19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިހާބު 2018

މި ރާއްޖޭގައި ވައްކަން އާންމެއް ނުކުރެވޭނެ، ވައްކަމާއި ދެކޮޅަށް ނިކުންނަވާ: ރައީސް ނަޝީދު

  • ރައީސް ޔާމީން ހުންނެވީ ބާކީވެ ބަލިވެފައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 5 ސެޕްޓެންބަރ 2018 | ބުދަ 22:55 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ކޮޅުނބުގައި ރައީސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ދިވެހި ރައްޔިތުންނަށް ބްރިޖް އޯކޭ ކަމަށާއި، ނަމަވެސް އޯކޭ ނުވަނީ މިއަދުގެ ސަރުކާރުން ހިންގާ ވައްކަންތައް ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީނަށް ރައީސް މުހައްމަދު ނަޝީދުގެ ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ. 

ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހު ބާއްވާ ޖަލްސާއަށް ހުރިހާ ރައްޔިތުންވެސް ވަޑައިގެންނެވުމަށް ގޮވާލާ ރައީސް ނަޝީދު، ސައުންޑް ކްލައުޑް މެދުވެރިކޮށް އާންމުކުރެއްވި މެސެޖުގައި ވިދަޅުވީ، ރައީސް ޔާމީން ހުންނެވީ ބާކީވެ, ބަލިވެފައި ކަމަށެވެ. ދައްކަވާ ވާހަކަފުޅު ދެއުޅިޔެއް ނުވާ ކަމަށާއި، ކުރައްވާ ކަންކަން ދެކޮޅު ނުޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ޔާމީންގެ ނަޒަރުގައި ތަރައްޤީއަކީ ބިޔަ ބޮޑު އިމާރާތެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ނަޒަރުގައި ތަރައްޤީ ކުރަނީ ކޮންކްރީޓުން ކަމަށާއި، މިނަނީ ދަނގަޑާއި ބިއްލޫރިން ކަމަށެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބްރިޖް އޯކޭ ކަމަށާއި، ނަމަވެސް އޯކޭ ނުވަނީ ސަރުކާރުން ކުރާ ވައްކަންތައް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އޯކޭ ނުވަނީ އދ.ގެ ޤަރާރުތަކާއި ހިލާފަށް، ވަގަށް ތެޔޮ އެތެރެކުރުމުގައި މިހާރު ކުރައްވާ ވައްކަން. ރާއްޖޭގެ ރައްޔިތުންނަށް އޯކޭ ނުވަނީ ނާޖާއިޒް ކަޅު ފައިސާ ރާއްޖޭގެ މާލީ އިދަރާތަކުން ދައުރުކުރުވައިގެން ތިޔަ ހިންގަވާ ޖަރީމާ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމީ އުފެއްދުންތެރިކަން އަހަރުން އަހަރަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްއޭގެ ހިިސާބުތައް އެކަމަށް ހެކިދޭ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ހެދި އެއްވެސް ކޮންޓްރެކްޓަކުން ލިބުނު އެންމެ ފްލެޓެއްވެސް ނެތްކަމަށާއި، މުޅިންވެސް ދޫކޮށްފައިވަނީ އެމްޑީޕީ ސަރުކަރުން އިމާރަތްކުރި ފްލެޓްތައް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ރައީސް ޔާމީންގެ ބޯހިޔާވެހިކަމުގެ ސިޔާސަތަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރުން މިހާރު އެޅުމަށް ނިންމާފައިވާ ޓަވަރުތަކަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 25 ބުރީގެ އިމާރާތެއްގެ 500 އަކަފޫޓުގެ ތަންކޮޅަކަށް ވަދެ ތިބުމަކީ ދިވެހި ރައްޔިތުންނަށް ހައްޤު މިންވަރު ނޫން ކަމަށެވެ. ރައީސް ޔާމީން ވަނީ އިންތިހާއަށް ރައްޔިތުން ދަރަނިވެރިކޮށް، ދަރުވާލާފައިކަމަށްވެސް ރައީސް ނަޝީދު ވދާޅުވި އެވެ. 

"ރާއްޖޭގެ ރައްޔިތުންނަށް އެ ދަރަނީގެ ބަދަލުގައި ލިބުނު އެއްޗެއް ނެތް. ރައީސް ޔާމީން. މަނިކުފާނުގެ އެނގުމާއި، ފެނުމާއި އިންތިޒާމްގެ ތެރެއިން ކިތައް މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ ޗައިނާގެ ވިޔަފާރި ބޭންކްތަކަށް ދެއްވައިފިންތޯ. މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ރައްޔިތުންގެ ހަޒާނާއިން ތިޔަ ކުރައްވާ ކަންތައްތަކަކީ ދެކޮޅަށްޖެހޭނެ ކަންތައްތަކެއް ނޫން ކަން. މަނިކުފާނނު ތިޔަ މަސައްކަތްކޮށްދެއްވަނީ ޗައިނާގެ ލާދީނީ ޕީޕަލްސް ޕާޓީއަށް" އެމްޑީޕީގެ ރަައީސްކަންވެސް ކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް