20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އުތުރު ކޮރެއާ - އެމެރިކާ

ޓްރަމްޕްއަށް އަދިވެސް ކިމް އިތުބާރު ކުރައްވާ: ދެކުނު ކޮރެއާ

  • ދެ ކޮރެއާގެ ވެރިންގެ ބައްދަލުވުން އޮންނާނީ މިމަހުގެ 18 އިން 20 އަށް ޕިޔޮންގްޔަންގް ގައި
  • އެމެރިކާ - އުތުރު ކޮރެއާ މަޝްވަރާތަކުގެ މެދުވެރިއަކަށް ވުމަށް ދެކުނު ކޮރެއާއިން ދަނީ މަސައްކަތް ކުރަމުން
މިއުވާން މުހައްމަދު | Miuvaan

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 19:14 | |

މަގުބޫލް

  1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ޓްރަމްޕް (ކ) އާއި ކިމް (ވ) މިދިޔަ ޖޫން މަހު ސިންގަޕޫރުގައި ބައްދަލުކުރައްވަނީ -- އޭއެފްޕީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައްދަލުވުމަށްފަހު ދެޤައުމުގެ މެދުގައި ދޭތެރެއަކުން ބަހުގެ ހަމަލާތައް ބަދަލުކުރެވުނުނަމަވެސް، ކިމް އަދިވެސް ޓްރަމްޕްއަށް އިތުބާރުކުރައްވާކަަމަށް ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެފިއެވެ.

ދެކުނު ކޮރެއާއިން މިހެން ބުނެފައިވަނީ އެޤައުމުގެ މަތީ ފަންތީގެ ވަފުދެއް އުތުރު ކޮރެއާއަށް ޒިޔާރަތްކޮށް، ކިމް އާއި ބައްދަލު ކުރުމަށްފަހުގައެވެ. ދެކުނު ކޮރެއާގެ އޮފިޝަލުން އުތުރު ކޮރެއާއަށް ދިޔައީ މިމަހު ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން އާއި ކިމްގެ ބައްދަލުވުމެއް ބޭއްވޭތޯ ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. 

މިދިޔަ ޖޫން މަހު ޓްރަމްޕްއާއި ކިމް ސިންގަޕޫރުގައި ބައްދަލުކުރެއްވުމަށްފަހު، ކިމް ވަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ނައްތާލައި، ދެކުނު ކޮރެއާއާއިއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް އެބައްދަލުވުމުގެ ފަހުން މަޝްވަރާކުރެވުނު އެއްވެސް ކަމަކަށް އުތުރު ކޮރެއާއިން އިޖާބަދީފައި ނުވާއިރު، އުތުރު ކޮރެއާއިން ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ވިދާޅުވެފައެވެ. 

ދެކުނު ކޮރެއާގެ އޮފިޝަލުންނާއިއެކު ކުރެވުނު މަޝްވަރާތަކުގައި ކިމް ވިދާޅުވީ ޓްރަމްޕްއަށް އިތުބާރު އެބައޮތްކަަމަށާއި، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި ކޮރެއާ ސަރަަހައްދަކީ ނިއުކްލިއަރ ހަތިޔާރު ނެތް ތަނަކަށް ހައްދަވާނެކަމަށެވެ. 

ދެކޮރެއާގެ ލީޑަރުންގެ ބައްދަލުވުމެއް މިމަހު ބޭއްވިއްޖެނަމަ އެކަން ވެގެންދާނީ ފާއިތުވި ދިހަ ވަރަކަށް އަހަރުތެރޭ ދެކުނު ކޮރެއާގެ ލީޑަރަކު ޕިޔޮންގްޔަންގްއަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅަށެވެ. ދެކޮރެއާގެ ލީޑަރުންގެ ބައްދަލުވުން އޮންނާނެކަމަށް ބެލެވެނީ މިމަހުގެ 18 އިން 20 އަށް އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގްގައެވެ. މި ބައްދަލުވުމުގައި އެމެރިކާއާއި އުތުރު ކޮރެއާއާއި ދެމެދު އަނެއްކާވެސް ވާހަކަތައް ފެށުމަށް މެދުވެރިއެއްގެ ރޯލު ދެކުނު ކޮރެއާއިން އަދާކުރުމާއި މެދު މަޝްވަރާކުރެވޭނެއެވެ. 

ޓްރަމްޕްއަށް އިތުބާރު އެބައޮތްކަމަށް އުތުރު ކޮރެއާއިން ބުނެފައިވާއިރު، އުތުރު ކޮރެއާއިން އެއްބަސްވި ގޮތަށް އަމަލުކުރުމުގައި ލަސްތަކެއް އުޅޭކަމަށް ބުނެ، މިދިޔަ މަހު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އުތުރު ކޮރެއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު އެންމެ ފަހުވަގުތު ޓްރަމްޕްގެ ލަފާފުޅުގެ މަތިން ވަނީ ކެންސަލް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected]raajje.mv އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް