26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރިޔާސީ އިންތިހާބު 2018

ރީހަބްލިޓޭޝަން ސެންޓަރުތައް އިތުރުކޮށް، ހެޔޮގޮތުގައި ހިންގާނަން: ފައިސަލް

  • މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ އަމާންކަން ނެތުން
  • ުޒުވާނުންނަން އެދެވޭގޮތުގައި ހަރަކާތްވުމުގެ ފުރުޝަތު ނެތީ ގިނަ ބައެއްގެ އިހްމާލުން
  • ފުލުހުންގެ މުވައްސަސާ ސިޔާސީ ނުވެ ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމަށް އެދެން
މުހަންމަދު ވިސާމް | sampathmasiw

| 5 ސެޕްޓެންބަރ 2018 | ބުދަ 17:40 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ފައިސަލް ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރީހަބްލިޓޭޝަން ސެންޓަރުތައް ގާއިމްކޮށް ހެޔޮގޮތުގައި އެ ސެންޓަރުތައް ހިންގާނެ ކަމަށް ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ނިންމާލެއްވުމަށްފަހު ފައިސަލް ވިދާޅުވީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ސިޓީގައި އަމާންކަން ނެތުމުގެ ކަންބޮޑުވުން ކަމަށެވެ. ރައްޔިތުންނަން އަމާންކަމާއި އެކު އުޅެވޭނެ މާހައުލެއް ބޭނުންވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މަސްތުވާތަކީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގިނަ ރީހަބްލިޓޭޝަން ސެންޓަރުތައް ގާއިމްކޮށް ހެޔޮގޮތުގައި އެ ސެންޓަރުތައް ހިންގާ ޒުވާނުންނަން މަސައްކަތަށް ދަސްކޮށްދޭނެ ކަމަށެވެ.

"ޒުވާނުންނަށް މިއަދު އެންމެ އެދެވޭގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނެތުން ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެއީ ވަރަށް ގިނަ ބައެއްގެ އިހްމާލް އޭގައި އޮތް ކަމަށް، އަޅުގަނޑުމެން ހަމަ ރައްޔިތުންނަށް ދެމުންދާ ޔަގީން ކަމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ރީހަބްލިޓޭޝަން ސެންޓަރުތައް ގިނަ ސަރަހައްދުތަކެއްގައި ގާއިމްކޮށް ހެޔޮގޮތުގައި އެތަންތަން ހިންގާނަން. އަޅުގަނޑުމެން މަސައްކަތްތަށް ދަސްކޮށްދީ މިހާރު މަގުން ކައްސާލާފައިވާ ނުވަތަ އިހްމާލުން ވަޒީފާތައް ގެއްލިފައިވާ ޒުވާނުންނަށް މަސައްކަތްތަށް ދަސްކޮށްދީގެންވެސް އެޒުވާނުންނަން ވެސް ދިވެހި ރާއްޖޭގެ ތަރައްގީގައި ބައިވެރިވެވޭ މައިންބައިފައިން އެ ޒުވާނުން ދެކެ ފަހުރުވެރިވާ ބަޔަކަށް ހަދަން މަސައްކަތް ކުރާނަން" ފައިސަލް ވިދާޅުވިއެވެ

ފައިސަލް މާލޭގައި ކުރިއަށް ގެންދަވާ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން

އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ގައުމުގެ އަމަންއަމާންކަން ބަލަހައްޓަން ތިބި ފުލުހުންނަން ރައްޔިތުންގެ އިތުބާރު އޮންނަ ގޮތަށް މަސައްކަތް ކުރުމަށް ރައްޔިތުން އަބަދުވެސް ހަނދާންކޮށްދޭކަމަށް ފައިސަލް ވިދާޅުވިއެވެ. ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ސަލާމަތްތެރިކަން ދޭން ތިބި ބަޔަކީ ފުލުހުންކަން ކަމަށާއި ސިޔާސީ ކުލަ ފުލުހުންގެ މުއައްސަސާގައި ޖެހިގެން ނުވާނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ފައިސަލް ވިދާޅުވިއެވެ

ފައިސަލް ވަނީ ބުދަ ދުވަހު މެންދުރުފަހު ގަލޮޅު ދެކުނު ދާއިރާއާއި، މައްޗަންގޯޅި ދެކުނު ދާއިރާގެ އިތުރުން މާފަންނު މެދު ދާއިރާގައި ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދަވާފައެވެ. ފައިސަލްގެ އަރިހުގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިވާ އަބްދުﷲ ބައިވެރިކަން ފާހަގަކޮށްލެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް