21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

ދިލިޕް ކުމާރު އެޑްމިޓްކޮށްފި

  • އޭނާ އެޑްމިޓް ކޮށްފައިވަނީ ނޭވާލުމުގައި އުނދަގޫތަކެއް ވާތީ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 15:42 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ދިލިޕް ކުމާރު -- ގޫގުލް

ވެޓްރަން އެކްޓަރ ދިލިޕް ކުމާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ.

އުމުރުން 95 އަހަރުގެ ދިލިޕް ކުމާރު މޭގައި އިންފެކްޝަން ހެދި ނޭވާލުމަށް އުނދަގޫވާތީ އެޑްމިޓްކޮށްފައިވާ ކަން ހާމަކޮށް އޭނާގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ވަނީ ޓްވީޓް ކޮށްފައެވެ.

ދިލިޕް ކުމާރުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަހައްޓާ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ފައިސަލް ފާރޫގީ ކޮށްފައިވާ ޓްވީޓްގައިވަނީ ދިލިޕް ކުމާރު ގެ މޭގައި އިންފެކްޝަން އުފެދުމުގެ ސަބަބުން އުނދަގޫތަކެއް ވާތީ މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. ޑޮކްޓަރުންގެ ޓީމަކުން މިވަގުތު ޓެސްޓްތައް ހަދަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ. އެންމެންވެސް އޭނާއަށް އަވަސް ޝިފާއެއް ލިބުމަށް ދުއާ ކޮށްދިނުމަށް ވަނީ އެދިފައެވެ.

ދިލިޕް ކުމާރު ވަނީ 65 ފިލްމްގައި މަސައްކަތް ކޮށްފައެވެ. އޭނާގެ ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 1955 ވަނަ އަހަރު ރިލީޒްކުރި "ދޭވްދާސް"، 1957 ވަނަ އަހަރު ރިލީޒްކުރި "ނަޔާ ދައުރު"، 1960 ވަނަ އަހަރު ރިލީޒްކުރި "މުގަލް އީ އާޒަމް"، 1961 ވަނަ އަހަރު ރިލީޒްކުރި "ގަންގާ ޖަމުނާ"، 1981 ވަނަ އަހަރު ރިލީޒްކުރި "ކްރާންޓީ" އަދި 1986 ވަނަ އަހަރު ރިލީޒްކުރި "ކަރްމާ" ހިމެނެއެވެ.

ދިލިޕް ކުމާރު އެންމެ ފަހުން ފެނިފައިވަނީ 1998 ވަނަ ފިލްމް "ގީލާ" އިންނެވެ. އޭނާއަށް ވަނީ 1994 ވަނަ އަހަރު "ދާދާސާހެބް ޕަލްކޭ އެވޯޑް" އަރުވާފައެވެ. އަދި 2015 ވަނަ އަހަރު "ޕަދްމާ ވިބޫޝަން" އެވޯޑްވެސް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް