23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އަދާލަތު ޕާޓީ

އަދާލަތުން ހުށަހެޅި ޝަޚްސް އޮޅުވާލުމުގެ މައްސަލައިގައި ފުލުހުން އެއްޗެއް ނުބުނި

  • މައްސަލަ ހުށަހެޅީ އޮގަސްޓް 23 ވަނަ ދުވަހު
  • މައްސަލައާއެކު އެކަން ކުރި މީހުންގެ ވަނަވަރުވެސް ހުށަހެޅި
އަހުމަދު މުހުސިނު | dhonbandaara

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:17 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އަދާލަތުގެ ނަމުގައި ބަޔަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި މީހުން -- އާކައިވް

ޢަދާލަތު ޕާޓީގެ ނަމުގައި އެޕާޓީއަށް ނިސްބަތްނުވާ ބަޔަކު މީޑިޔާތަކަށް މައުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސެއް ބާއްވާފައި ވާތީ އެކަން އެއީ ޝަޚްސު އޮޅުވާލުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގް ކޮށްދިނުމަށް އެދި އަދާލަތު ޕާޓީން ހުށަހެޅި މައްސަލައިގައި ފުލުހުން އެއްޗެއް ނުބުންޏެވެ.

އަދާލަތު ޕާޓީން މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އެއްވެސް ބަހެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. 

މި މައްސަލައާ މެދު ފުލުހުން ބަހެއް ވިދާޅުވާން ބޭނުން ނުވާއިރު، ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ދިއްގަރަ ދާއިރާގެ މެމްބަރު އަހްމަދު ފާރިސްގެ މައްޗަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުކޮށް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

އަދާލަތު ޕާޓީގެ ނަމުގައި ބަޔަކު ބޭއްވި އެ ޕްރެސް ކޮންފަރެންސް ސަރުކާރަށް ތާއިދުކުރާ ޗެނަލްތަކުން ލައިވްކޮށްފައި ވާއިރު، ޝަހުސު އޮޅުވާލި މައްސަލަ ބަލައި ދިނުމަށް އެދި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އޮގަސްޓް މަހުގެ 13 ވީ ހޯމަ ދުވަހު އަދާލަތު ޕާޓީގެ ފަރާތުން ކަމަށް ބުނެ މީޑިޔާތަކަށް ގުޅައި، ޢަދާލަތު ޕާޓީއަށް ނިސްބަތްނުވާ ބަޔަކު، ޢަދާލަތު ޕާޓީގެ ނަމުގައި ނޫސްކޮންފަރެންސެއް އިންތިޒާމްކޮށް، ޢަދާލަތު ޕާޓީގެ މެމްބަރުންގެ ނަމުގައި މީޑިޔާތަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އަދާލަތު ޕާޓީގެ ޝަޚްސަށް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަން ނިގުޅައިގަނެ، ޤާނޫނުލް އުޤޫބާތުގެ 312 ވަނަ މާއްދާގެ (ހ)(1)(3) އަދި 312 ވަނަ މާއްދާގެ (ހ)(2)(1) އިން ބަޔާން ކުރާ ކުށަށް އަރައިގެންފައި ވާތީ، އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ހުށަހަޅާ ކަމަށެވެ.

އެ ނިއުސްކޮންފަރެންސްގައި ބައިވެރިވި ބައެއް ފަރާތްތަކުގެ މައުލޫމާތު ފޮޓޯ އަދި ވަނަވަރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުޤައްރިރު ރާއްޖެ އެމްވީއަށް ވިދާޅުވީ ޕްރެސް ދީފައިވާ ބައެއް ފަރާތްތަކަކީ އަދާލަތު ޕާޓީގެ މެމްބަރުން ކަމަށާއި ޝަޚްސު އޮޅުވާލީތީ ތަހުގީގް ކޮށްދިނުމަށް އެދިފައި ވަނީ އޭގެ ތެރޭގައި ހިމެނޭ ޕާޓީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ މީހުންގެ މައްޗަށް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހުސެބެ

2 ހަފްތާކުރިން

ތީ ފުލުހުންނެއް ނޫން . ތީ ޕީޕީއެމް ޕްރޮޕަގެނެޑާ ގޮތްޕެއް. ދެރަކަމަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ޕީޕީއެމް އަށް މަސައްކަތްކޮއްދޭތީ.

3
0
ޝާން

2 ހަފްތާކުރިން

ސަދޫމް ޖަސްޓިސް

1
0