22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ރިޔާސީ އިންތިހާބު 2018

އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނީ ވައުދެއްގެ ގޮތުގައެއް ނޫން، ގާނޫނު އާސާސީން ލާޒިމްކުރާ ކަމެއްގެ ގޮތުގައި: އިބޫ

  • ރައީސް މައުމޫނަށް އަނިޔާދެމުންދަނީ އެއްވެސް ކުށެއް ނެތި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 12:07 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


އިބޫ މާރަންދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ: އަސާސީ ހިދުމަތަކީ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކެއް ކަމަށް ވިދާޅުވި -- ފޮޓޯ: ރާއްޖެ އެމްވީ

އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވައުދެއްގެ ވައުދެއް ވާން ނުޖެހޭ ކަމަށާއި އެކަންކަން ކޮށްދެއްވާނީ އެއީ ގާނޫނު އަސާސީން ލާޒިމްކުރާ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. މާރަންދޫއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމާއި އަދިވެސް އެހެނިގެން އަސާސީ ހިދުމަތްތައް ރަށްރަށަށް ފޯރުކޮށްދެއްވުމަށް ވައުދެއްގެ ގޮތުގައި ކޮންމެ ރަށެއްގައި ވިދާޅުވާން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭނެ ކަމަށް ލިޔެފައި އޮންނާނެ ކަމާށެވެ.

މާރަންދޫއަށް އިބޫ ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ

ކުރީގެ ރައީސް މައޫނު އަބްދުލް ގައްޔޫމަކީ ރައީސް އަބްދުﷲ ޔާމިންގެ އެއްބަފާ ބޭބެފުޅު ކަމަށްވާއިރު ވެސް އެމަނިކުފާނު ޖަލަށް ލައިގެން އުޅެނީ އެމަނިކުފާނުގެ އެއްވެސް ކުށެއް ނެތި ކަމަށް އިބޫ ފާހަގަ ކުރެއްވިއެވެ. އަދި ކުށެއް ނެތި ރައީސް މައުމޫނަށް އަނިޔާތަކެއް ދެމުންދާއިރު ރައީސް ޔާމިން އެމަނިކުފާނުގެ ގާތްރައްޓެހިންނާ މެދު ވެސް އަމަލު ކުރައްވަނީ އެގޮތަށް ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ދެން އާންމު ރައްޔިތުންނާ އަމަލުކުރާނެ ގޮތާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. ނަމަވެސް އިބޫ ވަނީ އަނިޔާ ލިބެމުންދާ މީހުނަށް އިންސާފު ހޯދައިދީ ރައީސް މައުމޫނާއި އެހެނިހެން ވެސް ސިޔާސީ ބޭފުޅުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ގެއަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރަށުގެ ތަރައްގީއާ ގުޅޭ ގޮތުން އިބޫ ވިދާޅުވީ ރަށު ކައުންސިލަށް ބާރުވެރިކަން ދީ ސަރުކާރުން މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކުލަ ހުއްޓާލަބަލަ

5 މަސް ކުރިން

ޕީޕީއެމްގެ ރަނޑު ފިޔާތޮށި ކުލައާއި، އެންމްޑީޕީގެ ފާދިރީ ކުލަ ހުއްޓާލަބަލަ

0
0