14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
ފަތިސް 04:45
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:16

ރިޔާސީ އިންތިހާބު 2018

ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބުމަށް ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް އަންގައިފި

  • ޔުނިވާސިޓީގެ މުވައްޒަފުން ވާންވާނީ އުނގަންނައިދިނުމާއި، ހިދުމަތް ދިނުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބޭ ބަޔަކަށް
  • ޔުނިވާސިޓީ ވަޒީފާގައި ދެމިހުރިހާ ހިނދަކު ސިޔާސީ ވަކި ފިކުރަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވަނީ އަންގާފައި
އަމްނާ އިމާދު | @amnabinthimad

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 03:22 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  6. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  7. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  8. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން


ގައުމީ ޔުނިވާސިޓީގެ އިސްބޭފުޅުން -- އާކައިވް

ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް އެޔުނިވާސިޓީން އަންގައިފިއެވެ.

ގައުމީ ޔުނިވާސިޓީން މުވައްޒަފުންނަށް ނެރުނު މެމޯއެއްގައި ބުނެފައިވަނީ ޔުނިވާސިޓީގެ މުވައްޒަފުން ވާންވާނީ އުނގަންނައިދިނުގައާއި, ދިރާސާ ކުރުމުގައާއި, އިލްމުފޯރުކޮށްދިނުމުގައާއި, ހިދުމަތް ދިނުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެންޖެހޭނެ ބަޔަކަށެވެ. ޔުނިވާސިޓީގެ މުވައްޒަފަކަށް ސިޔާސީ ޕާޓީއެއްގެ މަގާމެއް އަދާ ނުކުރެވޭނެ ކަމަށް މިމެމޯގައި ވަނީ ބުނެފައެވެ.

ޔުނިވާސިޓީން ފުލްޓައިމް ވަޒީފާގައި ދެމިހުރިހާ ހިނދަކު ސިޔާސީ ވަކި ފިކުރަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް މަސައްކަތް ކޮށްގެން ނުވާނެކަން ފާހަގަކޮށް އެމެމޯގައި ބުނެފައިވަނީ އާންމު ފޯރަމްތަކާއި ބައްދަލުވުންތަކުގައި ވެސް މިފަދަ ގޮތަކަށް ޝުއޫރު ފާޅުކޮށްގެން ވެސް ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޔުނިވާސިޓީން ބުނީ ސިޔާސީ ވަކި ފިކުރަކާއި އެއްކޮޅަށް ނުވަތަ ދެކޮޅަށް ވެސް މަސައްކަތްކުރުން ކަމުގައި ބެލެވޭނެފަދަ ކަންތައްތަކަކީ ސިޔާސީ ޕާޓީއެއްގެ ޖަލްސާތަކާއި ސިޔާސީ ބޭފުޅުން ބައިވެރިވާ ފޯރަމްތަކުގައި ވާހަކަދެއްކުމާއި، ސިޔާސީ ފަރާތްތަކުން ހިންގާ އެކިއެކި ހަރަކާތްތަކުގައި (މުޒާހަރާތަކުގައި ބައިވެރިވުންފަދަ) އިސް ސަފުގައި ހަރަކާތްތެރިވުން ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ވަކި ފިކުރަކާއި އެއްކޮޅަށް ނުވަތަ ދެކޮޅަށް ހިޔާލާއި ޝުއޫރުފާޅުކުރުން ފަދަ ކަންތައްތައް ސިޔާސީ ކަމެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

އެހެންކަމުން މިކަންތައްތަކަކީ މިސިޔާސަތުގެ ތެރެއިން ނުކުރެވޭނެ ކަންތައްތައް ކަމަށް ޔުނިވާސިޓީގެ މުވައްޒަފުންނަށް ވަނީ އާންގާފައެވެ.

ޔުނިވާސިޓީން ބުނީ މިދުވަސްވަރަކީ ގައުމުގައި ސިޔާސީ ހަރަކާތްތައް އިތުރުވެފައިވާ ދުވަސްވަރަކަށްވުމުން މުވައްޒަފުންގެ ސަމާލުކަމަށް މިކަން ގެނެސް ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބުމަށް މުވައްޒަފުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީން ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބުމަށް މުވައްޒަފުންނަށް ހަނދުމަކޮށްދީފައިވާއިރު އެންމެފަހުން އެޔުނިވާސިޓީގެ ގްރެޖްއޭޝަން ބްރިޖްމަތީގައި ބޭއްވުމުން ޔުނިވާސިޓީ ވެސް ސިޔާސީ ކޮށްފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެގެން ދިޔައެވެ. އަދި ޔުނިވާސިޓީން ގްރެޖްއޭޝަން ބުރިޖްގައި ބޭއްވީ ރައީސް ޔާމިން ޕްރޮމޯޓްކޮށް ސިޔާސީ ވަކި އެޖެންޑާރ ފެތުރުމަށް ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޢާޚާ

3 މަސް ކުރިން

ގުރެޖުއޭށަން ބުރިޖުގަ އޮތީ ކީޢްވެ

0
0