16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އެމެރިކާގެ ސިޔާސީ މަސްރަހު

ޓްރަމްޕްގެ އަގު ވެއްޓޭ ގޮތަށް އާޓިކަލްއެއް ލިޔުއްވީ ނައިބު ރައީސް މައިކް ޕެންސްއެއް ނޫން: ވައިޓް ހައުސް

  • އާޓިކަލްގެ ސަބަބުން މަސްރަހު ވަނީ ހޫނުވެފައި
މިއުވާން މުހައްމަދު | Miuvaan

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 18:47 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ނައިބު ރައީސް މައިކް ޕެންސް (ކ) އާއިއެކު -- ރޮއިޓަރސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަގު ވެއްޓޭ ގޮތަށް ނިއުޔޯކް ޓައިމްސްގައި ޝާއިއުކޮށްފައިވާ ކޮލަމް ލިޔުއްވީ ނައިބު ރައީސް މައިކް ޕެންސްކަމަށް ދެކެވޭ ވާހަކަތައް ވައިޓް ހައުސްއިން ދޮގުކޮށްފިއެވެ.

މައިކް ޕެންސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ އަދި އެމަނިކުފާނުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޖެރޮން އާގެން ވިދާޅުވީ ޕެންސް އެއްޗެއް ލިޔުއްވާނަމަ އެމަނިކުފާނުގެ އަމިއްލަފުޅު ނަން ބޭނުންކުރައްވާނެކަމަށެވެ. އަދި އެލިޔުމުގައި ހުރި ވާހަކަތައް އާގެންވެސް ދޮގުކުރެއްވިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވެފައިވާ އެއް މީޑިއާކަމަށްވާ ނިއުޔޯކް ޓައިމްސްގައި ނަން ނުޖަހާ ޝާއިއުކޮށްފައިވާ ކޮލަމްގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. 'އަހަންނަކީ ޓްރަމްޕް ސަރުކާރުގައި ދެކޮޅު ހަދާ މީހުންގެ ތެރެއިން އެކެއް' ކަމަށް ބުނެ ލިޔެފައިވާ ލިޔުމަކީ ޓްރަމްޕްގެ ސަރުކާރުގެ އިސް ފަރާތެއްކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެއެވެ. 

އެލިޔުމުގައިވާ ގޮތުން ޓްރަމްޕް ގެންނަވަން ބޭނުންފުޅުވާ ބައެއް ސިޔާސަތުތަކާއި ޓްރަމްޕްގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ދެކޮޅު ހައްދަވައެވެ. އަދި ޓްރަމްޕްގެ ނާޤާބިލްކަމާއިމެދު އެލިޔުމުގައި ވަރަށް ބޮޑަށް ވާހަކަ ދައްކާފައިވެއެވެ. އަދި ޓްރަމްޕްގެ ވެރިކަމުގެ ޤާބިލްކަން ނެތްނަމަވެސް، އޭނާގެ އަރިހުގައި ވިސްނޭ މީހުން އެބަތިބިކަމަށާއި، ކަންކަން އިސްލާހުކުރުމަށް އެމީހުން މަސައްކަތްކުރަމުންދާކަމަށް ލިޔުމުގައި ބުނެފައިވެއެވެ. 

އެލިޔުން ލިޔުއްވީ މައިކް ޕެންސްކަމަށް ތުހުމަތުކުރެވުނީ އެމަނިކުފާނު ބޭނުންފުޅު ކުރައްވާ ބައެއް ބަސްތައް އެލިޔުމުގައި ބޭނުންކޮށްފައިވާތީއެވެ. މައިކް ޕެންސްގެ އިތުރުން ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއަކީވެސް އެކޮލަމް ލިޔުއްވިކަމަށް ތުހުމަތުކުރެވޭ އެއް ބޭފުޅެކެވެ. ޕޮމްޕެއޯވެސް ވަނީ އެއީ އެމަނިކުފާނުގެ ލިޔުއްވުމެއް ނޫންކަމަށް ވިދާޅުވެ، އެލިޔުނު ފަރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް