21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރިޔާސީ އިންތިޚާބު 2018

ރާއްޖޭގައި ދައްކާނެ ސިޔާސީ ވާހަކައެއް މިވަގުތު ނެތް:އަހްމަދު ސަލީމް

  • ރައްޔިތުން ދައްކަނީ އަސާސީ ހައްގުތަކާއި ލިބެންޖެހޭ މިނިވަން ކަމުގެ ވާހަކަ
  • ރާއްޖޭގެ އެއްވެސް ކަމެއްގައި ސިޔާސަތެއް ނެތް
އަމްނާ އިމާދު | @amnabinthimad

| 6 ސެޕްޓެންބަރ 2018 | ބުރާސްފަތި 00:34 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަސިޔާސީ ޕޯޑިއަމްތަކުގައި ދައްކަނީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުގެ ވާހަކަ ކަމަށާއި، ރާއްޖޭގައި ދައްކާނެ ސިޔާސީ ވާހަކައެއް މިވަގުތު ނެތް ކަމަށް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި ކޯލިޝަނުން ބޭއްވި ޖަލްސާގައި އަހުމަދު ސަލީމް ވިދާޅުވީ ރައްޔިތުން ދައްކަނީ އަސާސީ ހައްގުތަކާއި ލިބެންޖެހޭ މިނިވަން ކަމުގެ ވާހަކަ ކަމަށެވެ. ލިބެންޖެހޭ ހައްގުތަކުގެ ވާހަކަ ދެއްކުމަށްފަހު ސިޔާސީ ވާހަކަ ދައްކާ ހިސާބަށް ނުވެސްދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވީ އިސްލާމްދީނާއި ގާނޫނު އަސާސީއާ ތައާރުޒު ނުވާނެ ގޮތެއްގެ މަތިން ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި، ބަސް ބުނުމުގެ ހައްގު ލިބެންޖެހޭ ކަމަށެވެ. ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިފައިވާ މިފަދަ ހައްގުތައް އެއްވެސް ފަރާތަކަށް ނުހިފެހެއްޓޭނެ ކަމަށް އޭނަ ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ އެއްޗެއް ފެތުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ވާހަކަ. އަޅުގަނޑު ވެސް ގަބޫލުކުރަން އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ތައާރުޒު ނުވާނެ ގޮތެއްގެ މަތިން. އެކަންކަން ހާސިލްވެގެން ނޫންތޯ އަދި ސިޔާސީ ޕޯޑިއަމްތަކުގައި ކަންކަމުގެ ވާހަކަ ދައްކަން އަޅުގަނޑުމެން ތެދުވަން ޖެހޭނީ. އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަން އެބައޮތް އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވާ އަސާސީ މިނިވަންކަން އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ލިބިގެންދާނެ ކަމަށް. އަޅުގަނޑު ކުޑަ ވެސް ޝައްކެތް ނުކުރަން އެކަމަކަށް،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިހާރު ރާއްޖޭގައި އެއްވެސް ސިޔާސަތެއް ނެތް ކަމަށާއި، މިއީ ވެސް ސިޔާސީ ވާހަކަ ދެއްކުމަށް ފުރުސަތު ނުލިބޭ އެއް ސަބަބު ކަމަށެވެ.

ސިއްހީ ދާއިރާއާއި، ވަޒީފާއާ ބެހޭ ގޮތުންނާއި، މަސްވެރިކަމާއި، އަދި ދަނޑުވެރިކަމާއި ބެހޭ ސިޔާސަތެއް ވެސް ނެތް ކަމަށް ކުރިން އެންވަޔަރަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ސަލީމް ވިދާޅުވި އެވެ. 

ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައިސަލީމް ވިދާޅުވީ މިހުރިހާ ކަމެއް ހަމަމަގަށް އަޅުވާ ގައުމެއްގެ ސިފަ ދިވެހިރާއްޖެއަށް ގެންނައުމަށް އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި، މިހުރިހާ ކަމަކަށް ހައްލު ހޯދައިދޭނެ ބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވޯޓުދޭން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވީ ގައުމަށް މިހާރު ކުރިމަތިވެފައިވާ މިހާލަތުން އަރައިގަތުމަށް ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވޯޓުދޭން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް