21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ޖަލްސާ ޝައުޤުވެރިވާނެ، ހޮނިހިރު ދުވަހު މުޅި ކާނިވާ ސަރަހައްދު ފުރާލާނަން: ޕާޓީތައް

  • އަޖާއިބު ކުރުވަނިވި، ޝައުގުވެރި ކުރުވަނިވި ޖަލްސާއަކަށް ވެގެންދާނެ
ހައްވާ މުހައްމަދު | @hawwimd

| 5 ސެޕްޓެންބަރ 2018 | ބުދަ 20:39 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ސެންޓްރަލް ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ޕާޓީތަކުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެން -- ފޮޓޯ: ރާއްޖެ އެމްވީ

ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަކީ، ޝައުޤުވެރި ޖަލްސާއަކަށްވާނެ ކަމަށާއި، އެ ދުވަހު މުޅި ކާނިވާ ސަރަހައްދު ފުރާލާނެ ކަމަށް ގުޅިފައިވާ އިއްތިހާދުން ބުނެފި އެވެ. 

އިންސާފުގެ މަގަށް ގޮވާލާ ހޮނިހިރު ދުވަހު ގުޅިފައިވާ ޕާޓީތަކުން ބާއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އާއި ގުޅޭ މައުލޫމާތު ދެއްވުމަށް ސެންޓްރަލް ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ 8 ވަނަ ދުވަހު ގުޅިފައިވާ ޕާރޓީތަކުން ބާއްވާ ޖަލްސާއަކީ މުޅި ކާނިވާ ސަރަހައްދު ފުރާލާނެ ޖަލްސާއެއް ކަމަށާއި، މިފަދަ ޖަލްސާއަކަށް ރައްޔިތުން ކެތްމަދުވެފައިވާ ކަމަށެވެ. ޝިފާޒް ވިދާޅުވީ މި ޖަލްސާ ވެގެން ދާނީ އަޖާއިބު ކުރުވަނިވި ޝައުގުވެރި ޖަލްސާއަކަށް ކަމަށާއި، މިއީ ގުޅިފައިވާ ޕާޓީތަކުގެ ހަޤީޤީ ސައިޒް ރައީސް ޔާމީނަށް ފެނިގެންދާނެ ޖަލްސާއެއް ކަމަށެވެ.

ޝިފާޒް ވިދާޅުވީ ވަޒީފާގެ ބިރަށްޓަކާ އެއްވެސް ފަރާތަކުން ޖަލްސާއަށް ހާޒިރުވުމަށް ބިރުގަންނާނެ ކަމެއް ނެތް ކަމަށާއި، ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު ރައްޔިތުން މިއަދު ބިރުފަހަނައަޅާ ނިކުންނަން ވެއްޖެ ކަމަށެވެ. 

"ޓީޗަރުން ބިރުފަހަނައަޅާ ނިކުތް މަންޒަރު ފެނިއްޖެ. ކަސްޓަމްސް، އެމްޕީއެލް، މުވައްޒިފުން ބިރުފަހަނައަޅާ މިއަދު ނިކުމެއްޖެ.ބިރުގަންނާނެ އެއްވެސް ކަމެއް ނެތް. ދެން ރައްޔިތުންނަށް ފެނިގެންދާނީ އިންސާފުވެރި ވެރިކަމެއް" ޝިފާޒް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަދައްކަމުން އެ ޕާޓީގެ ނައިބް ލީޑަރު ޑރ. ހުސެން ރަޝީދު ވިދާޅުވީ 8 ވަނަ ދުވަހު ޖަލްސާ ބާއްވަން ހުއްދަދިނީ ރައީސް އަބްދުﷲ ޔާމީންގެ ހެޔޮފުޅުކަމުން ނޫން ކަމަށާއި، މިއީ ފާއިތުވެދިޔަ 3 އަހަރު ރައްޔިތުން ކުރި ބުރަ މަސައްކަތުން ބާއްވަން ހުއްދަ ލިބިގެންދިޔަ ޖަލްސާއެއް ކަމަށެވެ. ހުސެން ވިދާޅުވީ މާލޭން ގުޅިފައިވާ ޕާޓީތަކަށް އޮތް ތާއީދު ފެނުމުން ރައީސް ޔާމީން ސިހިގެންދާނެ ކަމަށެވެ. ގުޅިފައިވާ ޕާރޓީތަކުން ބާއްވާ ޖަލްސާއަށް ހާޒިރުވާން ބިރު ގަންނާނެ ސަރުކާރު އެއްވެސް މުވައްޒިފެއް މިއަދު ނެތް ކަމަށާއި، ރައީސް ޔާމީންގެ އަނިޔާވެރިކަމަށް ދެން ރައްޔިތުން ކުޑަކަކޫ ނުޖަހާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ސިޔާސީ ޕާރޓީތަކުގެ ލީޑަރުން ހައްޔަރުކުރެވި، ޖަލަށް ލާފައި އެތިބީ. ޔާމީނަށް ކުޑަކަކޫ މިއަދު ރައްޔިތުން ނުޖަހާނެ. މާލޭ ރައްޔިތުން 8 ވަނަ ދުވަހު ނިކުމެ އެ މަންޒަރު ދައްކާ" ހުސެން ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ޖަލްސާއަކީ ގުޅިފައިވާ ޕާރޓީތަކުން އެކުގައި ބާއްވާ ފުރަތަމަ ޖަލްސާކަން ފާހަގަކުރައްވަމުން އަދާލަތު ޕާޓީން ވާހަކަފުޅު ދެއްކެވި އެ ޕާރޓީގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ނޫމާން ވިދާޅުވީ މި ޖަލްސާއަކީ އިއްތިހާދުވި ފަހުން ފާހަގަކޮށްލަން ލިބޭ ފުރަތަމަ ފުރުސަތު ކަމަށާއި، ހަޤީޤި ސައިޒް ދައްކާލަނެ ކަމަށެއެވެ.

"ހަޤީޤީ ސައިޒް ދައްކާލަފާނެތީ އެކަމަށް އަބަދުވެސް ހުރަސް އަޅުއްވަނީ. މި ޖަލްސާގައި މާލޭން އަދަދު ދެއްކޭނެ ތަސައްވުރެއް ދައްކާލާނަން" ނޫމާން ވިދާޅުވިއެވެ.

މޭޑޭގެ ހިގާލުމަށްފަހު ގުޅިފައިވާ ޕާރޓީތަކަށް ސުލްހަވެރި ސިޔާސީ ހަރަކާތްތަށް ހިންގަން ފުރުސަތު ނުދެއްވާ ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެންނެވީ ރައީސް ޔާމީން ނޫންކަން ފާހަގަކުރައްވަމުން މައުމޫން ރިފޯރމް މޫވްމެންޓްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ 8 ވަނަ ދުވަހުގެ ޖަލްސާވެގެން ދާނީ މިހާތަނަށް މާލޭގައި ބޭއްވޭ އެންމެ ބޮޑު ސިޔާސީ ޖަލްސާއަށް ކަމަށެވެ.

"މާލޭގެ ރަށްވެހިން އެއްވެ އެ މީހުންގެ އަޑު ޔާމީނަށް އިއްވަންޖެހޭ. ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެ. އެކަން ހޯދަން ޖަލްސާއަށް ރައްޔިތުން ނިކުންނަންޖެހޭ" އަމީތު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު ގުޅިފައިވާ ޕާރޓީތަކަށް ކާނިވާ ސަރަހައްދުގައި 8 ވަނަ ދުވަހު ޖަލްސާއެއް ބާއްވަން ސަރުކާރުން ހުއްދަދީފައިވާއިރު، 7 ވަނަ ދުވަހު ހަމަ އެ ސަރަހައްދުގައި ޕީޕީއެމްއިންވެސް ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް