21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޑިމިޓްރީ ޕަޔެޓް

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

  • މާސޭ އަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން ނިންމާފައިވަނީ 25 މިލިއަން ޕައުންޑަށް
  • ޕަޔެޓް ވަނީ މީގެކުރިންވެސް މާސޭއަށް ކުޅެފަ
ލީވާން އަލީ | MrLeevaan

| 30 ޖެނުއަރީ 2017 | ހޯމަ 07:47 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ވެސްޓްހަމް އިން 25 މިލިއަން ޕައުންޑަށް މާސޭ އަށް ވިއްކާލި ޕަޔެޓް -- ޓްވިޓަރ

ފްރާންސްގެ އޮލިމްޕިކް ޑީ މާސޭ އަށް ޑިމިޓްރީ ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް ޔުނައިޓެޑުން އެއްބަސްވެއްޖެއެވެ.

ވެސްޓްހަމްގެ ކުރީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕަޔެޓް 25 މިލިއަން ޕައުންޑަށް މާސޭ އަށް ވިއްކާލުމަށް އެ ކްލަބުން އެއްބަސްވެފައިވާއިރު، އެ ކްލަބުން ވަނީ އެކަން ހާމަކޮށް ރަސްމީ ޓުވީޓާ އެކައުންޓުން ޓޫވީޓްވެސްކޮށްފައެވެ.

މީގެއިތުރުން ޕަޔެޓްވެސް ވަނީ އޭނާގެ ރަސްމީ ޓުވިޓާގައި "ބެކް ޓު ހޯމް" ޖެހުމަށްފަހު ޓުވީޓްކޮށްފައެވެ. ބެލެވޭ ގޮތުގައި އޭނާ އެހެން ޓުވީޓްކޮށްފައިވަނީ އެނބުރި ފްރާންސް އަށް ގޮސް އޭނާ ކުރިން ކުޅުނު ކްލަބަށް ކުޅޭތީއެވެ.

ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ފްރާންސްއަށް ދައްކާފައިވާ ޕަޔެޓް ހޯދުމަށް ގިނަ ކްލަބްތަކުން ވަނީ މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ސްޕެއިން އަދި އިޓަލީގެ ކްލަބްތައްވެސް ހިމެނެއެވެ.

މާސޭއަށް މީގެކުރިންވެސް ކުޅެފައިވާ ޕަޔެޓް އެ ކްލަބް ދޫކޮށްލުމަށްފަހު ވެސްޓްހަމްއާ ގުޅުނީ 2015 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ވޭތުވެ ދިޔަ ދެ ސީޒަނުގައި ކުޅުނު 60 މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ޓީމް އޮފް ދަ އިޔާގައި ހިމެނުނު ޕަޔެޓް ވަނީ ވެސްޓްހަމްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް މިދިޔަ ސީޒަނުގައި ހޯދާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް