15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ރިޔާސި އިންތިޚާބު 2018

ކަލްޗަރަލް އެންޑް ހެރިޓޭޗް މިނިސްޓްރީއެއް އުފައްދާނަން: އިބޫ

  • ކަލްޗަރަލް ޓޫރިޒަމް އުތީމުގައި ހިންގިދާނެ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 15:27 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
  4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
  5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
  6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
  7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
  8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: ރާއްޖެ އެމްވީ

ކަލްޗަރަލް އެންޑް ހެރިޓޭޗް މިނިސްޓްރީ އުފައްދަވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ބޮޑުތަކުރުފާނުގެ ތާރީހީ ބިނާތައް ހިމެނޭ ހއ. އުތީމަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އިބޫ ވިދާޅުވީ ކަލްޗަރަލް އެންޑް ހެރިޓޭޖް މިނިސްޓްރީން ރާއްޖޭގެ ތާރީހީ ބިނާތައް ރައްކާތެރިކޮށް ބަލަހައްޓާނެ ކަމަށެވެ. 

އުތީމުގައި ހުރި ބޮޑުތަކުރުފާނުގެ ގަނޑުވަރުން ބެލެހެއްޓުމުގެ މަސައްކަތް މިހާރަށް ވުރެ ރަނގަޅަށް އެމަނިކުފާނުގެ ސަރުކާރު ބަލަހައްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ތާރީހީ ބިނާތައް ބެލެހެއްޓުމަކީ ދައުލަތުގެ ބަޖެޓްގައި ވަކިން އެކަމަށް ފައިސާ ކަނޑައަޅައިގެން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.  

ރަށުގެ ބިންތައް އެރަށަކަށް ދޫކޮށްލާނެ ކަމަށް ފާހަގަކުރައްވައި އިބޫ ވިދާޅުވީ ބޮޑުތަކުރުފާނު ގަނޑުވަރަށް ވަންނަ މީހުންގެ އަތުން ނެގޭ ފީ އަކީ ވެސް ރަށު ކައުންސިލްގެ ބަޖެޓަށް ވަންނަން ޖެހޭނެ ފައިސާ ކަމަށެވެ. އަދި އުތީމަކީ ކަލްޗްރަލް ޓޫރިޒަމް ހިންގިދާނެ ތަނެއް ކަމަށާއި ރަށުގައި އެ ވިޔަފާރި ފުޅާކުރުމަށް ސިޓީ ހޮޓާ އެޅުމުގެ ކަންކަން ވެސް ކައުންސިލަށް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް