19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިހާބު 2018

ފުލުހުންގެ އިދާރާ ރިފޯމްކުރުމުގެ ވައުދާއުކު އިބޫގެ ޤައުމީ ސަލާމަތުގެ އޮނިގަނޑު އާންމުކުރައްވައިފި

  • ޤައުމީ ސަލާމަތީ ހިދުމަތްތަށް ސިޔާސީ ނުކުރާނެކަމަށް ވައުދުވެވަޑައިގެންނެވި
  • ކޮމިޝަނަރަ އޮފް ޕޮލިސް އައްޔަނުކުރުމަކީ ސިޔާސީކަމެއްގެެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމަށް ވައުދުވެވަޑައިގެންނެވި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 5 ސެޕްޓެންބަރ 2018 | ބުދަ 23:24 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ހޯރަފުށީ ޖަލްސާގައި އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ފުލުހުންގެ އިދާރާ ރިފޯމްކުރުމުގެ ވައުދާއުކު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ޤައުމީ ސަލާމަތުގެ އޮނިގަނޑު އާންމުކުރައްވައިފި އެވެ. 

އެ އޮނިގަނޑު އާންމުކުރައްވާފައިވަނީ ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި، އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

ޤައުމީ ސަލާމަތުގެ އޮނިގަނޑުގައިވާ މުހިންމު ކަންތައްތައް ހާމަކުރައްވާ ވަހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ފުލުހުންގެ ހިދުމަތްވެސް ސިޔާސީ ނުކުރާނެ ކަމަށާއި، ހުރިހާ ރައްޔިތުންނަށްވެސް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ޕޮލިސް ރިފޯމް ޕްރޮގްރާމެއް ކުރިއަށްގެންދަވާނެ ކަމަށާއި، އެކަން ކުރައްވަނީ ހުރިހާ ފަރާތްތަކެއްގެ ލަފާގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެއިތުރުން ކޮމިޝަނަރަ އޮފް ޕޮލިސް އައްޔަނުކުރުމަކީ ސިޔާސީކަމެއްގެެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

ފުލުހުންގެ އިދާރާގައި ހުރި އިސްލާހްކުރަންޖެހޭ އިތުރު ކަންތައްތައް ފާހަގަކޮށް، ސިޔާސަތުގައިވާ ކަންކަން ހާމަކުރައްވަމުން އިބޫ ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓަކީ ސިޔާސީ ފަރާތްތައް ހައްޔަރުކޮށް، އެ މީހުންނަށް ބިރުދެއްކުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރައްވާނެ ކަމަށެވެ.

"ބޮޑެތި ޖިނާއީ ކުށްތައް އަވަސްކޮށް ޕރޮފެޝަނަލްކޮށް ތަހްގީގްތައް ހިންގޭނެ މާހައުލެއް އުފައްދަދޭނަން، އަދި މިހާރު ބޭނުން ކުރާ ގޮތަށް ގާނޫނީ ބުރަދަނެއްނެތް އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް ހެއްކާ ގަރީނާނެތި ޝަރީއަތްތަކުގައި ގޮތް ނިންމުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓް ނުވާ ގޮތަށް އިންޓެލިގެންސްގެ ގާނޫނީ އޮނިގަނޑު އެކުލަވާލެވޭނެ،"

ބިރުދެއްކުމާއި ފުރައްސާރަކުރުމުގެ ކަންކަން އިތުރުވެފައިވާކަން ފާހަގަކޮށް އިބޫ ވިދާޅުވީ ސައިބަރ ކްރައިމް ޤާނޫނެއް އެކުލަވާލާ، ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ކޮންމެ ޤައުމެއްގެވެސް ޤައުމީ ސަލާމަތުގެ އޮނިގަނޑު ބައްޓަންވެފައި އޮންނަންޖެހޭނީ އެ ޤައުމެއްގެ މުސްތަގުބަލާއިގުޅިފައިކަން ފާހަގަކޮށް، އިބޫ ވިދާޅުވީ ޤައުމީ ސަލާމަތަށް ނުރައްކާވުމަކީ ސިޔާސީ މީހުންނަށް ފިޔަވަޅު އެޅުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި ޤައުމީ ސަލާމަތާއި ގުޅުން ހުރި ތަންތަން އެއްވެސް ސިޔާސީ މަންފާއެއް ހޯދުމަށް ބޭނުން ނުކުރާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ގައުމުގައި ކުރިއަށްދާ ބޮޑެތި އިންވެސްޓްމެންޓްތަކާއި އިގްތިސޯދީ މަސައްކަތް ކުރާ ތަންތަނުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެވިގެންދާނެ ކަމަށެވެ. އެގޮތުން ގައުމުގެ އެންމެ މުހިންމު އިންފްރާސްޓްރަކްޗާތަކާއި ޕަބްލިކް އަދި ޕްރައިވެޓް އިންވެސްޓްމެންޓްތައް ރައްކާތެރި ކުރެވޭނެ ގާބިލްކަން ސަލާމަތީ ހިދުމަތްތަކަށް ހޯދައިދެވޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ކޯސްޓް ގާރޑާއި، މެރިން ޕޮލިސްގެ ފްލީޓް އިތުރަށް ފުޅާކުރެވޭނެ ކަމަށްް އިިބޫ ވިދާޅުވި އެވެ. އަދި އެކަމަށްވެސް ހާއްސަ ތަމްރީންތަކެއް ދޭނެކަމަށް އިބޫ ވިދާޅުވި އެވެ.

ހިޔުމަން ޓްރެފިިކިންގެ ލައްގަނޑު ޖެހިފައިވުމަކީ ބޮޑު މައްސަލައެއްކަމަށާއި، އެކަން ހަރުދަނާކުރުމަށް އިމިގްރޭޝަން ޕޮލިސީތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެގޮޮތުން އިމިގްރޭޝަން އެންފޯސްމެންޓް ހަރުދަނާ ކުރުމުގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަމުގައި ހުރި ބާގަނޑުތައް ބެއްދޭނެކަމަށް އިބޫ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޟާާޛޭ

6 މަސް ކުރިން

ވަރަށް ރަގަޅު

0
0