23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރިޔާސީ އިންތިހާބު 2018

ސަރުކާރުން ކިތައްމެ ޖެއްސުމެއް ކުރިޔަސް، ވޯޓު ފޮށި ބަހައްޓައިފި ނަމަ ބޮޑު ތަނުން ބަލިކޮށްލާނަން: މާރިޔާ

  • ވޯޓު ފޮށިތައް ކައިރީ ތިބޭ އޮފިޝަލުންނަކީ ޕީޕީއެމްގެ އެކްޓިވިސްޓުން
  • ބެނާތައް ކަނޑައި ޕީޕީއެމްގެ ބެނާތައް ދަނީ ދަމަމުން
މުހައްމަދު ފަޒީން | phaxyn

| 5 ސެޕްޓެންބަރ 2018 | ބުދަ 12:35 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އާކައިވް

ސަރުކާރާއި ސަރުކާރުގެ ނުފޫޒުގައިވާ ދައުލަތުގެ މުއައްސަސާތަކުން ކިތަންމެ ޖެއްސުމެއް ކުރިޔަސް، ވޯޓު ފޮށި ބަހައްޓައި، ދިވެހި ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދީފި ނަމަ ބޮޑުތަނުން ރައީސް އަބްދުﷲ ޔާމީން ބަލިކުރާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބުދަ ދުވަހު މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ދިދަ އާއި ބެނާރ އަދި ޕޯސްޓަރުތައް ބަޔަކު މީހުން ނިކުމެ، ނައްޓައި ގެއްލުން ދެއްމުންދާ ކަމަށެވެ. 

މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވައުދުތައް ލިޔެފައިވާ ބެނާތައް ކެނޑުމަށް ފަހު އެބެނާތަކުގައި ލިޔެފައިވާ ލިޔުންކޮޅު ލިޔެގެން ޕީޕީއެމްގެ ބެނާ ދަމަމުންދާ ކަމަށެވެ. 

މީގެ އިތުރުން މާރިޔާ ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޖަގަހަތަކަށް ދެމުންދާ ގެއްލުންތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ އައްޑޫ މީދޫ ދާއިރާގައި ހުރި އެމްޑީޕީގެ ޖަގަހައެއްގައި ރޯކޮށްލާފައިވާ ކަމަށާއި އެތައް އަނދާ އަޅިއަށް ވެގެންދިޔައިރު، އެފަދަ ކަންކަން ތަހުގީގު ކޮށްލާނެ އިދާރާއެއް މިގައުމުގައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ވޯޓުލާ ގިނަ މަރުކަޒުތަކުގައި ތިބޭ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޕީޕީއެމްގެ އެކްޓިވިސްޓުން ކަމަށާއި އެކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބެމުންދާ ކަމަށެވެ.

އެހެން ނަމަވެސް މިމަހުގެ 23 ވަނަ ދުވަހު ވޯޓު ފޮށިތައް ބަހައްޓައި ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދީފި ނަމަ، ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް