21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޔުއާސް ޓްރޫލީ

'ޔުއާސް ޓްރޫލީ': އާލިއާ އާއި މަންމަ އަދި ބައްޕަ އެއް ފިލްމަކުން

  • ފިލްމު އަޅުވާނެ ދުވަހެއް ހާމައެއް ނުކުރޭ
  • ފިލްމުގައި ކިޔައިދޭނީ ތެދުވެރި ލޯތްބެއް ހޯދަން އަންހެނަކު ކުރާ ދަތުރެއްގެ ވާހަކަ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 09:24 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


'ޔުއާސް ޓްރޫލީ'ގެ ޕޯސްޓަރ -- ޓްވިޓަރ

ކުރިއަރަމުން އަންނަ ތަރި އާލިއާ ބަޓް އާއި އޭނާގެ މަންމަ ސޯނީ ރާޒްދާން އަދި ބައްޕަ، މަޝްހޫރު ޑައިރެކްޓަރ، ޕްރޮޑިއުސަރ  މަހޭޝް ބަޓް ފުރަތަމަ ފަހަރަށް އެކުގައި ފިލްމަކުން ފެންނަން ތައްޔާރު ވެއްޖެއެވެ.

އާލިއާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އޭނާގެ މަންމަ އާއި ބައްޕަ ފުރަތަމަ ފަހަރަށް އެކުގައި ފިލްމަކުން ފެންނާތީ އުފާވާ ކަމަށެވެ. އަދި އެ ފިލްމަކީ ވަރަށް ޚާއްސަ ފިލްމެއް ކަމަށެވެ. އާލިއާ ވަނީ ފިލްމުގެ ނަމާ އެކު ފުރަތަމަ ޕޯސްޓަރ ވެސް އާންމުކޮށްފައެވެ. ފިލްމުގެ ނަމަކީ "ޔުއާސް ޓްރޫލީ" އެވެ. އެ ފިލްމަކީ ލިޔުންތެރިޔާ އެނީ ޒައިދީ ލިޔެފައިވާ ކުރު ވާހަކަ "ދި ވަން ދެޓް ވޯޒް އެނައުންސްޑް"ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. "ޔުއާސް ޓްރޫލީ" އަންނަ މަހު ބާއްވާ 23 ވަނަ ބުސާން އިންޓަނެޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއާކުރަން ނިންމާފައިވާ ކަމަށް ވެސް އާލިއާ ވަނީ ބުނެފައެވެ.

އާލިއާގެ އާއިލާ: (ކ-ވ) އާލިއާ، ޝަހީން، މަހޭޝް، ސޯނީ

ތެދުވެރި ލޯތްބެއް ހޯދަން އަންހެނަކު ކުރާ ދަތުރެއްގެ ވާހަކައިގެ މައްޗަށް ހަދާ މިފިލްމު ވެގެންދާނީ މަހޭޝް ބަޓް ކުޅޭ ފުރަތަމަ ފިލްމަށެވެ. އަދި ސޯނީ އާއި މަހޭޝް އެކުގައި ފުރަތަމަ ފެނިގެންދާ ފިލްމަށެވެ. ގިނަ ފިލްމްތަކެއްގެ މަސައްކަތް ކޮށްފައިވީ ނަމަވެސް ކެމެރާގެ ކުރިމަތިން މަހޭޝް ބަޓް މީގެ ކުރިން ފެނިގެން ގޮސްފައެއް ނުވެއެވެ.

ފިލްމުގެ ޝޫޓިން އަދި ފިލްމުގެ ފުލްކާސްޓުން އަދި އިއުލާނެއް ނުކުރެއެވެ. އަދި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ވެސް އިއުލާނެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް