21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ކެނެޑާ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

  • މިފަހުގެ އަހަރުތަކުގައި ކުބެކް ސިޓީގައި އިސްލާމް ދީނަށް ނަފްރަތު އުފެދުން ވަނީ އިތުރުވާން ފަށާފަ
އަހުމަދު އަނޫޝު | IamAhmedAnoosh

| 30 ޖެނުއަރީ 2017 | ހޯމަ 15:38 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ގޫގުލް

ކެނެޑާގެ ކުބެކް ސިޓީގެ މިސްކިތެއްގައި އާދީއްތަ ދުވަހުގެ ރޭ ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

 

މިސްކިތުގެ އޮފިޝަލެއް މިކަން ކަށަވަރު ކޮށްދެއްވާފައިވާއިރު މަންޒަރު ދުށް މީހުންނާ ހަވާލާދީ މިކަން ވަނީ މީޑިއާތަކުގައި ރިޕޯޓުކޮށްފައެވެ. މަންޒުރުދުށް މީހަކާ ހަވާލާދީ ރޮއިޓާސްގައި ރިޕޯޓުކޮށްފައިވަނީ ބަޑި ހިފައިގެން ހުރި ތިން މީހަކު ކުބެކް ސިޓީގެ "ކުބެކް ސިޓީ އިސްލާމިކް ސެންޓާރ" މިސްކިތުގައި 40 ވަަރަކަށް މީހުން ތިއްބާ ވަދެ ބަޑި ޖަހާފައިވާ ކަމަށެވެ.

 

މިހާދިސާއާ ގުޅިގެން ފުލުހުން މީޑިއާއަށް ބުނެފައިވަނީ ވަރަށް ގިނަ ބަޔަކު މި ހާދިސާގެ ޝިކާރައަކަށް ވެފައިވާ ކަމަށާއި އަދި ބަޔަކު މަރު ވެސް ވެފައިވާ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

 

މިސްކިތުގެ "ރައީސް" މުހައްމަދު ޔަންގުނީ މިކަމާ ގުޅޭ ގޮތުން ބުނެފައިވަނީ މިއީ ވަރަށް އަނިޔާވެރި އަމަލެއް ކަމަށާއި އަދި މިކަން ހިނގީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

 

ރިޕޯޓުތައް ބުނާ ގޮތުން މިފަހުގެ އަހަރުތަކުގައި ކުބެކް ސިޓީގައި އިސްލާމް ދީނަށް ނަފްރަތު އުފެދުން ވަނީ އިތުރުވާން ފަށާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް