16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ތެލުގެ ވަގުވިޔަފާރި

ތެލުގެ ވަގު ވިޔަފާރިއާ ގުޅޭގޮތުން ރައީސް ޔާމީންގެ ދިފާއުގައި ފުލުހުން ބަޔާނެއް ދީފި

  • އެއްވެސް މީހަކު އެފަދަ ވާހަކައެއް ތަހުގީގުގައި ހިއްސާ ކޮށްފައެއް ނެތް
  • އެއްވެސް ހެއްކެތް ޤަރީނާއެއް ނެތް
  • އެފަދަ ވާހަކަތައް ނުދެއްކުމަށް ގޮވާލަން
އަހުމަދު މުހުސިނު | dhonbandaara

| 5 ސެޕްޓެންބަރ 2018 | ބުދަ 16:14 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ރައީސް ޔާމިން: ތެލުގެ ވަގު ވިޔަފާރިއާ ގުޅުމެއް ނެތްކަމަށް ފުލުހުން ބުނި. -- ރައީސް އޮފީސް

ރާއްޖެއިން ބޭރުގައި ގަވާއިދާ ޚިލާފަށް ތެލުގެ ވަގު ވިޔަފާރިކުރާ ދިވެހި ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫން ކަމަށް ވިދާޅުވާ މޯލްޑިވްސް ޕޮލިސް ސާވިސްއިން ރައީސް ޢަބްދުﷲ ޔާމީންގެ ދިފާއުގައި ބަޔާނެއް އިއްވައިފިއެވެ.

ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތުވެސް ދެއްވުމެއްނެތި އިސްކަންދަރު ކޮށީގައި ބަޔާނެއް އިއްވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރަކުން އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކަށް ގަވާއިދާ ހިލާފު މުއާމަލާތްތަކެއް ކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފުލުހުން ފުރިހަމަކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ދައުވާ އުފުލާފައިވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުޅާ ދާއިރާއެއްގައި ތަހުގީގުކޮށްފައިވާއިރު އެކަމުގައި ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

" މިމައްސަލަ ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގް ކުރެވި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށްޓަކައި ފޮނުވި މިމައަސަލައިގެ ޝަރީޢަތްފެށި މިމައްސަލައިގެ ދެއަޑުއެހުމެއް މިހާތަނަށް ވީއިރު ވަނީ ބޭއްވިފައި. އަދި ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ ވާހަކަވެސް ދަންނަވަން. މިކަމުގައި ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބައިވެރިވުމެއް ވާކަމަށް އެކިފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމުގައި ދަންނަވަން. މިމައްސަލަ ފުޅާދާއިރާއެއްގައި ތަހުގީގް ކުރެވިފައިވާއިރުގައި، މިމައްސަލައިގާ ފުޅާދާއިރާއެއްގައި އެކި ފަރާތްތަކުގެ މައުލޫމާތު ހޯދި ގިނަ ފަރާތްތަކަކާއި ސުވާލު ކުރެވިފައިވާއިރު އެއްވެސް ސުވާލުކުރެވުނު ފަރާތަކުން މި މައްސަލައިގަ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބައިވެރިވުމެއް ވާކަމަށް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި ނުވާކަން ދަންނަވަން. އަދި މައްސަލައިގެ ތަހުގީގް ފުލުހުން ފުޅާދާއިރާއެއްގައި ހިންގާފައި ވީއިރު އެފަދަ ހެއްކެއް އަދި ޤަރީނާއެއްވެސް ލިބިފައި ނުވާކަމަށް ދަންނަވަން" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ގައުމީ ސަލާމަތާއި ގުޅުންހުރި އެފަދަ ބޮޑެތި މައްސަލަތަކުގައި ދޮގު ވާހަކަ ދެއްކުމާއި ފުލުހުންނަށް ނިސްބަތްކޮށް ދައްކާ ސާބިތު ނުހިފޭ ހުރިހާ ވާހަކައެއް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ނުފެތުރުމަށް ޝިފާން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ފުލުހުން މިގޮތަށް ބުނެފައި މިވަނީ ރާއްޖޭން ބޭރުގައި ގަވައިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ދިވެހި ކުންފުންޏަކާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަނެއްކާބޭޒާރު

5 މަސް ކުރިން

އަނެއްކާބޭޒާރު ވާންތަތިއުލެނީ؟

0
0
އެޑަމް

5 މަސް ކުރިން

އެބަޔަކަށް ފެންނާނީ އެބަޔަކު ހޯދަން ބޭނުންވި އެއްޗެއް. ފުލުހުން މަސައްކަތްކޮށްފަ ތިއޮތީ ރައީސުލް ޖުމްހޫރިއްޔާއާ ގުޅުމެއް ނެތްކަން ހޯދުމަށް

0
0