20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ހޯރަފުއްޓަށް ގިނަ ވައުދުތަކަކާއެކު، އިހަވަންދިއްޕޮޅުގެ ތަރައްޤީގެ ތަސައްވަރު އިބޫ ހާމަކުރައްވައިފި

  • ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް އެއާޕޯޓްގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ވިދާޅުވި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 5 ސެޕްޓެންބަރ 2018 | ބުދަ 23:10 | |

މަގުބޫލް

  1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ހޯރަފުށީގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ހޯރަޕުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ވައުދާއެކު، އިހަވަންދިއްޕޮޅުގެ ތަސައްވަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހާމަކުރައްވައިފި އެވެ. 

ގުޅިފައިވާ ޕާޓީތަކުން ހޯރަފުށީގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެއާޕޯޓެއް އެޅުމަށް މި ސަރުކާރުން ވައުދުވެ، ބައެއް މަސައްކަތްތަށް ކުރުމަށްފަހު، އަނެއްކާވެސް ހުއްޓިފައިވާ ކަމަށެވެ. ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަވާނެކަން ފާހަގަކޮށް އިބޫ ވިދާޅުވީ ހޯރަފުށްޓާއި އެންމެ ގާތުގައި އެ އެއާޕޯޓް ތަރައްޤީކުރައްވާނެ ކަމަށެވެ. 

ހޯރަފުށީ ސިއްހީ ހިދުމަތާއި، މަގުތައް ރަނގަޅު ފެންވަރުގައި ހައްދަވައިދެއްވާނެ ކަމަށާއި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައްވެސް ރައްޔިތުން އެދޭ ގޮތަށް ޤާއިމްކޮށްދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ. 

ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޑޮކްޓަރުން ގެންނަވަނެ ހޯރަފުއްޓަށް ފޮނުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. 

އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމަށް ބޮޑު ޕްލޭނެއް އޮތްކަން ފާހަގަކޮށް އިބޫ ވިދާޅުވީ އިހަވަންދިއްޕޮޅު ތަރައްޤީ ކުރެވޭނީ އިންޓަރގްރޭޓެޑް ޕްލޭނެއްގެ ދަށުން ކަމަށެވެ. އެތަނުގައި ޓޫރިޒަމާއި ޓްރާޝިޕްމެންޓް ބަނދަރުފަދަ ތަންތަން ތަރައްޤީކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރައްވާނީ އެންމެ ފައިދާ ހުރި ގޮތް ބެލުމަށްފަހު އެގޮތަށް ކަމަށެވެ. 

"ޓޫރިޒަމް އަންނާނެ އެތަނަށް. އޭގެއިތުރުން މި ދެންނެވިފަދައިން ޓެކްނޮލަޖީއާއި ޓްރޝިޕްމެންޓް ބަނދަރު ފަދަ ތަންތަން އެއީ އެންމެ ފައިދާހުރިގޮތްތޯ ބަލައި އެކަންކަން އަޅުގަނޑުމެން އެތަނުގައި، އިހަވަންދިއްޕޅުގައި ތަރައްޤީކުރެވިގެންދާނެ. މިކަން އަޅުގަނޑުމެން ކުރާނީ، މިކަމާއި އަޅުގަނޑުމެންނާއި ބައިވެރިވާ ބޭރުގެ ފަރާތްތަކާއި ގުޅިގެން،" އިބޫ ވިދާޅުވި އެވެ. 

ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް އިންހަވަންދިއްޕޮޅު ތަރައްޤީކުރުމާއި ގުޅޭގޮތުން ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ނިމޭއިރުވެސް، އެ ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް