25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ހޮކައިޑޯ ބިންހެލުން

ޖަޕާނައަށް އައި ބިންހެލުމެއްގައި ބިންގަޑު ކަނޑައިގެން ގޮސް އެތައް ބަޔަކު ގެއްލިއްޖެ

 • ބިންހެލުން އައީ ހޮކައިޑޯ ސަރަހައްދަށް 6.6 މެގްނިޓިއުޑްގައި
 • ހެލިކޮަޕްޓަރުތަކުންދަނީ ވާޖަހައިގެން މީހުން ނަގަމުން
 • ތިން މިލިއަނެއްހާ ގެއިންވަނީ ކަރަންޓު ކެނޑިފައި
އަބުދުﷲ މުހައްމަދު | 8Abbo

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 10:23 | |

މަގުބޫލް

 1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
 3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 4. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
 5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
 7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
 8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ބިންގަނޑު ކަނޑައިގެން ގޮސް ދެ މީހަކު މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައި -- ރޮއިޓަރސް

ޖަޕާނުގެ އުތުރުގެ ހޮކައިޑޯ ސަރަހައްދަށް 6.6 މެގްނިޓިއުޑްގައި ބުރާސްފަތި ދުވަހު އައި ބާރުގަދަ ބިންހެލުމެއްގައި ބިންގަޑު ކަނޑައިގެން ގޮސް ގެތައް ވެއްޓި، ދެ މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެއެވެ.

ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ތެރޭގައި މި ހަފްތާގެ ކުރީކޮޅު ބާރުގަދަ ތޫފާން ޖެބީ އެރި ސަރަހައްދުތައް ވެސް ހިމެނެއެވެ.

މަތިން ބަލާއިރު ބިންގަޑު ކަނޑައިގެންގޮސް ވާދީތަކުގައިވާ ގެތަކުގެ މައްޗަށް ވަނީ ވެއްޓިފައެވެ.

ހެލިކޮޕްޓަރުތަކުން ދަނީ ވާޖަހައިގެން މީހުން ނަގަމުންނެވެ.

ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ތަރމަލް ސަޕްލައި ހަލާކުވެ ތިން މިލިއަނެއްހާ ގެއިން ވަނީ ކަރަންޓް ކެނޑިފައެވެ.

ޖަޕާނުގެ އެންއެޗްކޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ކުރިން ބޭނުން ނުކޮށް ހުރި ޓޯމާރީ ނިއުކްލިއަރ ޕަވަރ ޕްލާންޓް، ބެކަޕްއެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ މަޖުބޫރުވެފައެެވެ. ބެކަޕް ބޭނުންކުރަންޖެހުނީ ފިނިކުރާ ސިސްޓަމަށް ކަރަންޓް ދިނުމަށެވެ.

ފުރަތަމަ އައި ބިންހެލުމަށް ފަހު 5.3 މެގްނިޓިއުޑްގެ ކުދި ގުޑުންތައް އައިސްފައި ވެއެވެ. އަދި މުޅި ރޭ އެކީ އެފަދަ އެތައް ކުދި ގުޑުންތައް އައިސްފައި ވެއެވެ.

ސަރަހައްދީ ވެރިރަށް ސަޕޯރޯގެ އިރުދެކުނުން 62 ކިލޯމީޓަރުގެ ދުރުމިނަށް ބިމުގެ ވަރަށް ތިލައިން އައިސްފައިވާ ބިންހެލުމެއް ނަމަވެސް ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.

ފުލުހުންނާއި ސެލްފް ޑިފެންސް ފޯސްގެ މެމްބަރުންނާ އެކު މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 20،000 މީހުން މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުގެ ތަރުޖަމާނުގެ ޔޮޝީޑޭ ސޫގާ ވިދާޅުވިއެވެ. އަދި އިތުރު 20،000 މީހުން މަސައްކަތާ ގުޅޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ކެބިނެޓްގެ ކުއްލި ބައްދަލުވުމަކަށް ފަހު ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭނެ އެންމެ ރަނގަޅަކަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ބިން ހެލުމުގައި ބިންގަނޑު ކަނޑައިގެން ގޮސް ގެއްލުންތަކެއް ލިބިފައި މި ވަނީ ތޫފާނު ޖެބީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ޖަޕާނަށް ކުރިމަތިވެފައި ވަނިކޮށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް