއްޔާއަކާއި ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ފުރުސަތު ވެސް ހޯދައިދިނުމުގެ މަޤްސަދުގައި އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ބައިވެރިވުމަށް ދުވުންތެރިން ބައްލަވައިގަންނަވާ މި ހާއްސަ ޓީޝާޓުން ލިބޭ ހުރިހާ ފައިސާއެއް ދިރާގު މޯލްޑްވްސް ރޯޑް ރޭހުގައި ބައިވެރިވާ ޖަމިއްޔާތަކަށް ކުޑަކުދިންގެ ހައްގުގައި ހަދިޔާކުރުމަކަށް ވަނީ ނިންމާފައެވެ.

ޓީޝާޓް ވިއްކާ އަގަކީ މަދުވެގެން 100 ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް