24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:18
އަސްރު 15:42
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:04

ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާ ގަވައިދު ގެޒެޓް ކުރުމަށް ފޮނުވިތާ އެއް އަހަރު، ސަބަބެއް ނޭނގޭ!

  • ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު
  • ގަވައިދު ގެޒެޓް ކުރުން ލަސްވާ ސަބަބެއް ނޭނގޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 12:31 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


ތަސްވީރު ހާމަކުރުމާއި ސިނގިރޭޓް އަދި ބިޑި ވަކިވަކިން ވިއްކުން މަނާކުރާ ގަވާއިދު ގެޒެޓު ނުކުރާތާ އަހަރެއް ފާއިތުވެއްޖެ -- ގޫގުލް

ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތަކުގެ ތަސްވީރު ހިމެނުމާއި ސިނގިރޭޓް އަދި ބިޑި ވަކިވަކިން ވިއްކުން މަނާކުރާ ގަވާއިދު ގެޒެޓްކުރަން ފޮނުވިތާ އަހަރެއް ފާއިތުވެއްޖެއެވެ.

ދުންފަތުގެ ނުރައްކާ ތަސްވީރުން ހާމަކުރުމާއި ސިނގިރޭޓް އަދި ބިޑި ވަކިވަކިން ވިއްކުން މަނާކުރާ ގަވައިދެއް އެކުލަވާލައި ގެޒެޓް ކުރުމަށް ފޮނުވާފައި ވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިހާ ހިސާބަށް އައިއިރު އެ ގަވައިދު ރައީސް އޮފީހުން ގެޒެޓްކޮށްފައެއް ނުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ގަވައިދު ގެޒެޓްނުކޮށް ލަސްވެގެންދަނީ ކީއްވެގެން ކަމެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ. އަދި ގެޒެޓް ނުކުރެވިގެން އުޅޭ ސަބަބު ވެސް އެޗްޕީއޭއަށް އަންގާފައިނުވާ ކަމަށް އެ އިދާރާ އިން ބުނެއެވެ.

އެޗްޕީއޭ އިން މިފަދަ ގަވައިދެއް އެކުލަވާލުމުގެ ބޭނުމަކީ ކުޑަކުދިންނާއި ޒުވާނުންނާއި ބަލި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމެވެ. މީގެ އިތުރުން ފުދުންތެރިކަން އިތުރު ކުރުމާއި ގައުމު ތަރައްގީ ކުރުމެވެ. އަދި ސިއްހީ ހޭލުންތެރިކަން މުޖުތަމައުގައި އިތުރުކުރުމެވެ.

ވަކިވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމަށް ނިންމާފައި ވަނީ އަލަން ދުންފަތުގެ އިސްތިއުމާލުކުރާ ކުދަކުދިންނާއި ޒުވާނުންގެ އަދަދު މަދުކުރުމާއި ދުންފަތާ ދުރުވުމަށް ޒުވާނުންނަށް ހިއްވަރު ދިނުމަށެވެ.

ސިނގިރޭޓް ފޮށީގައި މިގޮތަށް ފޮޓޯ ޖެހުމުން ދުވާލަކު ސިގިރޭޓް ފޮއްޓެއް ބޯމީހަކަށް ފޮށީގެ މޭރުގައި ޖަހާފައިވާ މަންޒަރު އަހަރަކު 7300 ފަހަރު އެންމެ މަދުވެގެން ފެންނާނެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގަވައިދުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތްކުރެވުނީ އާންމު ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް ކަމަށާއި އެހެން ނަމަވެސް މި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ތަންފީޒީ އިދާރާތަކުން އެންމެ ފުރިހަމައަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ. 

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 40 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިންތިހާއަށް ގިނަވަމުންދާ ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެއެވެ. ދުންފަތް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ގާނޫނުތަކާއި ގަވާއިދުތައް ވުޖޫދަށް ގެނައުމަށާއި ތަންފީޒުކުރުމަށް އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ ނުފޫޒު ގަދަ ފަރާތްތަކެވެ. ހާއްސަކޮށް ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ނުފޫޒު ސަރުކާރުތަކުގައި ގަދަވުމަކީ އޭގެ މައިގަނޑު އެއް ސަބަބު ކަމަށް އެ ފަރާތްތަކުން ދެކެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް