11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ރިޔާސީ އިންތިހާބު 2018

ހުވަދޫ ދަތުރުގެ އަނެއް ފަރާތް: ގެކޮޅަށް ގާ އުކި، ބާރުގެ ބޭނުން ކުރީ ޕީޕީއެމާ ދެކޮޅަށް!

  • އިބޫ ހުންނެވި ގެކޮޅަށް ގާ އުކީ ވިލިނގިލިން
  • ޕީޕީއެމް ސަޕޯޓަރުންގެ ގަޔަކަށް ޕެޕާ ސްޕްރޭ ޖެހީ ވިލިނގިލީގައި
  • ފުލުހުން ކުރި މަސައްކަތަށް ތައުރީފުކޮށްފައިވޭ
ޙުސައިން ޙަސަން | hucenhassan

| 5 ސެޕްޓެންބަރ 2018 | ބުދަ 12:40 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އިބޫ ގދ. އަތޮޅުގައި -- އަވަސް

ސިޔާސީ ފޯރި ގަދަވެ، ބަހުގެ ހަމަލާތަކުގެ އަޑު ވަނީ ގަދަވެފައެވެ. އެއް ބަޔަކު، އަނެއް ބަޔަކަށް އެ ހަމަލާތައް ކޮންމެ ދުވަހަކުމެ ދެމުންދެއެވެ. އިންތިހާބީ މޫސުމުގައި އެ މަންޒަރު އާންމުކޮށް ފެނެއެވެ. ހުވަދޫގެ ބައެއް ރަށްތަކުން ވެސް ފެނުނީ އެ މަންޒަރެވެ. އިވުނީ އެ އަޑުތަކެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ވަޑައިގެންނެވި ދަތުރުފުޅުގައި ތަފާތު މަންޒަރުތަކެއް ފެނިގެން ދިޔައެވެ. ކުރި ހޯދުމަށް ފޯރިއާއެކު މަސައްކަތް ކުރިތަން ފެނުނެވެ. ހަރުގެތަކުގެ އަޑަށް ވުރެ ޖަގަހަތަކުގެ އަޑު ގަދަކުރަން އުޅުނެވެ. ދިދަ ފަތިތަކާއި އެކި ކުލަތަކުން ކުރި ހޯދަން މަސައްކަތް ކުރިއެވެ.

އެ ފޯރީގައި ހައްދު ފަހަނަ އަޅާ ދިޔަތަން ވެސް ފެނުނެވެ. އެގޮތުން އިބޫ ވަޑައިގެންނެވި ވަގުތާ ދިމާކޮށް ބައެއް ރަށްތަކުގެ ބައެއް ޖަގަހަތަކުން "ޖެއްސުން" ކުރުމުގެ ގޮތުން އަޑުގަދަކޮށް ލަވަ ޖެހިއެވެ. އިބޫއަށް މަރުހަބާ ދެންނެވުމަށް ސަފު ހަދައިގެން ތިބި މަގުތަކުގައި ވެހިކަލް ބުރު ބާއްވާއި، އިދިކޮޅު ހަރަކާތަށް ހުރަސް އެޅިއެވެ.

އެ ހާލަތަށް ކަންތައްތައް ދިއުމުން، އިތުރަށް ގޯސްވެދާނެތީ، ފުލުހުން އިސް ކުރީ މަސްލަހަތެވެ. އިބޫ ގއ. ވިލިނގިއްޔަށް ވަޑައިގެންނެވި ވަގުތު އެ ރަށުގައި ޕީޕީއެމްގެ ރެލީއެއް ކުރިއަށްދިޔައެވެ. ޕީޕީއެމް ސަޕޯޓަރުން އިސްވެ އޮވެ، ސަރުކާރުގެ މުވައްޒަފުންނާއި ސިވިލްސާވަންޓުން ނެރެގެން ބޭއްވި އެ ވެހިކަލް ބުރު ގޮސް ހުއްޓުނީ އިބޫއަށް މަރުހަބާ ދަންނަވަން ރަށުގެ ބޮޑު މަގުގައި ދަމާލާފައިވާ ސަފާ ހިސާބަށެވެ. ބޭނުމަކަށްވީ އިބޫއަށް މަރުހަބާ ދަންނަވަން ގޮސް ތިބި މީހުންނަށް ހުރަސް އެޅުމެވެ. ނަމަވެސް އެ ދެމެދަށް ވަނީ ފުލުހުންނެވެ. ފުލުހުން ސުލްހައަށް މަސައްކަތް ކުރިއެވެ. ހަމަނުޖެހުން ހިންގަން އުޅުނު މީހުން ދުރަށް ޖެއްސިއެވެ. އިބޫއަށް މަރުހަބާ ދަންނަވަން ހުރަސް އަޅަން އުޅުނު މީހުންނަށް ހުރަކަށް ވީ ފުލުުހުންނެވެ.

އެންމެ ފަހުން އެ މީހުން ފުލުހުންނާ ކުރިމަތިލާން އުޅުމުން ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖެހިއެވެ. ރައްދުގައި ބާރުގޭ ބޭނުންކޮށް އިބޫއަށް ހުރަސް އަޅަން އުޅުނު މީހުން މައިތިރި ކުރިއެވެ. 

އެ ހިސާބުން އެ ވާހަކަ ނިމުނީއެއް ނޫނެވެ. ފުރަން އޮތް ދުވަހު ނޫން އޭގެ ކުރީ ދުވަހު އިބޫ މަޑު ކުރެއްވީ ވިލިނގިލީގައެވެ. އެ ރަަށުގައި ހުންނަ ކުރީގެ އަތޮޅުގެ ނުވަތަ މިހާރުގެ ނަމުންނަމަ ސްޓޭޓް ހައުސްގައެވެ. ސަރުކާރަށް ތާއިދު ކުރާ ބަޔަކު ހަމަލާ އަމާޒު ކުރީ އެތަނުގެ ދޮރަށެވެ. ދެ ފުލުހަކު ފޯރިއަށް ތިއްބާ، ބަޔަކު އައިސް، ގަލަކުން އެ ގޭގެ ދޮރުގައި ޖެހިއެވެ. އެހާ ހިސާބަކުން، ދަންވަރުގެ އެ ވަގުތުގައި ރަށުގެ މަސް ރަހު ހޫނިވިއެވެ. އިބޫގެ ސަޕޯޓަރުންނަށް އެއީ ކެއްކުރެވޭ ކަމަކަށް ނުވިއެވެ. ނަމަވެސް އެ ރަށަށް ވަޑައިގެން ތިއްބެވި ޕާޓީތަކުގެ އިސް ބޭފުޅުން ނަސޭހަތްތެރިވީ އަތް އިސް ނުކުރުމަށެވެ. ރައްދުގައި އެއްވެސް ކަމެއް ނުކުރުމަށެވެ. އެ އެދުމާއެކު، އިބޫގެ ސަޕޯޓަރުން މައިތިރިވެގެން ތިބީއެވެ.

އެއަށްފަހު އެމަނިކުފާނު ހުވަދޫގައި ހޭދަ ކުރެއްވި އެންމެ ފަހު ދުވަހު ވަޑައިގެންނެވި ގދ. އަތޮޅުގެ ހަތަރު ރަށަކަށެވެ. އިބޫއަށް ހުރަސް ތަކެއް ކުރިމަތި ކުރަން މަދު ބަޔަކު ދެން މަސައްކަތް ފެށީ މަޑަވެލިންނެވެ. ހޯޑެއްދޫ އާއި މަޑަވެލި ކޯޒްވޭއިން ސައިކަލުގައި ވަޑައިގެން، މަޑަވެއްޔަށް ފައިބައިވަޑައިގެން ސަލާމް ކުރައްވަމުން ގެންދަވަނިކޮށް، އަޑުގަދަކޮށް ޕީޕީއެމްގެ ޖަގަހައަކުން ލަވަ ޖަހަމުން ދަނިކޮށް ފުލުހުން އެ ތަނަށް ވަދެ، އަޑު ގަދަ ކުރާގެ އަޑު ކަނޑާލިއެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވިއެވެ.

ހުވަދޫ ދަތުރުގައި އިބޫއަށް ސަލާމަތާއި ރައްކާތެރިކަން ދޭން އުޅުނީ 30 ވަރަކަށް ފުލުހުންނެވެ. އިބޫ ވަޑައިގަންނަވާ ކޮންމެ ރަށަކަށް އެ ފުލުހުން ދެއެވެ. ކުރިއާލައި މަގުތައް ބަލަހައްޓައެވެ. އެއްވުންތަކާއި ޖަލްސާތައް ބާއްވާ ތަންތަނަށް ދުއްވާ އެއްޗެހި ނުވަދެވޭ ގޮތް ހަދައި، ބެެރިކޭޑް ޖަހައި، ކޯޑަން ކުރުމުގައި ވެސް އުޅުނީ އެ ފުލުހުންނެވެ. އެ ފުލުހުންގެ ފަރާތުން ފެނުނީ ތައުރީފު ހައްގު މަސައްކަތެކެވެ.

އެ ސަބަބާ ހުރެ، އިބޫ ހުވަދޫއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު މަޑަވެލިން ނިންމާލައްވަމުން ވަނީ ފުލުހުންނަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ހުވަދޫގެ މީހުން ދިރިއުޅޭ 18 ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވުމުން ފުލުހުންގެ ފަރާތުން ފެނުނު މަސައްކަތަށް ފަށްފަށުން ޝުކުރު އަދާ ކުރާ ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް