17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރިޔާސީ އިންތިހާބު 2018

ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާގައި ސައިޒު ދައްކާލާނަން: ފައިސަލް

  • ރައީސް ޔާމީންގެ ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން
  • ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭގެ ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން
  • އާސަންދައިގެ ހިދުމަތް އެދެވޭ ގޮތުގައި ނުލިބޭތީ ރައްޔިތުން ކަންބޮޑުވޭ
މުހަންމަދު ވިސާމް | sampathmasiw

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 19:00 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ފައިސަލް މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގުޅިފައިވާ ޕާޓީތަކުގެ "ސައިޒު" ދައްކާލާނެ ކަމަށް ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިން ނިންމާލެއްވުމަށް ފަހު ފައިސަލް ވިދާޅުވީ ތިން އަހަރު ދުވަސް ފަހުން ގުޅިފައިވާ ޕާޓީތަކަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވާއިރު، އެ ޖަލްސާއިން ދިވެހި ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައިކަން ހާމަވެގެންދާނެ ކަމަށެވެ. ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން ދިމާވާ ކޮންމެ ރައްޔިތެއްގެ ވެސް ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، މިއަދު ދިވެހި ރައްޔިތުން ތިބީ ބަދަލެއް ބޭނުންވެފައި ކަމަށެވެ. އެކަން މި މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ވޯޓުން ހާމަވެގެންދާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކިއެކި ޚިދުމަތްތައް ހޯދުމަކީ މިއަދު ކޮންމެ ރައްޔިތަކަށްވެސް ދިމާވެފައިވާ ދަތިކަމަކަށް ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ނިކުތީ ދިވެހި ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ހުރިހާ ދާއިރާ އަކުން ވެސް ކޮށްދިނުމަށް، އެކަންތައް ކޮށްދިނުމަށް އިޚްލާސްތެރި ކަމާއި އެކު، އަޅުގަނޑުމެންގެ މި މަސައްކަތަށް ނުކުންނަވާށޭ" ފައިސަލް ވިދާޅުވިއެވެ.

ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން ފައިސަލް އުމުރުން ދުވަސްވީ މީހަކާއި ބައްދަލުކުރައްވަނީ

އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލާއި، އާސަންދަގެ ޚިދުމަތް އެންމެ އެދެވޭގޮތުގައި ނުލިބޭ ކަމުގެ ޝަކުވާ ދޮރުން ދޮރަށް ކެމްޕެއިންގައި ދިމާވި ރައްޔިތުން ކުރި ކަމަށް ފައިސަލް ވިދާޅުވިއެވެ. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަައިދީ، އާސަންދަ ޚިދުމަތް ވެސް ރައްޔިތުންގެ ބޭނުންވާ ގޮތަށް ކުރިއަކޭ އެއްގޮތަށް ދެމުން ގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ރައީސް ޔާމީންގެ ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންމަވެސް މިއަދު ބިރުފަހަނައަޅާ ސަރުކާރުގެ އެކި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތަކުގައި ބައިވެރިވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި މައްސަލަތަކަށް ހައްލެއް ހޯދުމަށް މި އިންތިހާބުގައި ބަދަލަކަށް ވޯޓް ދެއްވައި، ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް