19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ރިޔާސީ އިންތިޚާބު 2018

އުލިގަމަށް އަންނަ ޔޮޓުތައް އިތުރުކުރާނެ ކަމަށް އިބޫ ވިދާޅުވެއްޖެ

  • ކޮންމެ ރަށަކަށް ވަކި މެނިފެސްޓޯ އެއް ދޭނަން
  • އުލިގަމުގެ ބަނދަރު ހަދާދޭނަން
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 5 ސެޕްޓެންބަރ 2018 | ބުދަ 14:14 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!


އުލިގަމަށް މިއަދު ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

އުލިގަމަށް އަންނަ ބޭރުގެ ރޮޓްތައް އިތުރުކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.

ހއ. އުލިގަމަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ބޭރުގެ އެކި ޔޮޓް ފަހަރުތައް އައުން މިހާރު މަދުވެފައި ވަނީ ރަނގަޅު ހިދުމަތެއް ނުދެވި ނަގަންފެށި ފީތަކުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ބޭރުގެ ގައުމުތަކަށް ދަތުރުކުރާ ޔޮޓްފަހަރު އަިއސް ތިބޭއިރު ފީ ނެގުމުގެ ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޔޮޓް ފަހަރު އިތުރުކޮށް އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަ ޖައްސަވާ ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.  

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށްތަކުގެ ތެރޭގައި ހިމެނޭ އުލިގަމަށް ބޭރަށް ދަތުރުކުރާ ޔޮޓްފަހަރު އައިސް މަޑުކުރާއިރު އެ ފުރުސަތު ފުޅާކުރުމަށްޓަކައި ރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިތައް ހައްލު ހޯދާ ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވައުދު ވެވަޑައިގެންނެވި އެވެ. އަދި އެހެންމެ ރަށުގެ ކަސްޓަމްސް އިމާރާތް ވެސް ނިންމާ އެތަނުން ހިދުމަތްދޭން ފެށުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.  

އުލިގަމު ހިމެނޭ ހއއަތޮޅަކީ ޓޫރިޒަމްގެ ތަފާތު މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރެވިދާނެ އަތޮޅެއް ކަމަށާއި އެހެން ނަމަވެސް މައުމޫނުގެ ވެރިކަމުގައި އަޅަންފެށި ސިޓީ ހޮޓާ އިމާރާތް ވަނީ ވީރާނާވެފައި ކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި އެ ބިންވެސް ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އާންމުކޮށް ކޮންމެ ރަށަކަށް ވެވަޑައިގަންނަވާ ވައުދުގެ ގޮތުގައި ހިމެނޭ ބޯފެނާއި ނަރުދަމާގެ ހިދުމަތް އެ ރަށުގައި ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.  

އިބޫ ވިދާޅުވީ ކޮންމެ ރަށަކަށް ވެވަޑައިގަންނަވާ ވައުދުތައް ލިޔުމުން އެރަކާ ހަވާލު ކުރައްވާނެ ކަމަށެވެ. އެއީ ކޮންމެ ރަށެއްގެ ވަކި މެނިފެސްޓޯ ކަމަށާއި އެކަން ކައުންސިލާ ހިއްސާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި އެވެ.

"ކޮންމެ ރަށަކަށް ބޭނުންވާ ކަންތައް ގޮތުގައި ވަކިން މެނިފެސްޓޯއެއް އޮންނާނެ ލިޔެފައި،" އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު ވަނީ މޮޅަދޫ އާއި ތުރާކުނަށް ވަޑައިގެންފައި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް