17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ޤައިދީންގެ އަދަބު ލުއިކޮށްދިނު

ޤައިދީންގެ އަދަބު ލުއިކޮށްދެއްވުމަށް ރައީސް ޔާމީން ނިންމަވައިފި

 • އަދަބު ލުއިކޮށްދެއްވުމަށް ނިންމެވީ ޣައިރު ހާޒިރުގައި ހުކުމްކުރެވިފައިވާ ގިނަ އަދަދެއްގެ ބައެއްގެ ފަރާތުން ރައީސްގެ އަރިހަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން
 • މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ކުށްވެރިންނަށް އަދަބު ދިނުމުގެ ބައެއް ޝަރުތުތައް ލުއިކޮށް، އެ ޤަވާއިދު ވަނީ ބަދަލުކޮށްފައި
 • މިއީ މި ޤަވާއިދަށް އިސްލާހު ގެނައި 3 ވަނަ ފަހަރު
ސިމާހާ ނަސީމް | sim_kamana

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 13:55 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


މާފުށީ ޖަލު: ޤައިދީންގެ އަދަބު ލުއިކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައި -- ގޫގުލް

އެ މީހެއްގެ ޣައިރު ހާޒިރުގައި ޙުކުމްކުރެވި، އިތުރު ކުށެއް ނުކޮށް، ފަސް އަހަރުވެފައިވާ މީހުންނަށް ކްލެމެންސީގެ ފުރުސަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

އަދަބު ލުއިކޮށްދެއްވުމަށް ނިންމެވީ ޣައިރު ހާސިރުގައި ހުކުމްކުރެވިފައިވާ ގިނަ އަދަދެއްގެ ބައެއްގެ ފަރާތުން ރައީސްގެ އަރިހަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ރައީސް އޮފީހުން ބެލިއިރު، އެފަދަ މީހުންނަށް ކުށުން ދުރުވެ މުޖްތަމައުގައި ހެޔޮ ގޮތުގައި އުޅުމުގެ ފުރުސަތެއް ދެއްވުމަށް ރައީސް އަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ފުރުސަތުގެ ދަށުން މައާފު ދޭން ހަމަޖެހިފައި ވަނީ މިހާރު ކުށުން ދުރުގައި ފަސް އަހަރު ހޭދަކޮށް، އާއިލާއެއް ބިނާކޮށް، ވަޒީފާގެ މާހައުލަށް ނުކުމެ އަދި ޤައުމަށް ފައިދާކުރަނިވި ހިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކަށެވެ.

މިގޮތަށް ހަމަޖެއްސެވި ނަމަވެސް މި ފުރުސަތުގެ ދަށުން، މީހަކު މެރުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، ރޭޕްގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ހުކުމްތައް އެމީހެއްގެ މައްޗަށް ކޮށްފައިވާ މީހަކަށް ފުރުސަތެއް ލިބިނުދެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ތަރުޖަމާނު އަހުމަދު ލުގުމާން ވިދާޅުވީ މައާފް ލިބުނު މީހުންގެ އަދަދު އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މީހުންގެ އަދަދުގެ ތަފްސީލް ލިބިވަޑައިގަތުމުން އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ޣައިރު ޙާޟިރުގައި ޙުކުމްކުރެވިފައިވާ މީހުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން މި މައްސަލަ ބެލުމަށް ފަހުއެވެ.

ރައީސް ޔާމީން ކުށްވެރިންގެ އަދަބު ލުއިކޮށްދެއްވުމަށް ނިންމަވާފައިވާއިރު މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ކުށްވެރިންނަށް އަދަބު ދިނުމުގެ ބައެއް ޝަރުތުތައް ލުއިކޮށް، އެ ޤަވާއިދު ރައީސް އޮފީހުން ވަނީ އޮގަސްޓް 15 ވަނަ ދުވަހު ބަދަލުކޮށްފައެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ  ޖިނާއި ކުށެއްގެ މައްސަލާގައި ޝަރުއީ ކޯޓަކުން ހުކުމް ކޮށްފައިވާ ނަމަ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާ އަކަށް ނުވެފައި ދައުވާ އުފުލި ތާރީހުން ފެށިގެން ހުކުމް ނުކުރެވި މީލާދީ ގޮތުން އެއް އަހަރު ފާއިތުވެއްޖެ ނަމަ އެ މީހަކީ އެ ކުށުގެ އަދަބަށް ލުއި ލިބުމަށް ޝަރުތު ހަމަވާ މީހެއް ކަމަށެވެ.  

މިއީ މި ޤަވާއިދަށް އިސްލާހު ގެނައި 3 ވަނަ ފަހަރެވެ.

ރައީސް އޮފީހުން މިކަން އިއުލާނުކުރުމުގެ ކުރިން ވެސް ގިނަ އަދަދެއްގެ ބަޔަކު ޖަލުން ދޫކޮށްލާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ފާއިތުވި ދުވަސްތަކުގައި މާލޭގެ މަގުތަކުގައި ބޮޑެތި ގޭންގް މާރާމާތީތައް ހިންގައި މީހުން މަރަމުންދާއިރު ފާޅުގައި ފޭރުމާއި ވައްކަންތައް ކުރުމުގެ އިތުރުން އޮޅުވާލައިގެން ސަލާން ޖަހައިގެން މީހުން އަތުން ފައިސާ ހޯދުމާއި އޭޓީއެމް ފަދަ ތަންތަނަށް ވަންނަ މީހުންނަށް އަމާޒުކޮށްގެން އެ މީހުން އަތުން ފައިސާ ހޯދުން ފަދަ ކުށްތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފިނިފެންމާ

5 މަސް ކުރިން

ފްލެޓް ދިން ގޮތަށް ދޭ މާފު ދިނުމެއް

0
0
ކުލުނުlU

5 މަސް ކުރިން

VOTE VOTE NO ONE WILL VOTE 4U

0
0
އެޑަމް

5 މަސް ކުރިން

ރަނގަޅު ނިޔަތެއްގަ ރަނގަޅަށް ބަލަންވާ ބެލުންތައް ބަލާ ދިރާސާކޮށް އަމަލްކޮށްފިނަމަ ވަރަށް ރަނގަޅު ނިންމުމެއް

0
0