21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޖަޕާނުގެ ތޫފާން

ޖަޕާނަށް އެރި ވަރުގަނދަ ތޫފާނުގައި ދިހަ މީހުން މަރުވެއްޖެ

  • ފްލައިޓްތަކާއި، ރޭލް އަދި ފެރީގެ ދަތުރުތައް ވަނީ ކެންސަލް ކޮށްފައި
  • އެއާޕޯޓަށް ދާން އޮންނަ ބްރިޖަށް ވަނީ ތެޔޮ ބޯޓެއް އަރާފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 5 ސެޕްޓެންބަރ 2018 | ބުދަ 19:41 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް
  8. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި


އެތައް ސަރަހައްދެއްގެ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ވަނީ ބުރޫ އަރާފައި -- ޓްވިޓަރ

ޖަޕާނުގެ ހުޅަނގުގެ މައި ސިޓީތައް ކަމަށްވާ ކިޔޯޓޯ އާއި އޮސާކާއަށް ތޫފާނު އަރާފައިވާއިރު ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފްލައިޓްތަކާއި، ރޭލް އަދި ފެރީގެ ދަތުރުތައް ކެންސަލްކުރަން ޖެހިފައިވާއިރު އޮސާކާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އެތައް ހާސް ފަސިންޖަރުންނެއް ތާށިވެފައި އެބަތިއްބެވެ. އެއާއެކު އެއާޕޯޓަށް ދާން އޮންނަ ބްރިޖަށް ތެޔޮ ބޯޓެއް އަރާ ދަތުރު ފަތުރު ނުކުރެވޭ ވަރަށް ވަނީ ގެއްލުން ލިބިފައެވެ،

ވައިގެ ބާރުމިން ދަށްވެ، ތޫފާން އުތުރަށް ދަތުރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފާނެ ކަމަށް މީހުން ސަމާލުވެ ތިބުމަށް އިދާރާތަކުން ވަނީ އެދިފައެވެ.

ސަރުކާރުގެ ތަރުޖަމާނު ޔޮޝީޑޭ ސޫގާ ވިދާޅުވި ގޮތުގައި ތޫފާނުގެ ސަބަބުން ހިނގި ހާދިސާތަކުގައި މަދުވެގެން 300 މީހުން ވަނީ ޒަޚަމްވެފައެވެ.

ބުދަ ދުވަހުގެ ހެނދުނާ ހަމައަށް މަދުވެގެން 1.2 މިލިއަން މީހުންނަށް ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ލަފާދެވިފައެވެ. އޭގެ ތެރެއިން 30،000 އަށް ވުރެ ގިނަ މީހުން ކޮންމެހެން އެހެން ސަރަހައްދަކަށް ބަދަލުވުން މުހިއްމު ކަމަށް އަންގާފައިވީ ނަމަވެސް އަދިވެސް މަޖުބޫރު ނޫން ކަމަށް ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނެއެވެ.

ތޫފާނު އެރި ވަގުތު ދެ މިލިއަނަށް ވުރެ ގިނަ ގޭބިސީން ކަރަންޓް ކެނޑިފައި ވެއެވެ. އަދި ތޫފާނު އެރި ސަރަހައްދުތަކުގެ ސްކޫލް ތަކާއި ކުންފުނިތައް އަދިވެސް ވަނީ ބަންދުކުރެވިފައެވެ.

ނަގޯޔާ އާއި އޮސާކާގައި ބައިނަލްއަގްވާމީ ދަތުރުތަކާ އެކު 800އާ ގާތްކުރާ އަދަދަކަށް ފްލައިޓްތައް ކެންސަލްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް