24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ރިޔާސީ އިންތިޚާބު 2018

ސަރުކާރުން ވަކިވެވަޑައިގަތީ ޒުވާނުންނަށް އޮޅުވާލައި ގާނޫނީ އިމުން ބޭރުވުމުން: ފަޒާދު

  • ސަރުކާރު ގާނޫނީ އިމުން ބޭރުވުމުން އެތަން ބަލަން ހުންނަށް ކެތް ނުވީ ކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 5 ސެޕްޓެންބަރ 2018 | ބުދަ 23:07 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓައިފި


ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު -- ފޮޓޯ: ރާއްޖެ އެމްވީ

ސަރުކާރުން ވަކިވެވަޑައިގަތީ ޒުވާނުންނަށް އޮޅުވާލައި ގާނޫނީ އިމުން ބޭރުވުމުން އެކަމަށް ކެތް ނުކުރެވިގެންކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒާދު ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކާއި ނުގުޅުނުކަމުގައި ވިޔަސް އިސްލާހީ މަސައްކަތް ކުރައްވާތާ ލައްކަ ދުވަސްވެއްޖެކަމަށެވެ.

"ވަރަށް ގިނަ ފަރާތްތަކުންކުރޭ ކޯލިޝަނާއި ގުޅުނީ ކީއްވެތޯ މި ސުވާލު. އެ ސުވާލުގެ ޖަވާބު މިއަދު އަޅުގަނޑުދެން. އެއީ މީއަަޅުގަނޑުމެންގެ ޕާޓީއަށް ވުރެ ގައުމު ބޮޑު ވީމައި. މި ބޭއިންސާފާއި އަނިޔާއާއި ބޮޑުވެ، ގާނޫނީ އިމުން ސަރުކާރު ބޭރުވީތީ" ފަޒާދު ވިދާޅުިވއެެވެ.

 މިގައުމުގައި ތިބި ޒުވާނުންވެސް ގުޅިފައިވާ ޕާޓީތަކަށް ތައީދުކުރުމަށް ގޮވާލައްވަމުން ފަޒާދު ވިދާޅުވީ، ޒުވާނުންނަށް މިއަށް ވުރެ ބޮޑަށް އޮޅުވާލި ސަރުކާރެއް ނޯންނާނެކަމަށާއި، ޒުވާނުންނަށް ވީ އެއްވެސް ވައުދެއް މި ސަރުކާރުން ފުއްދައިދީފައި ނުވާކަމަށެވެ.

"ޒުވާނުންނަށް ސްޕޯޓްސް އެރީނާ އަޅައިދޭން ބުނެ އޮޅުވާލައި އަޅައިދިނީ ހަމަ އެކަނި ފްޓްސަލް ދަނޑެއް، ސްޕޯޓްސް އެރީނާއަކީ، އެތަނުގައި ޖިމްއަކާއިއެކު އެތަށް ކުޅިވަރިތައް ކުޅޭވޭނެ މަލްޓި-ޕާޕަސް ތަނެއް. އެއްވެސް ރަށެއްގައި ނެތް އެ ވިދާޅުވާ ސްޕޯޓްސް އެރީނާއެއް އެޅިފައެއް. ޒުވަނުންގެ ގެޓްސެޓް ވެސް ދިޔާއީ ތާކުން ތާކު ނުޖެހޭ ގޮތަށް" އޭނާ ވިދާޅުވިއެވެ.

ފަޒާދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަށް ދާއީދުކޮށްގެން އެތަށް ބައެއްގެ ވަޒީފާތައް ގެއްލިގެން ދާކަމަށާއި އެހެންނަމަވެސް ބިރުދައްކައިގެން ރައީސް ޔާމީން ވޯޓް ހޯދަވަން ނޫޅެއްވުމަށް އޭނާ ގޮވާލެއްވިއެވެ."

"ރައީސް ޔާމީނަށް ދަންނަވަން، މަޖުބޫރުން ރައްޔިތުންލައްވާ މަސައްކަތް ނުކުރެވޭނޭ. ވަޒީފާއާއި ބެހޭ ގާނޫނާއި ޚިލާފަށް މުއައްޒަފުން ސަސްޕެންޑް ކުރަމުންދަނީ މަސްދުވަހަށް ސަސްޕެންޑެއް ނުކުރެވޭނެ. އެންމެ ގިނަވެގެންވެސް ކުރެވޭނީ 14 ދުވަހަށް" ފަޒާދު ވިދާޅުވިއެވެ.

ފަޒާދު ވަނީ ޒުވާނުން ކުރިއަށް ނުކުތުމަށް ގޮވާލައްވާފައެވެ. ގެޓްސެޓަށް ކުރާ އާދޭސް ނިމުމަކަށް ގެނެސް އެސްއެމްއީ ލޯނު ކަށަވަރުކުރުމަށް އިބޫއަށް ވޯޓް ދެއްވުމަށް ފަޒާދު ޒުވާނުންނަށް ގޮވާލެއްވިއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް