22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ޝެއިހް އިލްޔާސް ހުސައިން

ދޮގާއި ފިތުނަ އުފައްދާ ކަމަށް ބުނެ، އިލްޔާސް ފުލުހަށް ހާޒިރުވާން އަންގައިފި

  • އަފްރާޝީމްގެ މަރާ ގުޅިގެން ނުވަ މަރެއް ހިނގި ކަމަށް ސޯޝަލް މީޑިޔާގައި ތުހުމަތު ކުރެވިފައިވާކަމަށް އިލްޔާސް ވިދާޅުވި
  • ފުލުހުން ބުނީ އެއީ ދޮގެއް ކަމަށް
  • ފުލުހުން ބުނީ އެވާހަކަތައް ދެއްކެވީ އިންތިޚާބަށް ނުފޫޒް ފޯރުވުމަށް ކަމަށް
ޙުސައިން ޙަސަން އަދި އަހުމަދު މުހުސިނު | hucenhassan

| 5 ސެޕްޓެންބަރ 2018 | ބުދަ 13:51 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު
  8. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި


ޝެއިހް އިލްޔާސް ހުސައިން -- އަދާލަތު ޕާޓީ

ދޮގު ވާހަކަތަކާއި ފިތުނަ އުފައްދާ ކަމަށް ބުނެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

އޭނާ ފުލުހަށް ހާޒިރުވާން އެންގީ އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ.

ނޫސްވެރިން ބައިތިއްބައިގެން އިސްކަންދަރު ބިލްޑިންގައި ދެއްވި ބަޔާނެއްގައި ފުލުހުންގެ ސްޕޯކްސްޕާސަން، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން، ނުވަ ޒުވާނަކު މަރާލާފައިވާ ކަމަށް ޝެއިހް އިލްޔާސް ތުހުމަތު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ފިތުނަ އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

މިމަހުގެ 1 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ޑރ އަފްރާޝީމްގެ މަރާ ގުޅިގެން ސޯޝަލް މީޑިޔާގައި ފެނިގެންދިޔަ ޚަބަރުތަކަށް ބަލާއިރު 9 ވަރަކަށް ޒުވާނުން އެއްވެސް ކަހަލަ ރަހުމެއްނެތި މަރާލެވިފައިވާ ކަމަށާއި އެކަން ތަހުގީގް ނުކުރެވުނީ ކީއްވެތޯ ކަމަށެވެ.

"އަޅުގަނޑުގެ ސުވާލަކީ މިފަދަ ގޮތަކަށް ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު ކީއްވެތޯ ތަހުގީގް ނުކުރެވުނީ. ޑރ އަފްރާޝީމްގެ މަރާ ގުޅިގެން ސޯޝަލް މީޑިޔާގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ޚަބަރުތަކަށް ބަލާއިރު 9 ވަރަކަށް ޒުވާނުން އެއްވެސް އެއްވެސް ކަހަލަ ރަހުމެއް ނެތި މަރާލެވިގެން ހިނގައްޖެއޭ ކީއްވެހޭ ތަހުގީގް ނުކުރެވުނީ. މިނޫން ދުވަހެއް އަންނާނެ." އިލްޔާސް ވިދާޅުވިއެވެ.

ސޯޝަލް މީޑިޔާގައި ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން ކުރެވިފައިވާ ތުހުމަތުތައް ބަލަން ޖެހޭނެ ކަމަށް އިލްޔާސް ވިދާޅުވުމުން އެއީ ދޮގުވާހަކަ ދައްކައިގެން ފުލުހުންނާއި ދިވެހި ދައުލަތާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ޝައިޚް ދެއްކެވި އަމިއްލަ ވާހަކަ ތަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި ޝައިޚް އިލްޔާސް ދެއްކެވި ގޮތްކަމަށް ވިދާޅުވެ ޝިފާން ވިދާޅުވި ވާހަކަ ފުޅުގައި ސޯޝަލް މީޑިޔާގައިވާ ތުހުމަތު ތަކެއް ކަމަށް  އިލްޔާސް ވިދާޅުވާ ބައި ޝިފާން ވަނީ އުނިކުރައްވާފައެވެ.

ދީނީ ގޮތުން އެކަމާ ގުޅޭ ގޮތުން އޮތްގޮތްވެސް އިލްޔާސް ވިދާޅުވިނަމަވެސް ޝިފާން ވިދާޅުވީ އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

"ޝައިޚް އިލްޔާސް ވިދާޅުވި މޭރުމުން ދަންނަވާލާނަން. އަޅުގަނޑު ސުވާލުކުރަން ބޭނުންވަނީ ކީއްވެގެންތޯ މިހާ ގިނަދުވަސްވެގެން ދިޔައިރު އަވަހާރަ ކޮށްލެވުނު ޑރ އަފްރާޝީމް ޢަލީގެ މައްސަލަ ތަހުގީގް ނުކުރެވުނީ ކީއްވެތޯ. އަދި  މައްސަލައާ ގުޅިގެން ނުވަ ޒުވާނުން ރަހުމެއް ނެތްގޮތުގައި މަރާލެވުނުއިރު ތަހުގީގް ނުކުރެވުނީ ކީއްވެގެންތޯ." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ޑރ އަފްރާޝީމް އަލީގެ މައްސަލައަކީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަމާއި އެވަގުތު ދިވެހި ފުލުހުންގެ ގިނަ އިދާރާގެ ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ފުލުހުން ހިންގި ތަހުގީގެއް ކަމަށެވެ. އަދި އެތަހުގީގް ފުރިހަމަކޮށް އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގެ ޝަރީޢަތް ހިންގައި އެމައްސަލައިގާ އެކިފަރާތްތަކަށް ހުކުމްވެސް ކުރެވިފައިވާ މައްސަލައެއް ކަމަށެވެ.

ޝިފާން ވިދާޅުވީ އިލްޔާސްގެ ވާހަކަތަކަކީ މިހާ ގިނަދުވަސް ވީއިރުވެސް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައިވާ ވާހަކަތަކެއް ނޫންކަމަށެވެ.

"އަޅުގަނޑުމެންނަށް ސުވާލު އުފެދޭ މިހާގިނަދުވަސްވެގެން ދިޔައިރު މިހާ ނުރައްކާތެރި ވާހަކައެއް ފުލުހުންނާއި ދިވެހި ދައުލަތާއި، ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް ފަޟީޙަތްވެ ފިތުނަ އުފެއްދުމުގެ ނިޔަތުގައި މިވާހަކަ ދެއްކެވިއިރު މިހާ ގިނަދުވަސްވީއިރު ރަސްމީ ސިފައެއްގައި ނުވަތަ ނުރަސްމީ ސިފައެއްގައި ވިޔަސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަނޭޅުއްވީ ކީއްވެތޯ. ހަމަ ގައިމުވެސް މިފަދަ ދޮގުވާހަކަތަކެއް ދެއްކުމުގެ ބޭނުމަކީ ފުލުހުންނާ، ދިވެހި ދައުލަތާ، ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ފިތުނަ އުފައްދާ މިކަންކަމުގައި ރައްޔިތުންގެ ވިސްނުން ބަދަލުކޮށް ރައްޔިތުންގެ މެދުގައި ދިވެހި ފުލުހުންނާ ދޭތެރޭގައި އޮންނަ އިތުބާރު ނަގާލުން ކަމުގައި ނުވަތަ ނަގާލަން މަސައްކަތް ކުރުން ކަމުގައި ފުލުހުން ދެކެން. މިކަމަކީ މިފަދަ ސިޔާސީ ގޮތުން ދިވެހިރާއްޖެ ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި އަދި ކުރިއަށް އޮތީ ރިޔާސީ އިންތިޚާބު ކަމުން ، މިފަދަ ދުވަސްވަރެއްގައި ޝައީކް އިލްޔާސް ހުސައިން އަމިއްލަ ޒާތީ އަދި ސިޔާސީ މަޤްސަދެއް ހާސިލް ކުރުމުގެ މަޤަސަދުގައި އަދި ކުރިއަށް މިއޮތް އިންތިޚާބުގައި ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރެއްވި ޢަމަލެއް ނުވަތަ ދެއްކެވި ވާހަކައެއް ކަމުގައި ފުލުހުން ޤަބޫލުކުރަން. މިކަމުގެ އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި ޝައިޚް އިލްޔާސްއަށް ވާނީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މިހާރު އެންގިފައި" ޝިފާން ވިދާޅުވިއެވެ.

އެއީ އެތައް ބަޔަކު ދައްކަމުންދާ ވާހަކަ ތަކަކަށް ވީ ނަމަވެސް އެކަން ބެލުމެއް ނެތި ތަހުގީގް ނިންމައި ހިންގި ޝަރީއަތަށް ފަހު ސުޕްރީމް ކޯޓުންވެސް ހުސައިން ހުމާމް މަރަން ހުކުމްކޮށް މަރަންޖެހޭ މުއްދަތުވެސް ފަހަނައަޅާ ގޮސްފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިޚް އިލްޔާސް މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި މެލޭ ޝިޔާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

2 ހަފްތާކުރިން

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާކަމަށްބުނާ ތެޔޮ ޓޭންކަރަކުން އުތުރު ކޮރެޔާގެ ތެޔޮ ޓޭންކަރަކަށް ކަނޑުމަތިން މުއާމަލާތްތަކެއް ހިނގިކަމަށް ތުހުމަތުކުރެވިގެން ފުލުހުން ތަހްޤީގުކުރި މައްސަލައާ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާ އެއްވެސް ގުޅުމެއް ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ؟

0
0
Hameed

2 ހަފްތާކުރިން

Dhogu habaru liunas thee dhen bodu varu. Ilyas nubuney social mediage vaahaka eh. Olhuvaalan noolhey

0
0
ހީހީހީހީހީ ހަލާކު

2 ހަފްތާކުރިން

ޕީ ޕީ އެމުން ނަޝީދު ކަރުބުރިކޮއްލަން ގޮވާލީމައި ފުލުހުން ޝެއިޙް އިލްޔާސް ހައްޔަރު ކުރަން ތިއުޅެނީ އަނެއްކާ އެކުއްޖާ ޝެއިޙާ ވައްތަރީތަ ؟

0
0
Bahuge Maahiru

2 ހަފްތާކުރިން

ޝޭހު ވިދާޅުވީ "ޑރ.އަފުރާޝީމުގެ މަރާގުޅިގެން" 9 ޒުވާނަކު މަރާލައިފިއޭ.. އޭގެ މާނައެއް ނޫން ޑރ.އަފުރާޝީމު މަރާލުމުގެ ސަބަބުން 9 ޒުވާނަކު މާރާލެވުނެކޭ... "ގުޅިގެން" މި ބަހުގެ މާނަތަކުގެ ތެރޭގައި ހިމެނޭނެ "ވިދިގެން" ، "އޭގެފަހުން" މިފަދަ މާނަތައް.. އެހެންކަމުން ޝޭހުގެ ވާހަކައިގެ މާނައަކީ "ޑރ.އަފުރާޝީމުގެ މަރުގެ ފަހުންވެސް 9 ވަރަކަށް ޒުވާނުންވެސް މަރާ ލެވިއްޖޭ.. އެމަރުތަކުގެ ފުރިހަމަ ތަހުޤީޤެއް ހިންގިފައެއް ނުވެއޭ.." އަޅުގަނޑަށް އެ ވާހަކައިގެ ރެކޯޑިން އަޑުއަހާލުމުން ދޭހަވީ މިބަޔާންކުރި މާނަ.. ބުނާ ބަހުގައި އޮން ވަކި ލަފުޒެއްގައި ހިފައި ދަމައި އޭގެ މައްޗަށް ފުލުހުން ތަހުޤީޤު ކުރުމަކީ ބޭކާރުކަމެއް..

0
0
އެޑަމް

2 ހަފްތާކުރިން

ރައީސް ނަޝީދުގެ ބޯކަނޑާލަން ގޮވި މީހާ ކޮބާ.

0
0
އާތިފް

2 ހަފްތާކުރިން

އިލިޔާސްގެ ބަސްފުޅުކަމަށް ބުނެ ޝިފާން ދެއްކި ވާހަކަ ދެއްކީ ގޯސްކޮށް އޮޅުވާލައިގެން އެއްބައި ވައްޓާލާފަ. އިލިޔާސް ވިދާޅުވީ ސޯޝަލްމީޑިއާގަ އިވޭ ޚަބަރުތައް ބުނާގޮތުން 9 މީހަކު މަރާލާފަވާ ވާހަކަ. މިގޮތައް މީހުން ދައްކާވާހަކަ އޮޅުވާލައިގެން ފުލުހައް ހާޒިރުވާން އެންގުމަކީ ބޮޑު ގޯހެއް. .

0
0
އެޑަމް

2 ހަފްތާކުރިން

އިލްޔާސް ހެދީ ދޮގުކަމެއް ފުލުހުން ހަދަނީ ދޮގުކަމެއް ކާކަށް އެނގެނީ

0
0