19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ރާއްޖެޓީވީ ޖޫރިމަނާ ކުރުން

ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ މީރާއަށް ދެއްކުމަށް ބްރޯޑްކޮމް އިން އަންގައިފި

  • ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވޭ
  • ފައިސާ ދައްކަން ޖެހޭ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 09 އެއް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:01 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ރައީސް ޔާމީންގެ އެކައުންޓަށް ވަދެވަފައިވާ 1 މިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފަ: އަދީބު


ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް \"މިހާރު\" ނޫހުން އެހީވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ގައުމީ ސަލާމަތަށް ނުރައްކާވުމާއި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅު ގެއްލޭފަދަ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، ކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެެއްކުމަށް އެ ކޮމިޝަނުން އަންގައިފި އެވެ. 

ބްރޯޑްކޮމް އިން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ ބަލައިގަތުމުގެ އިންތިޒަމު ހަމަޖެހިފައިވާނީ މީރާގައި ކަމަށާއި އެ ފައިސާ ދެއްކުމަށްފަހު. ފައިސާ ދެއްކި ކަމުގެ ރަސީދުގެ ކޮޕީއެއް އެކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. 

އަބުރުގެ ގާނޫނުގެ ދަށުން ކުރެވޭ އެންމެ ބޮޑު ޖޫރިމަނާ ކުރީ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ރާއްޖެ ޓިވީގެ ސްޓޫޑިއޯގައި ހުންނަވައިގެން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. 

ރާއްޖެޓީވީ ޖޫރިމަނާ ކުރި ފައިސާ މީރާއަށް ދައްކަން ޖެހޭ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 09 ވަނަ ދުވަހެއެވެ.

ރާއްޖެޓީވީ ޖޫރިމަނާ ކުރުމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފުލުފުލުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ދެމެދުންދާ އަނިޔާތަކުން، އެ ކޮމިޝަނަކީ ރާއްޖެ ޑިމޮކްރަސީގެ މަގާ ދުރުކޮށް، ޚިޔާލު ފާޅު ކުރުމުގެ ހައްގު ހަނިކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާ، އަދި ރާއްޖޭގެ ވެރިކަމުގެ ތެރޭގައި ޚުދުމުޚުތާރު ސިފަތައް އަށަގެންނެވުމަށް ހިތްވަރުދޭ މުއައްސަސާއެއްކަން ހާމަވާކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގަލޮޅު މީހާ

2 ހަފްތާކުރިން

ﷲ އަށް ހަމްދު ކުރަން

0
0