13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ރަޝިޔާގެ ނަރވް އެޖެންޓް ހަމަލާ

ނަރވް އެޖެންޓް ހަމަލާ:ތުހުމަތުކުރެވޭ ރަޝިއާގެ ދެ މީހެއްގެ ނަން ހާމަކޮށްފި

  • ސްކްރިޕާލް އާއި ޔޫލިއާ މަހަކަށްވުރެ ގިނަ ދުވަހު ހޮސްޕިޓަލުގައި އޮތް
  • އިގރޭސިން ތުހުމަތުކުރަނީ ރަޝިއާގެ އަމަލެއްކަމަށް
އަބުދުﷲ މުހައްމަދު | 8Abbo

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 06:51 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ތުހުމަތު ކުރެވޭ އެލެގްޒެންޑަރ ޕެޓްރޯވް(ވ) އަދި ރުސްލަން ބޮރިސޮވް -- ބީބީސީ

ރަޝިއާގެ ކުރީގެ ޖާސޫސް ސަރްގޭ ސްކްރިޕާލްއާއި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާ މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ރަޝިއާގެ ދެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ

އެލެގްޒެންޑަރ ޕެޓްރޯވްއާއި ރުސްލަން ބޮރިސޮވް އާއި ދެމީހުން ބެލެވެނީ އެއީ ރަޝިއާގެ އަސްކަރިއްޔާގެ އިންޓެލިޖެންސް ސަރވިސްގައި މަސައްކަތްކުރާ ދެ މީހުންކަމަށް ބެލެވޭ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ހައުސް އޮފް ކޮމަންސްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ އިނގިރޭސިވިލާތުގެ އިންޓެލިޖެންސް އިދާރާތަކުން ދިން މައުލޫމާތަށްބަލައި  ހައްޔަރު ކުރެވިފައިވާ މީހުންނަކީ ރަޝިއާގެ އިންޓެލިޖެންސްގެ މުވައްޒަފުންކަން ނިންމިފައިވާކަމަށެވެ.

ވިހައިގެ ހަމަލާއަކީ މީހަކު ފަރުދީގޮތުން ކޮށްފައިވާ ކަމެއް ނޫންކަމަށާއި އެއީ ގާތްގަނޑަކަށް ރަޝިއާގެ އިސް ފަރާތްތަކުގެ މަދުގައި އެއްބަސްވެވިގެން ހިންގާފައިވާކަމެއްކަމަށް ވިދާޅުވިއެވެ.

ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ގެންގުޅެނީ އެ މީހުންނާއި ބެހޭ ސައްހަ ޑޮކިއުމަންޓް ނޫންކަމަށް ބެލެވޭއިރު އެ މީހުން ދަތުރު ކޮށްފައިވަނީ ރަޝިއަގެ ޕާސްޕޯޓުގައެވެ. އެ ދެ މީހުންގެ އުމުރެއްކަމަށް ބެލެވެނީ 40 އަހަރެވެ.

އުމުރުން 66 އަހަރުގެ ސްކްރިޕާލްއާއި އޭނާގެ އަންހެންދަރިފުޅު، އުމުރުން 33 އަހަރުގެ ޔޫލިއާއަށް ނޮވިޗޮކް ނަރވް އޭޖެންޓް ބޭނުކޮށްގެން ހަމަލާދީފައިވަނީ މާޗް މަހުއެވެ.

ސެލިސްބަރީގައި އެ ދެ މީހުން ބެންޗެއްގެ މަތީގައި ހޭނެތިފައި ތިއްބައި މާޗްމަހުގެ 4ވަނަ ދުވަހު ފެނުމާ އެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއިރު، އެމީހުންނަށް ހަމަލާދީފައި ވަނީ ނޮވިޗޮކް ކިޔާ ނަރވް އެޖެންޓެއް ބޭނުންކޮށްގެންކަންވަނީ އެނގިފައެވެ.

އެ ހަމަލާއަށްފަހު ސްކްރިޕާލްއާއި އޭނާގެ ދަރިފުޅަށް މަހަކަށްވުރެ ގިނަ ދުވަހު ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ.

ހާދިސާއަށްފަހު ރަޝިޔާއާއި އިނގިރޭސިވިލާތުގެ ގުޅުންވަނީ ގޯސްވެފައެވެ.

ސްކްރިޕާލްއާއި އޭނާގެ އަންހެން ދަރިފުޅަށް ހަމަލާދިނީ ރަޝިޔާއިންކަމަށް އިނގިރޭސިވިލާތުން ތުހުމަތުކުރިނަމަވެސް ރަޝިޔާއިން އެކަން ދޮގު ކުރެއެވެ. މިމައްސަލައިގައި ލަންޑަނުގައި ހުންނަ ރަޝިޔާގެ އެމްބަސީގެ ބައެއް މުވައްޒަފުން އިނގިރޭސިވިލާތުން ފައިބަން އެންގުމާއިއެކު، ބަދަލު ހިފުމުގެ ގޮތުން ރަޝިޔާއިން ވަނީ މޮސްކޯގައި ހުންނަ އިނގިރޭސި އެމްބަސީގެ މުވައްޒަފުންތަކެއް އެޤައުމުން ފައިބަން އަންގައި، ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ސެއިންޓް ޕީޓަރސްބަރގްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ބަންދުކޮށްފައެވެ. އެއާއިއެކު ހުޅަނގުގެ އެކި ޤައުމުތަކުން ރަޝިޔާއާއި ދެކޮޅަށް ޑިޕްލޮމެޓިކް ފިޔަވަޅު އަޅައި، އެޤައުމުތަކުގައި ތިބި ރަޝިޔާގެ އެމްބަސީގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް އެންގިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް