21 ސެޕްޓެންބަރ 2018 | ހުކުރު | 02 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ރިޔާސީ އިންތިޚާބު 2018

ވެލިދޫގައި އެމްޑީއޭގެ ގިނަ މެންބަރުންތަކެއް އިބޫ އަށް ތާއީދުކުރަން ނިންމައިފި

  • އެމްޑީއޭގެ މެންބަރުން ވަނީ އިބޫގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވާން ފަށާފައި
  • އެމްޑީއޭއިން އިބޫއަށް ތާއީދު ކުރަން ނިންމުމުން ވެލިދޫގެ 80 ޕަސެންޓް ތާއީދު އިބޫއަށް ލިބިގެންދާނެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ސެޕްޓެންބަރ 2018 | ބުދަ 12:30 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ވެލިދޫ އެމްޑީއޭގެ މެންބަރުން އެމްޑީއޭގެ ލީޑަރޝިޕާ އެކު -- ފޭސްބުކް

ނ. ވެލިދޫގައި މޯލްޑިވްސް ޑިވެލެޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގިނަ މެންބަރުންތަކެއް ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ކުރަން ނިންމައިފިއެވެ.

ނަން ހާމަ ނުކުރުމަށް އެދި ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެމްޑީއޭގެ މެންބަރަކު ބުނީ އެމްޑީއޭގެ ގައުމީ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު އައްބާސް ވެސް މިހާރު ހުންނެވީ ގުޅިފައިވާ ޕާޓީތަކާ އެކުގައި ކަމަށެވެ. އެ ގޮތުން އައްބާސްގެ ވަރަށް ގާތް މީހަކު ބުނީ އައްބާސް އާއި ވެލިދޫ އެމްޑީއޭގެ ގިނަ މެންބަރުންތަކެއް އިބޫއަށް ތާއީދުކުރަން ނިންމައި ވެލިދޫގައި ހިންގާ އިބޫގެ ކެމްޕޭން ހަރަކާތްތަކުގައި ވެސް ބައިވެރިވާން ފަށާފައިވާ ކަމަށެވެ.

ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް 2013 ވަނަ އަހަރު މުޅި އަތޮޅުގައި ކެމްޕޭން ހަރާކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި އައްބާސް އިބޫއަށް ތާއީދު ކުރައްވަން ނިންމަވާފައި ވަނީ މި ސަރުކާރުގެ އަނިޔާވެރިކަމާއި އަޅުވެތި ކަމަށް ކެތް ނުކުރެވިގެން ކަމަށާއި، އަނިޔާވެރިކަން ނިމުމަކަށް ގެނެވޭނީ މި ސަރުކާރު ނިމުމަކަށް ގެނެވިގެން ކަމަށް ފެންނާތީ ކަމަށް އައްބާސް ވިދާޅުވި ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ އިތުރުން ވެސް ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ހައްޔަރީންނަށް ހުކުމް ކުރެވިފައި ވަނީ ބޭއިންސާފުން ކަމަށް ގަބޫލު ކުރެވޭ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ވެސް ގާތް ގުޅުމެއް އޮންނަ އައްބާސް ވިދާޅުވެފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

އައްބާސް ވަނީ ޑީއާރުޕީގެ ވެލިދޫ ގޮފީގެ ރައީސް ކަމާއި، އެމްޑީއޭގެ އިންތިގާލީ ކައުންސިލްގެ މެންބަރު ކަމާއި، އެމްޑީއޭ ގައުމީ ކައުންސިލްގެ މެންބަރު ކަމާއި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ ކޮމިޓީގެ މެންބަރު ކަމާއި ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އެމްޑީއޭ ވެލިދޫ ގްރޫޕްގެ ނައިބް ރައީސް މުހައްމަދު މާލިކް ދަނީ އިބޫއަށް ތާއިދުކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިޔަށް ގެންދާ ކެމްޕެއިންގައި ބައިވެރިވަމުންނެވެ. 

އައްބާސް ގެ އިތުރުން ވެސް ޕީޕީއެމްގެ މެންބަރު ނ. ޅޮހީ ކައުންސްލިގެ ކުރީގެ ރައީސް މުހައްމަދު އިރުފާން ވެސް ވަނީ މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފަރާތުން އިބޫއަށް ތާއީދު ހޯދުމުގެ ގޮތުން ވެލިދޫގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވަޑައިގެންފައެވެ.

އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ވެލިދޫ އެމްޑީއޭގެ ގިނަ މެންބަރުތަކެއް އިބޫގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ވެލިދޫ އެމްޑީއޭގެ މެންބަރުން އިބޫއަށް ތާއީދު ކުރަން ނިންމުމުން ވެލިދޫގެ 80 ޕަސެންޓް ރައްޔިތުންގެ ތާއީދު އިބޫއަށް ލިބިގެންދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

mda

2 ހަފްތާކުރިން

N.velidhoo ga ulhenee nukiyavaa thibi 15 meehun mda ga miyahves vote kiyaatho

3
2
mda

2 ހަފްތާކުރިން

Velidhoo ga ulhenee mda 20 meehun dhogu hedhiyas midhen boduvaru

1
2
މުހައްމަދު

2 ހަފްތާކުރިން

ދެން އަތްޖަހާ ކޮޑުހުޅުން ނެއްޓެންދެން .....މަވެސް އެމްޑީއޭ މަ ވޯޓް ލާނީ އިބޫ އަށް

5
0