
| 5 ސެޕްޓެންބަރ 2018 | ބުދަ 15:37 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއި ގުޅިގެން އެޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމަށް ރާއްޖެޓީވީއިން ހުޅުވި އަބުރުފުޅު ފަންޑަށް މ. މުލަކު އަންހެންވެރިން އެހީވެއްޖެ އެވެ.
މުލަކު އަންހެންވެރިންގެ ފަރާތުން ޓީމެއް ރާއްޖެޓީވީއަށް ބުދަ ދުވަހު ހަވީރު އައިސް، ފައިސާ ވަނީ ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ފޮއްޓަށް ލާފައެވެ.
މިކަމަށްޓަކައި ރާއްޖެ ޓީވީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ މި ދަތުރަކީ މ. މުލަކުގެ އަންހެނުން އަބަދުވެސް ރާއްޖެ ޓީވީއާއި އެކުގައި ތިބޭނެ ކަމުގެ ހެއްކެއް ކަމަށެވެ.
މިފަދަ ފަންޑުތަކުން ހިތްވަރު މިދެނީ އެބޭފުޅުންނަކީ ބަޔަކު ދައްކަވާ ބިރަކަށް ފަހަތަށް ޖެހިގެން މި ހަރަކާތްތައް ހުއްޓުވުމަށް އެޅޭ ހުރަސްތަކަށް ރާއްޖެޓީވީއާއި އެކު ސާބިތުކަމާއި އެކު ތިބި ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ 24 ގަޑިއިރު ޚިދުމަތް ދޭންފެށި ޗެނަލިކީ ރާއްޖެ ޓީވީކަން ފާހަގަ ކުރައްވާ ނަސީރު ވިދާޅުވީ އަންހެން ބޭފުޅުން އުޅެންޖެހޭ ބުރަކަމުން ބައެއް ޚަބަރުތައް ވަގުތުން ނުބެލުނުކަމުގައި ވިއަސް ފަހުން ބަލައިލުމުގެ ފުރުސަތު ލިބގެންދާކަމަށެވެ. ރާއްޖެޓީވީގެ މުއައްޒަފުން ކުރަމުންގެންދާ ބުރަ މަސައްކަތަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް ވެދެއްވި ފައިސާގެ އެހީއާއި ހަދިޔާކުރި ފަރިވަޅަށް ރާއްޖެޓީވީގެ ފަރާތުން ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މިހެން ދިމާވަ ދަތި ވަގުތުތަކުގައި ރާއްޖޭގެ އުތުރާއި ދެކުނު އަދި ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުން ވެދެއްވާ އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވަފައެވެ.
އަބުރުފުޅު ފަންޑަށް އެހީތެރިވުމަށް ރާއްޖެޓީވީއަށް އައި ޓީމުން ވަނީ ވަރަށް ޚާއްސަ ޖާފަތެއްވެސް ރާއްޖެ ޓީވީއަށް ހަދިޔާ ކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް