16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ގއ ކޮލަމާފުށި

ކޮލަމާފުއްޓަށް އެއްފަހަރާ 18 ވަކީލުން، ރާއްޖޭގެ ރެކޯޑެއް

  • ވަކީލުން އެރަށަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު
  • ވަކީލުންގެ ތެރޭގައި ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުޢޫދު ފަދަ ފުންނާބު އުސް ވަކީލުން
  • ކޮލަމާފުށިން ހައްޔަރުކުރި މީހުން މިހާރު ތިބީ 15 ދުވަހަށް ބަންދު ކޮށްފައި
އަހުމަދު މުހުސިނު | dhonbandaara

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 11:15 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ކޮލަމާފުށިން ހައްޔަރުކުރި މީހުން ފުލުހުންގެ ލޯންޗަށް އަރުވަނީ -- ފޭސްބުކް

ގއ ކޮލަމާފުށިން ހައްޔަރުކުރި މީހުންގެ ދިފާއުގައި 18 ޤާނޫނީ ވަކީލުންގެ ޓީމެއް އެރަށަށް ދިއުމަށް ނިންމައިފިއެވެ.

ކެމްޕެއިން މެޓީރިއަލްއަށް ގެއްލުންދިން ކަމަށް ބުނެ ގއ. ކޮލަމާފުށިން މިދިޔަ މަހު 30 ވަނަ ދުވަހު ހައްޔަރުކުރި 18 މީހުންގެ ދިފާއުގައި ހަރަކާތްތެރިވާ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މަޝްހޫރު ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ރާއްޖެ އެމްވީއަށް ވިދާޅުވީ ހައްޔަރުކޮށްފައިވާ ކޮންމެ މީހަކަށް ޤާނޫނީ ވަކީލެއް ހަމަޖައްސާފައިވާ ކަމަށާއި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު 18 ވަކީލުން ކޮލަމާފުއްޓަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ރަށަކަށް އެއްފަހަރާ މިހާ ގިނަ އަދަދަކަށް ޤާނޫނީ ވަކީލުން ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މަހްފޫޒް ވިދާޅުވީ ކޮލަމާފުށިން ހައްޔަރުކުރި މީހުންގެ ދިފާއުގައި ހަރަކާތްތެރިވާ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާނީ މިވަގުތު ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލުން ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުޢޫދާއި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވި ހިސާން ހުސައިން އާއި އަހްމަދު ޢަބްދުﷲ އަފީފް އަދި ނޫރުއްސަލާމާއި މަސްތޫރު ހުސްނީ ހިމެނިވަޑައިގަންނަވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ. ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލަކު ހަމަޖައްސަންޖެހުނީ ފުލުހުން މިހާރު އަމަލުކުރަމުންދާ ގަވައިދުގެ ދަށުން، އެއް ތުހުމަތެއް ކުރެވޭ ދެ މީހަކު އެއް ވަކީލަކަށް ތަމްސީލް ނުކުރެވޭތީއެވެ. 

ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ 18 މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އަދި އެމުއްދަތު މުރާޖައާ ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ. އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފައިވާނެ ކަމަށް ޤާނޫނީ ވަކީލް މަހްފޫޒް ވަނީ ވިދާޅުވެފައެވެ.

ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ ގއ. ކޮލަމާފުށިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހާފައި ވަނީ ވަކީލުންގެ ޣައިރު ހާޒިރުގައެވެ. އަދި މުއްދަތުގެ މަޖިލީސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު މަޖިލީހެއްގެ ގޮތުގައެވެ.

ހައްޔަރުކުރި މީހުންގެ މައްޗަށްކޮށްފައި ވަނީ ޓެރަރިޒަމްގެ ތުހުމަތެވެ. ހައްޔަރުކުރި މީހުން ތިބީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގައި، މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ.

މި މީހުން ހައްޔަރުކުރިއިރު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަލާ ދޭން މަސައްކަތްކުރި މީހާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުބުރިކޮށްލަން ގޮވާލި ޕީޕީއެމްގެ އެކްޓިވިސްޓް ހައްޔަރެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މަހޭ

4 މަސް ކުރިން

ތިޔަ މަހްފޫޒަކީ ަމިއްލަޔަށް މޭހާ ފެނިގެން އުޅޭ ވަކީލެއް އޭނަ ހީކުރާ ގޮތުގަ އޭނަނޫން މީހަކުނެތް

0
7