16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ރިޔާސީ އިންތިހާބު 2018

ޕީއެސްއެމްއިން ފަތުރަމުންދާ ޚަބަރުތައް އެމެރިކާ އެމްބަސީއިން ދޮގުކޮށްފި

  • އެމްބަސީއިން ފޮނުވާފައިވާ ލިޔެކިޔުންތަކެއް ކަމަށް ބުނެ ދައުރުވަމުންދަނީ ފޭކު ލިޔެކިޔުންތަކެއް
މިއުވާން މުހައްމަދު | Miuvaan

| 5 ސެޕްޓެންބަރ 2018 | ބުދަ 22:21 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  4. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  5. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


ޕީއެސްއެމްއިން އާންމުކުރި ހަބަރުގެ ސްކްރީންޝޮޓެއް -- ޕީއެސްއެމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީއާއި އެމެރިކާގެ ޚާރިޖީ ވުޒާރާއާއި ދެމެދު ބަދަލުކުރެވިފައިވާ މުއާމަލާތްތަކެއްކަމަށް ބުނެ ޤާނޫނާއި ޚިލާފަށް ރައީސް ޔާމީން ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ޕީއެސްއެމްއިން ގެެނެސްދިން ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއްކަމަށް އެމެރިކާ އެމްބަސީއިން ބުނެފިއެވެ. 

އެމެރިކާ އެމްބަސީއިން ބުނީ އެމްބަސީއިން ފޮނުވާފައިވާ ލިޔެކިޔުންތަކެއް ކަމަށް ދޭހަވާފަދަ ފޭކު ލިޔެކިޔުންތަކެއް ދައުރުވަމުންދާކަން އެނގިފައިވާކަމަށާއި، އެއީ އެމްބަސީއާއި ގުޅުމެއް ހުރި އެއްޗެއް ނޫންކަމަށެވެ. 

ޙަޤީގަތާއި ޚިލާފު އަދި އަސްލެއް ވާހަކަތައް ވެރިކަންކުރާ ޕާޓީގެ ފަރާތުން ފަތުރަމުންދާކަމަށް ތުހުމަތުކުރެވޭ މިދަނޑިވަޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ދޮގު ޚަބަރު ދައުލަތުގެ މީޑިއާއިން ފަތުރަމުންދާއިރު، އެޚަބަރުތައް އިތުރަށް ފެތުރުމަށް މަސައްކަތް ކުރަމުންދަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުންނާއި ރައީސް ޔާމީންގެ ސަރުކާރުގެ އިސް އޮފިޝަލުންނެވެ. 

ދައުރުވަމުންދާ ފޭކު ލިޔުންތަކުގައި ބުނާ ގޮތުން ދިވެހި ސިފައިންގެ ލަޝްކަރު ކުޑަކުރުމަށް އިިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ ފަރާތްތައް ވެރިކަމަށް ގެންނަން އެމެރިކާއިން ތާޢީދުކުރާކާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް