26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ރިޔާސީ އިންތިހާބު 2018

ވޯޓް ކަރުދާހުގައި ފާހަގަ ޖަހަން އަމިއްލަ ގަލަން ބޭނުން ކުރެވެންޖެހޭނެ: މާރިޔާ

 • ފާހަގަ ޖެހުމަށް އަމިއްލަ ގަލަން ވެއްދެން ޖެހޭ
 • ވޯޓުލާ މަރުކަޒުގެ މޭޒުމަތީ އޮންނަ ވޯޓާސްލިސްޓާއި އޮބްޒާވަރުންނަށް ދޭ ލިސްޓް ދިމާވާން ޖެހޭ
 • ނަތީޖާ ޝީޓް ވަގުތުން އެންމެންނަށް ފެންނާނެހެން ވޯޓުލި މަރުކަޒުގައި ތަތް ކުރަންޖެހޭ
މުހައްމަދު ފަޒީން | phaxyn

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 13:36 | |

މަގުބޫލް

 1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
 3. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
 6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
 7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
 8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


މާރިއާ އަހުމަދުދީދީ -- އާކައިވް

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް އެމީހަކު އަމިއްލަ ގަލަމުން ފާހަގަ ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބެންޖެހޭނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުން ޝައްކު އުފައްދަމުންދާއިރު، މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ގޮވާލައްވައިފި އެވެ.

ބުރާސްފަތި ދުވަހު އިބޫގެ ތަރުޖަމާނު މާރިއާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާނެ ގަލަން އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށި ކައިރީ ބޭއްވިނަމަވެސް ވޯޓުލާން ދާ މީހުން އެމީހުން އަމިއްލައަށް ގެންދާ ގަލަމުން ވޯޓު ނުލެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުން އުފައްދާ ޝައްކުތައް ފިލުވުމަށް އިލެކްޝަންސް ކޮމިޝަނުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް މާރިއާ ވިދާޅުވި އެވެ.

މާރިއާ ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ސިޓީ އަކުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ. އަދި އިންތިހާބުގެ ކުރިން އެކަންކަން ހައްލުކޮށްދެއްވަން ޖެހޭނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުން ދެކޭ ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ.

އެގޮތުން ވޯޓުލާ މަރުކަޒުގައި ވޯޓުލާ ނިމުމުން ވަގުތުން ނަތީޖާ އިއުލާން ކުރައްވާނެ ކަން ޔަގީން ކޮށްދެއްވަން ޖެހޭނެ ކަން ސިޓީ ގައި ބުނެފައި ވާނެ ކަމަށާ، އަދި ނަތީޖާ ކަރުދާސް އާންމުންނަށް ފެންނަ ގޮތަށް ބަހައްޓާނެ ކަންވެސް ލިޔުމުން އިލެކްޝަން ކޮމިޝަނުން ދޭން ޖެހޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް