22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ޝާހިދު ކަޕޫރު

ޝާހިދު ކަޕޫރާއި މީރާއަށް ފިރިހެން ކުއްޖެއް ލިބިއްޖެ

  • އެދެމީހުންނަށް ދަރިއަކު ލިބިފައިވަނީ އިއްޔެ
  • ޝާހިދާއި މީރާ ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:49 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


ޝާހިދާއި މީރާ، އެ ދެ މީހުންގެ ފުރަތަމަ ދަރިފުޅު މީޝާ ގޮވައިގެން -- ގޫގުލް

ފިލްމީ ތަރި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ އަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މީރާ ވިހާފައިވަނީ މުމްބާއީގެ ހޮސްޕިޓަލެއް ކަމަށްވާ ހިންދޫޖާ ހޮސްޕިޓަލުގައި ބުދަ ދުވަހު (5 ސެޕްޓެމްބަރ)ގައި ކަމަށެވެ. 

ޝާހިދާއި މީރާއަށް މީގެ ކުރިން ވަނީ އަންހެން ކުއްޖަކު ލިބިފައެވެ.  އެކުއްޖާއަށް ކިޔާފައިވަނީ މީޝާއެވެ. މީޝާ ކަޕޫރު އުފަންވީ 2016  ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26 ގައެވެ. ބޭނުންވަނީ ކޮންކަހަލަ ކުއްޖެއްތޯ އިންސްޓަގްރާމުގައި މީގެ ކުރިން މީރާގެ ކައިރިން ވަނީ އަހާފައެވެ. މީރާ ބުނެފައިވަނީ ކޮންމެ ކަހަލަ ކުއްޖެއްވިއަސް އޭނާއަށް ރަނގަޅު ކަމަށާއި ބޭނުންވަނީ ސިއްހަތު ރަނގަޅު ދަރިއެއްކމަަށެވެ. 

ޝާހިދަށް ވުރެ 13 އަހަރު މީރާ ހަގެވެ. އެ ދެ މީހުން ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.

ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރގައި ޝޫޓިން ފަށާ އަރުޖުން ރެޑީގެ ރިމޭކިންއެވެ. އެ ފިލްމުގެ ޝޫޓިންއަށް ޝާހިދު ދާން ހަމަޖެހިފައި ވަނީ މީރާ އާއި ދެ ދަރިން ގޮވައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އިއްޔެ އުފަންވި ކުއްޖާއަށް ދޭނެ ނަމަކާއި ބެހޭ ގޮތުން ޝާހިދާއި މީރާގެ ފޭނުން ސޯޝަލް މީޑިއާގައި ދަނީ އެކި ނަންތައް ކިޔަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް