21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ސްޕެނިޝް ލީގު

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

  • އެސްޕަނިއޯލް އަތުން ބަލިވެ ސެވިއްޔާ އަށް ވަނީ ދެވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ
  • ރެއާލް ވަނީ ޕޮއިންޓް ތާވަލުގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފަ
ލީވާން އަލީ | MrLeevaan

| 30 ޖެނުއަރީ 2017 | ހޯމަ 09:49 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


އެސްޕަނިއޯލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ގޫގުލް

ސްޕެނިޝް ލަލީގާގައި ސެވިއްޔާ އަށް ދެވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލުނުއިރު، ރެއާލް މެޑްރިޑު ޕޮއިންޓް ތާވަލުގައި ލީޑު ފުޅާކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އެސްޕަނިއޯލްއާ ވާދަކޮށް ސެވިއްޔާ ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ.

އެސްޕަނިއޯލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޮސޭ އެންޓޯނިއޯ ރެއިސް އެވެ.

މި ލަނޑަށްފަހު ވެސް އެސްޕަނިއޯލްއިން ދިޔައީ ސެވިއްޔާގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެހެން ނަމަވެސް އެސްޕަނިއޯލް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ސްޓީވެން ޖޮވެޓިކްގެ ލަނޑުން ސެވިއްޔާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެސްޕަނިއޯލްއިން މެޗުގެ ލީޑު އަނބުރާ ނެގީ ފުރަތަމަ ހާފް ނިމެން ސިކުންތު ކޮޅަކަށްވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކް ނަވާރޯ އެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ސެވިއްޔާގެ މައްޗަށް އެސްޕަނިއޯލް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ އެސްޕަނިއޯލް އެވެ. އެހެން ނަމަވެސް ސެވިއްޔާއިން ވެސް ވަނީ އެސްޕަނިއޯލް ހިފަހައްޓާ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގައި އެސްޕަނިއޯލް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު 71 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯ އެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ސެވިއްޔާ އޮތީ ކުޅުނު 20 މެޗުން ލިބުނު 42 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ބާސާގެ ފަހަތުން ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއެކު އެސްޕަނިއޯލް އޮތީ ކުޅުނު 20 މެޗުން ލިބުނު 29 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގަ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ރެއާލް ސޮސައިޑާޑްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ސޮސައިޑާޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ރެއާލް އިން އުފާފާޅުކުރަނީ

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ އެޓީމުންނެވެ. އެގޮތުން ރެއާލް އަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ލިބި ބޭކާރުވެފައެވެ.

މެޗުގައި ރެއާލް އިން ލީޑު ނެގީ 38 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މިޑްފިލްޑަރު ކޮވަކިޗް އެވެ. މި ލަނޑަށްފަހުވެސް ރެއާލްއަށް ވަނީ ލަނޑު ޖެހުމަށް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ސޮސައިޑާޑްގެ މައްޗަށް ރެއާލް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން 51 ވަނަ މިނެޓުގައި ކޮވަކިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯވަނީ ލަނޑުޖަހާ ރެއާލް އަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގައި ސޮސައިޑާޑް އަށް ހުރަސްތަކާ ކުރިމަތިވީ 74 ވަނަ މިނެޓުގައި އެޓީޟުގެ މާޓިނޭޒް އަށް ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ ރަތް ކާޑެއް ދެއްކުމުންނެވެ. ރެއާލް އިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައި ވަނީ ބަދަލު އަލްވަރޯ މޮރާޓާއެވެ. މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 19 މެޗުން ލިބުނު 46 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ސޮސައިޑާޑް އޮތީ ކުޅުނު 20 މެޗުން ލިބުނު 35 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް