
| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 04:18 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ އަތްފުޅުގައި މިއަދު އޮތީ ބަޑިގުދަނުގެ ތަޅުދަނޑި އެކަނި ކަމަށާއި، އިތުރު އެއްވެސް އެއްޗެއް ނެތް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި، ރިޔާސީ އިންތިޚާބުގައި ވޯޓްލާ ދުވަހަށް އިޝާރަތްކުރައްވައި މެންބަރު މުހައްމަދު އަބުދުﷲ ވިދާޅުވީ މިއަދު ހަތިޔާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ރައްޔިތުން ވަރަށް ހިކުމަތްތެރިކަމާއެކު ދުވާލުގެ މެންދުރުގެ އަލިކަމުގެ ތެރެއިން ހަތިޔާރުގެ ބޭނުން ހިފާނެ ކަމަށެވެ. ވަޒަން ޖެހުމުގެ ދުވަސް ވަރަށް ކައިރިވެފައިވާ ކަމަށް މުހައްމާ ވިދާޅުވިއެވެ.
"އެހަތިޔާރުގެ ބޭނުން އަޅުގަނޑުމެން ކުރާނަން. އަޅުގަނޑުމެން އަތުގައި އޮތް ވަޒަނުގެ ބޭނުން އަމާޒަށް އެންމެ ފަހު ވަގުތު ޖަހާނަން [ސެޕްޓެމްބަރު] 23 ވަނަ ދުވަހު އައްޑަނަ ނަގައި ވޯޓު ކަރުދާސްކޮޅު ނަގައި ކެންޑިޑޭޓް ނަންބަރު 2 އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)ގެ ނަންއިން ދިމާލުގައި ކުރަހާލާނަން ހެޔޮ ފާހަގަ. އެއީ އަޅުގަނޑުމެން ރައްޔިތުންގެ އަތުގައި އޮތް ވަޒަން. މިއަދު ރައީސް ޔާމިން އަތުގައި އެއްވެސް އެއްޗެއް ނެތް. އާމަރީގެ ތަޅުދަނޑި ފިޔަވައި" މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ އިތުރު ދައުރަކަށް ރައީސް ޔާމިން ނުކުމެ ވަޑައިގެން ހުންނެވިއިރު ރައްޔިތުންގެ ލޯބި ހޯދުމަށް އެމަނިކުފާނު ދައްކާނެ ވާހަކައެއް ވެސް ނެތް ކަމަށެވެ. އަދި އަނިޔާވެރިކަމާއި، ވައްކަން އިންތިހާއަށް ގޮސްފައިވާއިރު ރައްޔިތުންނާއި މުހާތަބުކޮށް އެމަނިކުފާނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށް މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގެ ފިތުނަ ވެރިކަމުގެ ތެރޭގައި ރައްޔިތުންނަށް ލިބެމުންދާ ވޭނާއި އަނިޔާގެ ހިތިރަހަ ކޮންމެސް ދުވަހަކުން އެމަނިކުފާނުގެ އަރުގައި ލާނެ ކަމަށެވެ. އަދި ވިދާޅުވީ އަނިޔާވެރިކަމަށް ނިމުން އަންނަ އުސޫލުން ވައްކަމަށް ވެސް ނިމުން އައިސް މިގައުމު އަމާންވާނެ ދުވަސް އޮތީ ވަރަށް ކައިރީގައި އޭނާ ވިދާޅުވ އެވެ.
މިއަނިޔާވެރިކަމަށް ރައްޔިތުން ލައްކަ ދުވަހު ކެތްކޮށްފިކަން ފާހަގަ ކުރައްވައި މުހައްމާ ވިދާޅުވީ، ބިރުވެރިކަމާއި ކަޅު އަނދިރިކަމުގެ ތެރޭގައި، ފަސް އަހަރު ދުވަހު ރައްޔިތުން އަޅުވެތިކޮށްގެން ގެންގުޅިފައިވާ ކަމަށެވެ.
ރައްޔިތުންގެ މިބަނޑުހައިހޫނު ކަމުން ސަލާމަތްވުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދީގެން ރައީސް ޔާމިން ބަލިކުރަންޖެހޭ ކަމަށް މުހައްމާ ވިދާޅުވި އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް