14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

ތެޔޮ ބޯޓުގެ މައްސަލަ ރައީސް ޔާމީނަށް ގުޅުމެއް ވާކަމަށް ދައްކައި އޭސީސީއަށް މައްސަލަ ހުށަހެޅުމަކީ އިންތިހާބީ ހައްގަކަށް އަރައިގަތުން: މުއާޒް

  • މިއީ އަބުރާ ބެހުމަށް ވުރެ ސީރިއަސް ކަމެއް
  • މިއީ ވޯޓަށް ނުފޫޒް ފޯރުވުމަށް ކުރާ ކަމެއް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 12:54 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ -- ގޫގުލް

ތެލުގެ ވަގު ވިޔަފާރި ހިންގިކަން ފަޅާއަރާފައިވާ ތެޔޮ ބޯޓްތަކުގެ ކުންފުންޏާ ރައީސް އަބްދުﷲ ޔާމީނާ ގުޅުން ހުރި ކަމަށް ބުނެ އޭސީސީއަށް މައްސަލަ ހުށަހެޅުމަކީ ރައީސް ޔާމީންގެ އިންތިހާބީ ހައްގަކަށް އަރައިގަތުމަށް ކޮށްފައިވާ ކަމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ސީރިއަސް ތުހުމަތުތަކެއް ކަމަށް ދައްކަން އެމްޑީޕީން ނޫސް ކޮންޕަރެންސެއް ބާއްވައި ރައީސް ޔާމީންގެ ކޮރަޕްޝަންގެ އަމަލު ވާކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި އެކަން ބެލުމަށް އޭސީސީއަށް މައްސަލަ ވެއްދުމުގެ ބޭނުމަކީ ވޯޓަށް ނުފޫޒް ފޯރުވުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަން އެގޮތަށް ކުރުމަކީ އަބުރާ ބެހުމަށް ވުރެ ސީރިއަސް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ދިވެހި ދިދަ ގަވާއިދާ ހިލާފަށް ބޭނުންކޮށްގެން ތެލުގެ ވަގު ވިޔަފާރީ ހިންގި ކަމަށް ބުނާ "ޒިން ޔުއާން18" ކުއްޔަށް ހިފައިގެން އުޅެނީ ހޮންކޮންގްގެ ލޯންގް ލައިން އިންޓަރނޭޝަނަލް ޝިޕް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް ކިޔާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮންނަ "ޕްރޮސްޕެރީ" ކިޔާ ބޯޓަކުން ވެސް 15 ޖެނުއަރީ 2018 ގައި ދިވެހި ދިދަ ބޭނުން ކޮށްފައިވާ ކަމަށެވެ.

އެ އުޅަނދުގައި ރާއްޖެއަށް ނިސްބަތްވާ ތެޔޮ އުފުލާ ބޯޓެއް ކަމުގައިވާ "ޓްރާންސް ފިއުލް11"ގެ ކޯލް ސައިން ބޭނުންކޮށްފައިވާ އިރު "ޓްރާންސް ފިއުލް11" އަކީ ކުރީގެ ކާނަލް، މުހައްމަދު ޒިޔާދުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ ދަށުގައި ހިންގަމުންދާ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ބޯޓެއް ކަމަށާއި ރައީސް ޔާމިން ވަނީ އެ ކުންފުނިން ލޯނެއް ބޭނުންވެގެން އެދުމުން ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެމްބަރުންނަށް ގުޅުއްވައި އެ ލޯނު ދިނުމަށް އެދިވަޑައިގެންފައި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަބޭސް

2 މަސް ކުރިން

ތިޔަ ތަރުޖަމާނަކީވެސް މަޤާމުގެ ބޭނުންކޮށްގެން ބޮޑެތި ޖަރީމާތައް ހިންގަމުންދާ މުޖުރިމެއް ކަމަށް މީހުން ބުނޭ ކެޔޮކޭވަރު އެނގޭނީ ބިތުފަނގިނެގުމުން:

2
0