14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޔާސީ އިންތިޚާބު 2018

ސަރުކާރުން ކުރާ ވައްކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ހަގީގީ ތަރައްގީ ދަނީ ގެއްލިގެން: އަހުމަދު އަބްދުﷲ

  • ރައްޔިތުން ގިނަ އޮޅުވާލުން ތަކެއް އޮޅުވާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން
  • މިސަރުކާރުން ރައްޔިތުންނަށް ލިބިދީފައިވާ އަމިއްލަ ހައްގުތަކުން ވެސް ވައްކަން ކުރުމަށް ދަނީ މަސައްކަތް ކުރަމުން
އަމްނާ އިމާދު | @amnabinthimad

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 03:00 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


އެމްޑީޕީގެ ޗެއަރޕަރސަންގެ ނާއިބު އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މިސަރުކާރުން ތަރައްގީގެ ނަމުގައި ކުރާ ވައްކަމުން މިއަދު ރައްޔިތުންނަށް ލިބެންޖެހޭ ހަގީގީ ތަރައްގީ ދަނީ ގެއްލިގެން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ ނާއިބު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށީގައި ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު ރައްޔިތުން ގިނަ އޮޅުވާލުން ތަކެއް އޮޅުވާލުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ތަރައްގީގެ ނަމުގައި ވެސް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ.

އަހުމަދު ވިދާޅުވީ ރާއްޖޭގެ ހަޒާނާއިން ގެއްލިގެން ދިޔަ ފައިސާގެ ވާހަކައިން ނިންމާލެވެން ނެތް ކަމަށާއި، މިސަރުކާރުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަމިއްލަ ހައްގުތަކުން ވެސް ވައްކަން ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ތަރައްގީއަކީ ވައްކަމަށް ކިޔާ އުޅޭ އެއްޗެއް ނޫންކަން ފާހަގަކުރައްވައި އަހުމަދު ވިދާޅުވީ ތަރައްގީއޭ ކިޔަނީ ރައްޔިތުންގެ ފައިސާއާއި، ރައްޔިތުންގެ ހަޒާނާއަށް ވަންނަ ފައިސާ ހެޔޮ ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ހިންގާ، ގައުމަށް ގެންނަ ކުރިމަގަށް ކަމަށެވެ. ނަމަވެސް މިރާއްޖޭން ފެންނަނީ ތަރައްގީގެ ނަން ބޭނުން ކޮށްގެން ދިވެހި ދައުލަތުގެ ހަޒާނާއިން އެކިގޮތްގޮތަށް ވައްކަން ކުރެވި ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގޭ މަޝްރޫއުތައް ކަމަށެވެ. މިފަދަ މަޝްރޫއުތަކުން ރައްޔިތުންނަށް ކުރަނީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ކަމަށް އަހުމަދު ވިދާޅުވިއެވެ.

"މިއަދު މުޅި ދުނިޔޭގެ އެކިކަންކޮޅުތަކަށް ބަލާލި ކަމުގައި ވިޔަސް ފެންނަން އޮތް ހަގީގަތަކީ އެއްކިލޯ މީޓަރުގެ ބުރިޖަކަށް 300 މިލިއަން ޑޮލަރު ނުދާނެކަން. 27 ކިލޯ މީޓަރުގެ ބްރިޖެއް އަޅާއިރުގަ ވެސް އަޅުގަނޑުމެންނަށް މިއަދު އެބަ އެނގޭ އެވަރުގެ އަދަދެއް ނުދާކަން. އެހެންވީމަ ދަންނަވަން މިއުޅޭ އެއްޗަކީ އެންމެ ބްރިޖެއް އަޅަން އަޅުގަނޑުމެން 4 ބުރިޖް އަޅާނެ ފައިސާ ހަރަދު ކޮށްފައި އެއީ ތަރައްގީއެއް ނޫން. އެއީ ވައްކަން. އެއީ ސިދާ ތިބޭފުޅުންގެ ހަޒާނާއިން ކުރާ ވައްކަން" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމުންނާއި، ރައްޔިތުންނަށް އިންސާފު ހޯދުމަށް މިމަހުގެ 23 ވަނަ ދުވަހު ނުކުމެ ވޯޓުލައިގެން ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވެރިކަން ހޯދަދޭން ޖެހޭ ކަމަށެވެ. އަދި މިގައުމު ސަލާމަތުގެ ބަނދަރަކަށް ގެންދިއުމަށް މިލިބޭ ފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށް އަހުމަދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް