21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސި އިންތިޚާބު 2018

ޝިޔާމްވެސް ޔާމީން ދޫކޮށްލައްވައިފި: ހަސަން ލަތީފް

  • އަރިސް ހުރިހާ ބޭފުޅުން ރައީސް ޔާމީން ދޫކޮށްލަމުންގެންދާކަމަށް ވިދާޅުވި
ހައްވާ މުހައްމަދު | @hawwimd

| 5 ސެޕްޓެންބަރ 2018 | ބުދަ 23:54 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!


ހޯރަފުށީ ޖަލްސާގައި ހަސަން ލަތީފް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

އެމްޑީއޭގެ ލީޑަރ އަހްމަދު ޝިޔާމް މުހައްމަދު، ރައީސް ޔާމީން ދޫކޮށްލައްވައިފި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާރޓީތަކުން ހއ ހޯރަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މިއަދު ފެންނަނީ އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންވެސް އެ މަނިކުފާނު ދޫކޮށްލައްވާފައިދާ މަންޒަރު ކަމަށާއި، މިއަދު އެމްޑީއޭގެ ލިޑާރ ޝިޔާމްވެސް އެ މަނިކުފާނު ދޫކޮށްލައިފި ކަމަށެވެ. އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅުން މިއަދު އެ މަނިކުފާނު އެކަހެރިކޮށްލައްވާފައި ގުޅިފައިވާ ޕާޓީތަކާއި ގުޅިވަޑައިގަންނަވަނީ ރައީސް ޔާމީންގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އެޅުވިފައި އޮތުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކަކީ އަޅާނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑެތި މައްސަލަތަކެއް ކަމަށެވެ. އެގޮތުން އދ އިން ފިޔަވަޅު އަޅާފައި ހުރި ކުންފުނިތަކާއި އެކު ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން އެމްއެމްޕީއާރްސީގެ މައްސަލަ ފަދަ މައްސަލަތަކަކީ އަޅާނުލާ ދޫކޮށްލެއްވޭ ވަރަށްވުރެ ބޮޑެތި މައްސަލަތަށް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ގުޅިފައިވާ ޕާރޓީތަކުގެ ކެންޑިޑޭޓްގެ އަބުރު ކަތިލުމަށް ދައުލަތުގެ މީޑީޔާ ބޭނުންކޮށްގެން ދޮގު ޚަބަރު ފަތުރަމުންދާ ކަމަށް ވިދާޅުވެ ހަސަން ލަތީފްވަނީ ދައުލަތުގެ މީޑިޔާއަށް މި ޖަލްސާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ހަސަން ލަތީފް ވިދާޅުވީ އެމެރިކާ ސަރުކާރުގެ މަދަދު ހޯދައިގެން އިންތިޚާބު ކާމިޔާބު ކުރަން ގުޅިފައިވާ ޕާރޓީތަކުގެ ކެންޑިޑޭޓް މަސައްކަތް ކުރައްވާ ކަމަށް ބުނެ ޕީއެސްއެމްއިން ދޮގު ޚަބަރުފަތުރަމުން އަންނަ ކަމަށެވެ. އެމެރިކާ ސަރުކާރުން މި ޚަބަރުތަށް ދޮގުކޮށްފައިވާއިރުވެސް ދައުލަތުގެ މީޑިޔާއިން އެ ޚަބަރުތަށް ފަތުރަމުންދާ ދިއުމަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ އަބުރު ކަތިލުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް