21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ރިޔާސީ އިންތިހާބު 2018

އިހަވަންދޫ އަށް އިބޫ ވައުދު ފުންޏެއް!

  • ރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހައްދަާނެ ކަމަށް ވިދާޅުވި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 5 ސެޕްޓެންބަރ 2018 | ބުދަ 17:50 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


އިހަވަންދޫ އިބޫއަށް މަރުހަބާ ކިޔަނީ:-އެރަށަށް ގިނަ ވައުުދުތައް ވަނީ ވެވަޑައިގެންފައި -- ފޮޓޯ: ރާއްޖެ އެމްވީ

އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ހއ.އިހަވަންދޫއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފި އެވެ.  

ހއ.އިހަވަންދޫއަށް އިބޫ ވަޑައިގަތުމުން އެރަށުން ވަނީ ވަރަށް ގިނަ އަދަދެއްގެ މީހުން ނިކުމެ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އިބޫ ވިދާޅުވީ އިހަވަންދޫ އޮތީ 23 ސެޕްޓެމްބަރު ވަނަ ދުވަހަށް "ފައްކާވެފައި" ކަމަށެވެ. އަދި ވަރަށް ގިނަ ކަންތައްތައް އިހަވަންދޫއަށް ކޮށްދެއްވަން އެބަ ހުރި ކަމަށް ފާހަގަކުރައްވައި ވެވަޑައިގެންނެވި އެއް ވައުދަކީ އެމަނިކުފާނުގެ ވެރިކަމެއްގައި އެރަށުގެ ބިން ހިއްކުމެވެ. އަދި އެ ބިމުގައި ގޯތި ދޫކޮށް ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ގިނަ އަދަދެއްގެ މަސްވެރިން ދިރިއުޅޭ މިރަށުގައި ދޯނި އެހެލުމަށް "ސްލިޕްވޭ"އެއް ގާއިމު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ހަމަ އެހެންމެ އިހަވަންދޫގައި މަސްގަނެ ވިއްކޭނެ ގޮތް ހަދާ ދެއްވާނެ ކަމަށާއި އެރަށުގައި ހުރި އައިސްޕްލާންޓް މިހާރަށް ވުރެ ބޮޑު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އައިސްޕްލާންޓް ބޮޑުކޮށް މަސްވެރިން ބޭނުންވާ ގޮތަށް މަސްވެރިން ބޭނުންވާ މިންވަރަށް އައިސް ލިބޭނެ ގޮތް ހަމަޖައްސް ދޭނަން" އިބޫ ވިދާޅުވި އެވެ.  

އަދި ޒުވާނުނަށް ވެވަޑައިގެންނެވި ވައުދަކީ ފުޓްސަލް ދަނޑެއްގެ ބަދަލުގައި އެރަށުގައި ޓާފް ފުޓްބޯޅަ ބޮޑު ދަނޑެއް އަޅާ ދެއްވުމެވެ. ސިއްހީ މަރުކަޒަށް ވަސީލަތްތަކާއެކު އެ ހިދުމަތްދޭނެ ގޮތްވެސް އޮންނަން ވާނެ ކަމަށް ފާހަގަކުރައްވައި އިބޫ ވަނީ އެރަށުގައި ހުރި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ރަށުގެ މަގުތައް ހެދުމާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ރަށުގައި މަގުތައް ތާރު އަޅައިގެން ހަދާ ދެއްވާނެ ކަމަށެވެ. އަދި އެހެންމެ މަތީ ތައުލީމުގެ ފުރުސަތު ރަށުން ލިބޭނެ އިންތިޒާމް ހަމަޖައްސާ ދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ.

އިހަވަންދޫ އަށް އިބޫ ވެވަވަޑައިގެންނެވި ބައެއް ވައުދުތައް:

  • ބިން ހިއްކުން
  • ސްލިޕްވޭ އަޅާދިނުން
  • މަގުތަކުގައި ތާރުއަޅާ ދިނުން
  • ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން
  • އައިސްޕްލާންޓްގެ ކެޕޭސިޓީ އިތުރުކުރުން

އިހަވަންދޫ އަކީ ސިޔާސީ އަދި އިސްލާހީ މަސައްކަތުގައި ވަރަށް އިސް ދައުރެއް އަދާ ކުރާ ރަށެއް ކަމަށް ފާހަގަ ކުރައްވާ ވިދާޅުވީ އެރަށަށް ވަޑައިގެންނެވި ވައުދުތަކަކީ ހުސް ވައުދުތަކަށް ނުވާނެ ކަމަށެވެ.

"މިރަށަށް މިވާ ވައުދަކީ ހަމަ އެކަނި މިތާ ހުރެ ވާ ވައުދެއްނޫން. މި ވާހަކަތައް ގަނޑަށް ނަގާނަން،" އިބޫ ވިދާޅުވި އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް