16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިހާބު 2018

އެމްޑީޕީ އާއި ރާއްޖެޓީވީގެ މައްޗަށް ދައުވާކުރުމަށް ރައީސް ޔާމީން ނިންމަވައިފި

  • އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށްކުރާ މަދަނީ ދައުވާ، އެމްޑީޕީއާއި އެ ނޫސްވެރިންގެ ބައްދަލުމުގައި ބައިވެރިވި ފަރާތްތަކާއި ރާއްޖެޓީވީގެ މައްޗަށް
  • އެމައްސަލަ ބްރޯޑްކާސްޓިންގ ކޮމިޝަނަށްވެސް ހުށަހަޅަން ނިންމާފައިވޭ
  • މިމައްސަލައަކީ ޓޭންކަރަކުން ދިވެހި ދިދަ ބޭނުން ކޮށްގެން އުތުރު ކޮރެއާގެ ޓޭންކަރަކަށް ޑީލެއް ހަދާފައިވާކަމަށް ކުރެވޭ ތުހުމަތު
މުހައްމަދު ފަޒީން | phaxyn

| 5 ސެޕްޓެންބަރ 2018 | ބުދަ 21:22 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ރައީސް އަބްދުﷲ ޔާމީން - ރާއްޖެޓީވީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވަން ވަނީ ނިންމަވާފައި -- ފޮޓޯ: ރާއްޖެ އެމްވީ

އަބުރުގެ ގާނޫނުގެ ދަށުން އެމްޑީޕީއާއި އެ ޕާޓީގެ ބައެއް މެންބަރުންގެ އިތުރުން ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.

ރައީސް ޔާމީން އެގޮތަށް ނިންމެވީ، ގަވައިދާ ޚިލާފަށް ރާއްޖޭން ބޭރުގައި ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، އެމަނިކުފާނާ ގުޅުން އޮންނަ ކަމަށް އެމްޑިޕީން ތުހްމަތުކޮށް ކަމާގުޅޭ މުއައްސަސާތަކަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެސްގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާމިނަތު ނަސްރީނާ ވިދާޅުވީ އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލައެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތަކާއި އަދި އެމަނިކުފާނުގެ ޒާތީ ހައްގުތަކަށް އަރައިގަނެފައިވާތީ އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ނިންމާފައިވާ ކަަމަށެވެ.

އެގޮތުން އަޅަން ނިންމެވި ފިޔަވަޅުތަކުގެ ތެރޭގައި އެމްޑީޕީން އޭސީސީއަށް ހުށަހެޅި މައްސަލައިގެ ރިޕޯޓުގައި، ރައީސް ޔާމީނަށް ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަބުރު ރައްކާތެރިކޮށްދިނުމުގެ ހައްގަށް އަރައިގަނެފައިވާތީ އެމްޑީޕީގެ މައްޗަށް، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާއާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅުއްވާ ދެއްވުމަށް ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެއެވެ.

އެ ރިޕޯޓް އާއްމުކޮށް ހާމަކުރުމަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދެއްކެވި ފަރާތްތަކުން ރައީސް ޔާމީނަށް ގާނޫނުއަސާސީގެ 24 ވަނަ މާއްދާއާއި އަބުރު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އަބުރު ރައްކާތެރިކޮށްދިނުމުގެ ހައްގަށް އަރައިގަނެފައިވާތީ އެބޭފުޅުންގެ މައްޗަށް އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދައުވާއާއި އެމައްސަލާގައި އެބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅުމަށް ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނެފައި ވެއެވެ.

މީގެއިތުރުން އެމްޑީޕީން ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުން ރާއްޖެޓީވީން ބްރޯޑްކާސްޓްކޮށްފައިވާތީ، ރައީސް ޔާމީނަށް ގާނޫނުއަސާސީގެ 24 ވަނަ މާއްދާއާއި އަބުރު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އަބުރު ރައްކާތެރިކޮށްދިނުމުގެ ހައްގަށް އަރައިގަނެފައިވާތީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދައުވާއާއި ފިޔަވަޅު އަޅާދިނުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ރާއްޖެޓީވީގެ މައްސަލަވެސް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނެފައި ވެއެވެ.

އެމައްސަލައިގެ އިތުރު ތަފްސީލްތައް ފަހުން ދެއްވާނެ ކަމަށްވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނެއެވެ.

ދިވެހި ދިދަ ޖަހައިގެން ތެލުގެ ވަގު ވިޔަފާރި ހިންގިކަން ފަޅާއަރާފައިވާ ތެޔޮ ބޯޓްތަކުގެ ކުންފުންޏާއި ރައީސް ޔާމިނާއި ގުޅުންހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްބުނެ އެކަން ތަހުގީގު ކޮށްދިނުމަށް އެމްޑީޕީން އޭސީސީއަށް އެމައްސަލަ ހުށަހެޅީ ހޯމަ ދުވަހު އެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ދިވެހި ދިދަ ގަވާއިދާ ހިލާފަށް ބޭނުންކޮށްގެން ތެލުގެ ވަގު ވިޔަފާރީ ހިންގި ކަމަށްބުނާ "ޒިން ޔުއާން18" ކުއްޔަށް ހިފައިގެން އުޅެނީ ހޮންކޮންގްގެ ލޯންގް ލައިން އިންޓަރނޭޝަނަލް ޝިޕް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް ކިޔާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮންނަ "ޕްރޮސްޕެރީ" ކިޔާ ބޯޓަކުންވެސް 15 ޖެނުއަރީ 2018ގައި ދިވެހި ދިދަ ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި އެ އުޅަނދުގައި ރާއްޖެއަށް ނިސްބަތްވާ ތެޔޮ އުފުލާ ބޯޓެއް ކަމުގައިވާ "ޓްރާންސް ފިއުލް11"ގެ ކޯލް ސައިން ބޭނުންކޮށްފައިވާއިރު "ޓްރާންސް ފިއުލް11" އަކީ އެމްއެންޑީއެފްގެ ކުރީގެ އޮފިސަރެއް ކަމަށްވާ ކާނަލް، މުހައްމަދު ޒިޔާދުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ ދަށުގައި ހިންގަމުންދާ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ބޯޓެއް ކަމަށާއި ރައީސް ޔާމިން ވަނީ އެ ކުންފުނިން ލޯނެއް ބޭނުންވެގެން އެދުމުން ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެމްބަރުންނަށް ގުޅުއްވައި އެ ލޯނު ދިނުމަށް އެދިވަޑައިގެންފައި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް