23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޕީޕީއެމް މެމްބަރު ފަޒާދު

ޕީޕީއެމުން މެމްބަރު ފަޒާދު ވަކިކުރުމުގެ މަސައްކަތް ފަށައިފި

  • ފަޒާދު ޕީޕީއެމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ވަނީ ފޮނުވާފައި
  • ގުޅިފައިވާ ޕާޓީތަކުން ބުނަނީ ވަރަށް އަވަހަށް އިތުރު މެމްބަރުން ގުޅޭނެ ކަމަށް
  • ޕީޕީއެމާ ދުރުގައި ފަޒާދު އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ
މުހައްމަދު ފަޒީން | phaxyn

| 5 ސެޕްޓެންބަރ 2018 | ބުދަ 17:07 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


މެމްބަރު ފަޒާދު (މ): ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއެކު -- އައްޑޫ ލައިވް

ގުޅިގައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ފަޒާދު ބައިވެރިވާ މައްސަލަ ޕީޕީއެމް ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ޕީޕީއެމް އޮފީހުގައި ބުދަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކާއި ފަޒާދު ގުޅުނު މައްސަލަ ބަލަން ޕީޕީއެމް ސުލޫކީ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ.

ޕީޕީއެމް ޕީޖީގެ ވައިބަރ ގުރޫޕުންނާއި ޕީޕީއެމްގެ އެހެނިހެން ވައިބަރ ގްރޫޕްތަކުން ވެސް ފަޒާދު ވަނީ ނެރެފަ އެވެ.

ނިހާން ވިދާޅުވީ ފަޒާދު ވައިބަރ ގުރޫޕުން ނެރުނީ ފޯނަށް ޖަވާބު ނުދީ ހަބަރެއް ނުވުމުން ކަމަށެވެ. ނިހާން ވިދާޅުވީ އަލީ ފަޒާދު އިދިކޮޅު ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވަމުން ދާތީއާއި ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް ގަބޫލުކޮށްފައި ނުވާތީ ފަޒާދު ޕީޕީއެމުން ވަކިކޮށްދިނުމަށް ބުދަ ދުވަހު ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ނިހާނު ވިދާޅުވި އެވެ.

ފަޒާދު ވަނީ އަންގާރަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލޭގައި ޖަގަހައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއެކު ފަޒާދު މިހާރު ވަނީ ކެމްޕެއިން ދަތުރެއްގައި ހއ. އަތޮޅަށް ވަޑައިގެންފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދަ ދުވަހުގެ ރޭ ހޯރަފުށީގައި ބާއްވާ ޖަލްސާގައި ފަޒާދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރަސްމީކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި އެކު ކެމްޕެއިންއަށް ފަޒާދު ނިކުންނެވި އިރު މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އޭނާގެ އުފަން ރަށް ފުވައްމުލަކަށް ވަޑައިގަތުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ސަޕޯޓު ކުރާ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ ފަޒާދަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިނުގައި ފަޒާދު ބައިވެރިވެވަޑައިގެންނެވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކަށް ނިސްބަތްވާ ތިން މެމްބަރުންގެ ތެރެއިން 2 މެމްބަރުންގެ ތާއިދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ މިވަނީ ލިބިލައްވާފަ އެވެ. އެގޮތުން ކުރިން ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު، މަޖިލިސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދެ އެވެ. އަދި މަޖިލިސް އޮތީވެސް ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހުސައިން މަނިކުފާން

3 ހަފްތާކުރިން

އަހުމަދު ނިހާނު ހުސައިން މަނިކުފާން

0
0